ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި ދެމި ބެނާ: އެ ގޭގެ ވެރިފަރާތް ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގާފައި
06 މެއި 2022 - 16:31
އިންޑިއާ އައުޓް ބެނާތައް ދެމި ގޭގެ ވެރިފަރާތްތައް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ދެމި ބެނާތައް ފުލުހުން ވަނީ ކޯޓު އަމުރަކާ އެކު، ނައްޓާލައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި ހުރި ބެނާތައް ފުލުހުން ނެއްޓި އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާ ގޭގެ ވެރިފަރާތާއި ގ. ހޭޅި ކިޔާ ގެއެއްގެ ވެރިފަރާތް ވެސް މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެ މީހުން ހާޒިރުކުރަނީ އިންޑިއާ އައުޓް ބެނާ ދެމި މައްސަލާގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ނެއްޓުމުން އިންޑިއާ އައުޓްގެ ސްޕެލިންގް ބަދަލުކޮށްގެންނާއި އިންޑިއާގެ ދިދަ ސިފަވާ ކުރެހުންތައް ހިމަނައިގެން އިތުރު ބެނާތަކެއް ހަރުކުރި އެވެ. އެކަމަކު ފަހުން ނެރުނު ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ވެސް ނެއްޓި އެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
??
07 May 2022
މިގޭގަ މިރޭ ގެރިމަސް މިކަނީ. އިންޑިއާ އެމްބަސީއަށް ގެރިމަހުގެ ޕާރސަލެއް ފޮނުވާލަން މިއުޅެނީ. ފުލުހުންގެ ވެހިކަލެއް ފޮނުވާދީބަލަ ސޯލިހު.
މާއިރު
07 May 2022
ގާނޫނީ ކުށެއްތަ އެއީ. އަހާ ހިސާބަށް ހިނގައްޖެދޯ. އިންޑިޔާގެ އަޅުވެތި ގައުމެއްކަން ދިވެހިރާއްޖެ އަކީ ސާފުބަހުން ބުނެދިނީ ދޯ ތި ސޯލިހް.
މިއަދު
07 May 2022
އިންޑިޔާ އައުޓުބެނާ އެއްދުވަހުން އަނެއްދުވަހަށްވާނީގިނަ ތިއަކީ މިގައުމުގެ ފުލުހުންނަށް ހުއްޓުވޭނެ ކަމެއްނޫން އަމިއްލަ ގައުމުގެ ފުލުހުން ފަޝީހައްނުކޮށް ތިކަން ހުއްޓާލައްވާ
އެމެރިކާ
07 May 2022
ދިވެހިންގެ ވަޒިީފާތަ އިންޑިޔާ މީހުންނަ ދިނީމަ ކަމަކުނުދާނެ.
ށަވިޔަނި
07 May 2022
ތިގޭގެވެރިމީހާ ދޫކޮށްގެން ނުވާނެ.
ޑަވިޔަނި
07 May 2022
އެކަމުވެސް ދޫކޮށްފަ ބަހައްޓާނީ. އެ ނޫނީ ނެތް ދެން މިހާރު އިދިކޮޅު ލީޑަރެއް. އޭނަ ޖަލަށްލީމަ ވާނީ އިދިކޮޅު ލީޑަރު ޖަލަށްލާފަ ވެރިކަން ކުރާ ކަމަށް. އެކަހަލަ ކަމަކާ ވަރަށް ލަދުގަންނާނެ މި ސަރުކާރުން. ސަރުކާރުގަ ދެވަނައަށް އެންމެ އިސްކޮށް ހުންނަ ރޫހާނީވެސް ބޭނުންވަނީ އިދިކޮޅު ލީޑަރަކު ބަހައްޓަން އެ ލީޑަރު ބަލިކުރާ ހިތުން.
ބޮޑުމީހާ
07 May 2022
އިންޑިއާއައުޓް ނުގޮވެންޏާ ފެހިގާނޫނު އަސާސީގެ ބޭނުމަކީކޮބާ!
ގަފޫރު
07 May 2022
އަނގަޔަށް ވަރަށް ބާރު ލާފައި ބުނި މިއީ މުޒާހަރާ ގެ ގާނޫނުއަސާސީ އޭ
ޑޖދހެ
07 May 2022
އިންޑިއާ މީހުން ހިމާޔަތްކުރަން ދިވެހި ދަރިން އެމީހުންގެ ފަސްގަޑުގައި ގުރުބާން ނުކުރޭ. މިއީ ޑިމޮކްރެޓިކް ގައުމެއް. ޢެބައެއްގެ ޝުއޫރު ފައުޅުކުރެެވޭނެ. ޢައްނިވެސް މަޖިކިސް ގޮނޑީގައި އިނދެ ބޭރުގައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނަ ބޮޑެތިދޮގުހަދައި މަޖިިލިސް ޕްލެޓްފޯރމް ހިތުހުރިގޮޮތަކަށް ބޭނުންކުރޭ. ފުލުހުންނަށް ކުރެވުނީ ކޮންކަމެއް ؟
ވީވާ
06 May 2022
ސޭޓުން ގޮތުގާ ތިބޭ ބިދޭސީން ނެރެން ފިހާރަ ތަކުގެ ވެރިން ހާޒިރު ކުރަން ކެރޭނެބާ
ކަނބިލި
06 May 2022
މައުމޫނުވެސް އެއްއިރެއްގައި ފުލުހުން ދުއްވި ރަށްރަށުގައި ނަގާފައިހުރި އެމްޑީޕީ ދިދަތައް ނަގަން. ޗޮކަކުން އެކަން ދިޔައީ. ސަރުކާރުގެ އަގުވެއްޓޭ ތިޔަ ބާވަތުގެ އަމުރުތައް ހުއްޓާލާ. މިހާރު މިއޮތީ ފެހި ގާނޫނު އަސާސީ. ނޫ ގާނޫނު އަސާސީއާ ދިވެހިން އަލްވަދާޢު ކީތާ ލައްކަ ދުވަސްވެެއްޖެ.