އިންޑިއާގެ ނަން އިނގިރޭސިން ލިޔާ ގޮތް ބަދަލުކޮށްގެން މާލޭގެ ގެއެއްގައި ރޭ ދަމާފައިވާ ބެނާއެއް.
12 މެއި 2022 - 23:23
މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" އާ ގުޅޭ އެކި ކުރެހުންތައް ކުރަހައި ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅާ މީހުން ދެނެގަނެ، އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭ ލިޔުންތަކާއި ކުރެހުންތައް ކުރަހާ ހަތަރު މީހެއްގެ މައްސަލަ ބަލަމުން އަންނައިރު، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހުގެ 21 ގައި ކަނޑައަޅައިފި އެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.
އިންޑިއާ އައުޓް ގޮވާލައި ގޭގޭގައި ދެމި ބެނާތަކެއް ވެސް މީގެ ކުރިން ފުލުހުން ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
13 May 2022
އިންޑިއާ އައުޓް އޮޅިގެން ރައީސް ނަޝީދަށް ގޮވިއްޖެ ނަމަ ނުވަތަ އިންޑިއާއައުޓް ހަރަކާތުގައި ރ ނަޝީދު ބައިވެރިވެވަޑައިގެންފިނަމަ އިންޑިއާ އައުޓް ޙަރަކާތް ޙަލާލްވާނެތޯއެވެ؟
އިސްމާލި
13 May 2022
ސާބަހޭ ފުލުހުން ގެ ތިޔަ ހިތްވަރަށް. ހަމަ ތިޔަގޮތަށް، ކުޑަކުދިންނާ ބެހޭ މީހުންނާއި ، ރޯޔަލް ސަފާރީ ކޭސް، މިލިއަނުން އަގު ކުރެވޭ ޑުރަގު...މިކަންކަމާވެސް އުޅެލާނަމަ
މަބުނީ
13 May 2022
މަޖީދި މަގުގަހުރި ރުއް ކެޑި މީހުން ހިމެނޭތަ. ރުއް
ޙަސަން ކުރުސީ
13 May 2022
ޗައިނާއޭ ކިޔައިގެން ދޮގު ވާހަކަ ފަތުރާ ދެޤައުމުގެ ދޭތެރޭ މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލުކުރުންވެސް ތިޔަ ޤަރާރަށް ފެތޭ. ތިޔަ އުސޫލުގެ ދަށުން މިފަދަ ދޮގު އެތިވަރު ގޮވާ މީހުން ހައްޔަރު ނުކުރަނީތޯ؟
އެހެންޏާ
13 May 2022
ޕީޕީއެމް އޮފީހާ ޔާމީން ގެއަށް ސްޕްރޭ ކުރި މީހުން ނުހޯދުނަސް ތިޔަ އިންޑިއާއައުޓް ކަރުދާސް އަޅާ މީހުން ހޯދޭނެކަން ޔަގީން.
ވިސްނާލުމަށް އެދެމޭ
13 May 2022
ތިކަން އޮޅިގެންއުޅޭ ދުވެއްސެނެތް..އޮޅިގެން މިއުޅެނީ ރޔާމީންގެ ގޭދޮށަށް މުޒާހަރާކުރަންށާ އެގޭދޮށަށް ކަރުދާސް އަޅާ ދޮރާއްޓަށް ސްޕްްރޭ ކުރާމީހުން ފުލުހުންނަ ނޭގޭތީ އަދި އެކަންބެލުމަށް ފުލުހުން ނުކުޅެދޭތީ..ގާނޫނު ފޮތުގެ ދެލިފޮހޮވި ފޮތުގަ ކަތުރުފަނިއެޅީތަ ފުލުހުންނަ ގާނޫނުއޮޅުނީ..މާތްﷲގަންދީ ހުވާކުރީ ކޮންބައެއްގެ ހިމާޔަތާ ރައްކާތެރިކަން ކަށަވަރުކޮއްދޭން ރޭދުވާލުގަތިބޭނެ ކަމަށް..ދިވެހިން އިންޑިޔާ އައުޓްގޮވާނެ އިންޑިޔާ ސިފައިން މިތަނުންނުދަންޏާ.
ށަވިޔަނި
13 May 2022
އިންޑިއާ އައުޓު ހުއްޓޭނީ ޔާމީނު ވެރިކަމަށް އައީމަ. އެކަމަކު އައުޓް ކިޔާއަޑު ހުއްޓުންފިޔަވައި އިތުރުކަމެއް ނުވާނެ.
ކޮމާންޑަރު
13 May 2022
މިސްކިތުން ބަންގި ގޮވާތީ އުނދަގޫވޭ، ބުރުގާ އަޅައިގެން ކިޔަވާކަށް ނުދެވޭ. ވަކިސަރަހައްދެއްގައި ވަކި ވައްތަރެއްގެ މަހެއް ނުކެވޭ. ބައެއްގެ އަޅުވެތި ކަމުން ނުކުމެ އަމިއްލަ ގައުމުގެ ދިފާޢުގައި ތިބެން ދަސްކުރުން ކޮބާ؟ ސަރަހައްދީ ސަލާމަތޭ ކިޔާފަ ގެދޮރުން ނުކުމެ އެވެސް ހަވާލުކުރަން ވީ؟ ސިފައިންނާއި ފުލުހުންނަށް އޮތް ސުވާލެއް! އެދުވަސްވެސް އަތުވެދާނެ!
ބްރޭކް
13 May 2022
ދެން މަގުމައްޗަށް ކުނި އެޅުމުގެ ދައުވާތަ ކުރަނީ؟ ބޭކާރު ކަންކަމާ ނޫޅެ ކުޑަކުދިންނާ ބެހޭ މީހުންނާ ޑްރަގް އެތެރެކުރާ މީހުން ހައްޔަރު ކޮށް އަދަބު ދެވޭތޯ އުޅެބަލަ
ދިއްދޫމީހާ
13 May 2022
ބަލަ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ ކޮންމެކަމެއް ނުވާނެ ޤައުމީ ނުރައްކަލަކަށް، ތިޔަ ކޮމެޓީން ނިންމާފާނެ މިވެނި މީހަކު ކިނބިއެޅުމަކީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލަކަށް ދެން އެކަންވީ ޤަބޫލްކުރަންތައް؟؟ ބަލަ ވެރިކަމަށް އަންނަވެގެން ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ތިޔަ ކުރަނީ، އަދިވެސް ގޮވާނެ ދެންވެސް ގޮވާނަން ހަމަ އިންޑިޔާ އައުޓް..
ބޭޗާރާ
13 May 2022
އިންޑިޔާ އައުޓޭ ގޮވީމާ މިތާގައި އުޅޭ ހުރިހާ އެންމެން ނިސްބަތް އެބަވޭ. ކީއްވެތަ އިންޑިޔާ މިލިޓަރީ އައުޓޭ ކިޔަން ނުކެރިގެން އުޅެނީ؟