އިރާންގެ ތެޔޮ ޓޭންކަރެއް--
14 މެއި 2022 - 10:23
އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުން ތެލުގެ ވަގު ވިޔަފާރީގެ ހަބަކަށް ރާއްޖެ ހަދަމުން ދާ ކަމަށް ބުނެ އޭގެ ބައެއް ހެކި ރޮއިޓާސް އިން ދައްކައިފި އެވެ.
ސެޓަލައިޓް ބޭނުންކޮށްގެން އުޅަނދުތައް ދަތުރު ކުރާ ގޮތް ބަލާ ޓޭންކާސް.ކޮމް އާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި ވެނެޒުއެލާ ސަރުކާރުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ޕީޑީވީއެސްއޭ އިން އޮޕަރޭޓް ކުރާ ޓޭންކަރެއް މިދިޔަ މާޗް މަހު ތެރޭގައި ރާއްޖެ ސަރަހައްދަށް ގޮސް އީރާންގެ ތެޔޮ ބޯޓަކުން ކާގޯ ނަގައިގެން އެނބުރި އެ ގައުމަށް ގޮސްފައިވާ ކަމަށެވެ.
އެއީ އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ދެ ގައުމުގެ ތެލުގެ ބާޒާރު ކުރިޔަށް ގެންދިއުމަށް ބޭނުންކުރާ އާ އުކުޅެއް ކަމަށް ރޮއިޓާސް އިން ބުންޏެވެ.
އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ އަރުވާފައި ވަނީ ރާއްޖެ އާ 37 ނޯޓިކް މޭލު ދުރުންނެވެ.
ރާއްޖެ ސަރަހައްދުގައި ވެނެޒުއުލާ އާއެކު އަލަށް އެފަދަ މުއާމަލާތެއް ކުރި ނަމަވެސް އީރާނުން މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލުގެ ވަގު ވިޔަފާރި ހިންގާފައިވާ ކަމަށް ޔުނައިޓަޑް އަގެއިންސްޓް ނިއުކްލިއާ އިރާން (ޔޫއޭއެންއައި) އާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ބަހެއް އަދި ނުލިބޭ ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއެމެރިކާ
15 May 2022
ތީ ހަމަ ސައްހަ ވިޔަފާރިއެއް. އެމެރިކާއިން އެކަނި އެއީ ވަގު ވިޔަފާރިއެއް ކަމަށް ބުނަނީ. އެމެރިކާ އެއީ މާ މަތީ ބައެއްތަ ހަލާލް ހަރާމް ކަނޑައަޅަން.
އަސްލުމީހެއް
15 May 2022
ވިސްނާވިސްނާވެސް ތީވަގުވިޔަފާރިއަކަށް ވާންވީގޮތެއްނޭނގުނު. އަޅެފަހެއީރާނުންވިއްކީ އެމެރިކާގެތެޔޮތަ؟
ޙަބީބު.
14 May 2022
އެމެރިކާޔާ ކޮންބެހޭކަމެއް ރާއްޖެޔަކީ އެމެރިކާގެ އަޅެއްނޫން ޔަހޫދީ އެމެރިކާނުން މައިތިރިވެ ތިބޭ
އިބްރ
14 May 2022
އިންޑިއާގެ ރާޑަރުތަށް ހަރުކޮށްފައިވަނީ ރާއްޖެ އަޅުވެތިކުރަންކަން މިއެނގެނީ މިހަރަ ކަންކަމުން. މި ރާޑަރުތަކުން ކުރާހަމަ އެއްކަމެއްވެސް ނެތް. ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބުންފިޔަވައި ކުރާ ހަމަ އެއްކަމެއްވެސް ނެތް.
ކީއްވެ
14 May 2022
އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅިއަސް ވަގު ވިޔަފާރިއަކަށް ވާންވީ ކީއްވެ؟ ހަލާލު ހަރާމް ވެސް ކަނޑައަޅަނީ މިހާރު އެމެރިކާއިންތައް.؟ އެބައެއްގެ އެއްޗެއް އެބަޔަކު ވިއްލާލުމުގެ ބާރުވެސް އެމިރިކާއިންތައް ކަނޑައަޅަނީ؟
ހހހހހ
14 May 2022
ދިވެހިންގެ ގިނަ މީހުންވެސް ހީކުރަނީ ގޯޑަކީ އެމެރިކާކަމަށް.
މމމމމމ
15 May 2022
ހހހހހ، ދިވެހިން އެގޮތަކަށް ގަބޫލެއް ނުކުރޭ.
ސަމްސިއްޔާ
14 May 2022
ތިޔަކަން ވަގުވިޔަފާރިއަށް ވާ ގޮތެއް ކިޔައިދީބަލަ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއެޅީމަ ދެން ތިބެން ނުކައި ނުބޮއިތަ؟؟
އާދަންބެ.
14 May 2022
ދޭލިޔާ ތަ؟
ކޯސްޓްގާރޑް އެކްސް ކޮމާންޑާރ
14 May 2022
މި ސަރަހައްދުގެ ކަނޑުގެ ރަސްގެފާނު ގާތުން ތި ސުވާލު ކުރޭ. ތީ އިންޑިއާ ނޭވީ އާއި ބެހޭ ކަމެއް. ރާއްޖެއަކު ނެތް މުޅި އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ލަޔާގަތެއް އަދިއެއް.
ޖުލައި2021
14 May 2022
އިރާނުގެ ތެޔޮ ރިއެކްސް ޕޯޓު ކުރާ މަރުކަޒަކަށް ރާއްޖެ ވާންވީ އަދި އެކަމުން އެތަށްބިލިޔަން ޑޮލަރުގެ ޓެކްސް ފައިސާ ހޯދޭނެ
ލޯކަލްމީހާ
14 May 2022
ރޮއިޓާސް މަހަށް ދޭބަލަ. މިމީހުން މާމޮޅުކަމެއްކަމަށްހިތާ މިފަދަ ރިޕޯޓުނެރުނަސް، އެމެރިކާއަކީ ދުނިޔޭގެ ވެރިންކަމަކަށް އަހަރުމެން ގަބޫލެއްނުކުރަން. އިޒްރޭލުން ނިއުކުލިއާ އުފެއްދިގޮތަށް އަދި އެމީހުން ނިއުކުލިއާ ގެންގުޅެން އޯކޭގޮތަށް އީރާންވެސް އެހައްގު ލިބިގެންވޭ. ބައިޑަން ގޯ ފިޝިންގ. ރޮއިޓާސް ގޯ ފިޝިންގް.