މުހައްމަދު އިސްމާއިލް ހައްޔަރުކުރުމަށް ފުލުހުން ރޭ ގޮސް ކޯޓު އަމުރު ދައްކަނީ
21 މެއި 2022 - 17:02
އިންޑިއާ އައުޓް ހަރަކާތް ހިންގާތީ ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމުން ވެސް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ މުހައްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތުން ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް މުހައްމަދު އިސްމާއިލް ހައްޔަރުކޮށް، އޭނާގެ ބަންދު އިތުރުކުރުމަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލީ އެވެ.
ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިޔަސް ފުލުހުން ވަނީ އިއްޔެ ރޭ ކެފޭއެއްގައި އިންދާ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ. އެކަމަކު މިފަހަރު ވެސް ބަންދު އިތުރު ކުރުމަށް ގެންދިއުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް އިދިކޮޅު ޕާޓީގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުހައްމަދު އިސްމާއިލް ދޫކޮށްލީ ޖިނާއީ ކުށެއް ކުރިކަމަށް ފުލުހުންނަށް ހެކި ނުދެއްކުމުންނެވެ.
މުހައްމަދު އިސްމާއިލް ހައްޔަރުކުރި އަމުރުގައިވާ ގޮތުން އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަށް އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒުވާނޭހެން ލިޔެފައިވާ ބެެނާތަކާއި ކުރެހުންތައް ތަކުރާރުކޮށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޭނާ ފޯރުކޮށްދިން ކަމުގެ ތުހުމަތުކުރެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމުން ފެށި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަނޑައަޅައިފަ އެވެެ. އެކަމާ ގުޅިގެން ރައީސް ނެރުއްވި ގަރާރުގައި ވެސް ވަނީ އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގައިފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނަންވެއްޖެ
22 May 2022
އިންޑިޔާ އަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީވާ ގައުމެއް، އަދި މިއަދުގެ ހަގީގަތަކީ އިންޑިޔާއިން ބޭނުންވެއްޖެނަމަ ރާއްޖެ ކުޑަ ވަގުތުކޮޅެއްތެރޭ ހިފޭނެ، އަދި އެހެން ގައުމުތަކުން ތިބޭނީ ބަަލަން، މި ހިސާބައް ކަންތައް މިދަނީ ދިވެހިން ތާކުންތާކުން ނުޖެހޭ ސިޔާސީމީހުން މަގާމުތަކަށް ހޮވީމަ، އިންޑިޔާގެ އަތަށް ރާއްޖެ ހުންގާނު ދިނީމަ އިންޑިޔާ ރާއްޖެ ދެން ބޭނުންވާނެ، ދުނިޔެ މިހާރު މިދަނީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުން، ދިވެހިން ވިސްނަން ވެއްޖެ....
އުދުހޭ
22 May 2022
އިބޫ ބޭގަރާރު ވެދާނެ
އުޑިހޭ
22 May 2022
ކަލޭ ހީކުރަނީ އޭނަ ހައްޔަރު ކުރަނީ މީހަކު އަންގައިގެން ކަމަށްތަ. ކުށްކުރާ މީހުން ހައްޔަރުކުރަނީ ތަހްގީގީ އިދާރާތަކުން. އެހެން ނޫނަސް އެއީ އާއްމު ޓީވީގައި ތިމަންނަ ފައިސާ ގޯނި ހިފައިގެން ގޮސް މީހުންނަށް ރިޝްވަތު ބެހިކަމަށް ބުނިމީހާ. މުސްލިމަކުކަމަށް ދައުވާކުރާ މީހަކު އެފަދަ މީހެއްގެ ދިފާއުގައި ވާހަކަ ދައްކާނީ ހަމަ ރަނގަޅަށްވެސް ބޭގަރާރުވެގެން
ދިއްދޫމީހާ
21 May 2022
2012ގައި ލާދީނީއޭ ގޮވާގެންވެސް ބަޔަކު އިރުކޮޅުކޮޅާ ދަމަންފެށި ވީކަމެއްނެތް..
ދަރިއާ
21 May 2022
ޣާޒީ އާއި ގާޒީ ވަކިނުވަންޏާ ކޮމެންޓް ނުކޮށްބަލަ!
ހާއިބްރީ
21 May 2022
މީ އެމްޑީޕީއިން ފޭހުނު އިލޮށިގަނޑެއް އެމްޑީޕީގެ ލޮލަށްހެރުން. ދިވެހީން އެއްވެސްއިރަކު އެހެން ގައުމުތަކަށް ބަދުބަސް ބުނެ ވިއްދާލައިގެން ނޫޅޭ. ދިވެހިންނަށް މިކަށްވެސް ދަސްވީ ރައީސް ނަޝީދު ހުޅަނގުގެ މީހުން ރުއްސަން ޗައިނާއަށް ބަވަން ފެށި ހިސާބުން. 2023 ގަ ހަމަ ރަނގަޅަށްވެސް މީތި ވައިގާ ހިފާނެ.
ހާގޮރޭ
22 May 2022
ބުނަން ބޭނުންވާ އެތި މިކަހަލަ ފޯރަމެއްގައި ނުބުނެވޭނެ. އަދި ބުންޏަސް ޕަބްލިޝްވެސް ނުކުރާނެ. އެހެން ނޫންނަމަހީ ވެގެން އުޅޭގޮތް ރަނގަޅަށް ބުނެ ދިނީމުސް. 2023 ގައި ހަނދާންވާނީ އެހެން އެއްޗެއް
ޙަބީބު
21 May 2022
އަކްހަމްދުﷲ ދުވަހަކުވެސް އިންޑިޔާ އަކައް ބޮލެއްނުލަނބާނަން މިލިޓަރީ ޖެހޭނީ ފައިބަން މުރާއްޖޭގެ ސިފައިންނައް މުރާއްޖެ ބެލެހެއްޓޭނެ އާބާދީ އިތުރުވާ މިންވަރަކައް ސިފައިންވެސް އިތުރުވާނެ ވީމާ ދެބިސް ދިނަސް ނަފްސު ވިއްކާނުލެވޭނެ މަރުހަބާ މުހަންމަދު އިސްމާލް
ލަބީބު
22 May 2022
ބަލަގަ އެންމެ ފުރަތަމަ ތިގޭގަ ތިބި މިލިޓަރީން ނެރެބަލަ. އޭގެ ފަހުގައި ކިޔަން އެނގޭގޮތަށް ކޮމެންޓް ކޮށްބަލަ. ޕާޓީ އޮފީހުން ބުނާގޮތަށް ލިޔުނީމަ އެއްވެސް މާނައެއް ދޭހައެއް ނުވޭ. ދެން ކަލެއަށް ލިބެނީ ދެބިސް އެކަންޏެއް ނޫން. ކަލޭގެ މުޅި ދިރިއުޅުން ތިއޮތީ އެގައުމަށް ބަރޯސާވެފައި.
ސީޒަން ޖެކްޝަން
21 May 2022
ވެރިކަން ނުލިބިގެން ހޭކުޑާވަނީ. އެނގޭވިއްޔަ ލިބޭން އޮތްއެތި ބޮޑުކަން.
ލަބީދު
21 May 2022
އެނިމުނީނު އެކަން...... ސިންޕަލް ކަމެއްނު ތީ.
އިބްރ
21 May 2022
ދެން ޖޭއެސްސީ މެދުވެރިކޮށް ޣާޒީ ބޭރުކޮށްލާ! އެދޭގޮތަށް ހުކުމްޖަހާ އަލީރަށީދު ސިވިލްކޯޓަށް ބަދަލުކުރޭ.
1828
21 May 2022
ކްރިމިނަލް ކޯޓުން މުހައްމަދު އިސްމާއިލް ހައްރުކުރުމުގެ އަމުރު ދެފަހަރުވެސް ނެރުނީ. ދެފަހަރު މުއްދަތު ޖަހަން ގެންދިޔައީމައި ދޫކޮށްލަނީ. އަޅަފެހެ މިއީ ކުޅޭ ކުޅިވަރެއް ތަ؟ ހަމަ ފުލުހުން އެދޭ އިރަށް ހައްޔަރުކުރުމުގެ އަމުރު ނެރެދޭން ޖެހޭ ތޯ؟
ސަންޕަ އިބުރާހިންފުޅު
21 May 2022
ހިފާއްޓާބަހައްޓާފާ އޭނާ ގާތުގާ އަހާބަލަ ގޯނިކޮބާހެއްޔޭ؟
ސަންޕާ
21 May 2022
ގޯނި ކޮބައިތޯ އަހަންވީ މީހުންވެސް ތިބީ ގޯނީގަ ހުރި އެއްޗެހީގެ ބޭނުންކޮށްފަ. އެހެންވީމަ ގޯންޏެއްގެ މައްސަލައެއް ނުނެގޭނެ. އިންޑިއާ މައްސަލަ އެކަނި ނެގޭނީ.