ވިޔަފާރި / ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ

ފައިސާ ނުދައްކާ ރަށްތަކަކަށް ޓޫރިޒަމުން ހިދުމަތް ދިން، ހިސާބު ބެލެހެއްޓީ އެކްސެލް އިން: އޮޑިޓް

ޓޫރިޒަމް މިނިސްޓްރީ ހުންނަ ވެލާނާގެ ބިލްޑިންގް: އެ މިނިސްޓްރީން ފައިސާ ބެލެހެއްޓި ގޮތާ މެދު އޮޑިޓަ ޖެނެރަލް ވަނީ ސުވާލު އުފައްދަވާފައި.-- ފައިލް ފޮޓޯ: މިހާރު

28 ޑިސެމްބަރ 2016 - 11:21

46 comments

ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކަކުން ދައްކަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ނުދައްކަނީސް ހިދުމަތް ދީފައިވާ ކަމަށާއި ފައިސާގެ ކަންކަން ބަލަހައްޓަން އެ މިނިސްޓްރީން ބޭނުން ކުރީ އެކްސެލް ކަމަށް ވުމުން ހިސާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ރަސްމީ އޮޑިޓަކުން ދައްކައިފި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި ޓޫރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި ލީސް ޓްރާންސްފާ އުސޫލުން ދޫކޮށްފައިވާ ހަތް ރަށަކުން ދައްކަންޖެހޭ ޖުމްލަ 35،000 ޑޮލަރު (539،350 ރުފިޔާ) އެ އަހަރުގެ ނިޔަލަށް ލިބިފައެއް ނުވެ އެވެ. އެއީ އއ. މަތިވެރި ފިނޮޅާއި ހަތިޔާރު ފެނުނު ބ. ހިބަޅިދު އާއި ލެއިޝާ ބީޗް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ވ. ފޮއްތެޔޮ އަދި ބޮޑުފުއްޓާއި އިޓަލީގެ ބަލްޔޯނީން ތަރައްގީ ކުރަމުން އަންނަ ދ. މާގައު އާއި ބ. ބޮޑުފަރު ފިނޮޅާއި ސޮނޭވާ ޖާނީ ރިސޯޓް ހަދާފައިވާ ނ. މެދުފަރާއި ރ. ފާރަފުއްޓެވެ.

އޭގެ ތެރޭން ގިނަ ރަށްތައް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނެ އެވެ. އެ ގޮތުން، ހިބަޅިދު އާއި މާގައު ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކޮށްފައިވާ އިރު، މަތިވެރި ފިނޮޅުން ދައުލަތަށް ލިބެންޖެހޭ ފައިސާ އިން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުޅުމާލޭން ގަނެފައިވާ ގެއެއް ދައުލަތަށް ނަގައިދޭން ދައުލަތުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ހިބަޅިދޫ: ފައިސާ ނުދައްކަނީސް ހިދުމަތް ދީފައިވާ ރަށްތަކުގެ ތެރޭގައި އެ ރަށް ހިމެނޭ.

މީގެ އިތުރުން، ލީސް މޯގޭޖުގެ އުސޫލުން ދީފައިވާ ހަތަރު ރަށަކުން ދައްކަންޖެހޭ ޖުމްލަ 40،000 ރުފިޔާ ވެސް ލިބިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެއީ އދ. ތުނޑުފުއްޓާއި ކ. ބޮލިފުއްޓާއި ރ. ދިގައްޔާއި ކ. މާދު އެވެ. އޭގެ ތެރޭން، ބޮލިފުއްޓާއި މާދޫގައި މިހާރު ވެސް ރިސޯޓް ހިންގަމުން އަންނަ އިރު، ދިގަލި ތަރައްގީ ކުރަން ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑުން ވަނީ ފަށައިފަ އެވެ.

"... ލިބެންޖެހޭ ފައިސާގެ ތަފްސީލް އެނގޭނެ ފަދަ ގޮތަކަށް މިނިސްޓްރީގެ އާމްދަނީއާ ގުޅޭ ލިޔެކިއުންތައް ބަލަހައްޓާފައި ނެތުމުން، މިނިސްޓްރީ އަށް 2014 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބެން ޖެހެނީ ކިހާ މިންވަރެއް ކަމާއި އޭގެ ތެރޭން ނުލިބި ވަނީ ކިހާ ވަރެއްކަން ޔަގީން ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ،" ރިޕޯޓުގައިވެ އެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުން ދޭ ހިދުމަތަކަށް ނުވަތަ ވިއްކާ އެއްޗަކަށް ދައްކަންޖެހޭ ފައިސާ މަަސްދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށް ގެންގުޅޭ އުސޫލަކީ ފައިސާ ދެއްކުމުން ނޫނީ ހިދުމަތް ނުދިނުމެވެ.

ބޭނުން މީހަކަށް ހިސާބުތަކާ ކުޅުމުގެ ފުުރުސަތު!

ޓޫރިޒަމް މިނިސްޓްރީ އަށް ވަަންނަ ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށާއި ފައިސާ ބަލައިގަތުމަށް ފަހު ރަސީދު ދޫކުރުން ފަދަ ކަންކަމަށް ބޭނުން ކުރީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މައިކްރޮސޮފްޓް އޮފީސް އެކްސެލް އެވެ. އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ، އޮޑިޓަ ޖެނެރަލް ވަނީ ހިސާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އެކްސެލް ބޭނުން ކުރުމުން ދިމާވާ މައްސަލަތައް އޮޑިޓަ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއީ، އެކްސެލް ޝީޓް ހުޅުވާ ކޮންމެ މީހަކަށް އޭގައި ހުރި މައުލޫމާތުތައް ބަދަލު ކުރުމުގެ ފުރުސަތު އޮތުމާއި ރަސީދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރާނެ އުސޫލެއް ނެތުމާއި ރަސީދު ހަދާ ފަހުން އޭގައިވާ މައުލޫމާތު ބަދަލުކޮށްގެން އަލުން ޗާޕުކޮށްފި ނަމަ އެކަން ދެނެގަނެވޭނެ ގޮތެއް ނެތުމެވެ.

"ފައިސާ ބަލައިގަނެ، ރެކޯޑް ކުރަން ބޭނުންކުރާ ސިސްޓަމްގެ ސަލާމަތީ ކަންކަން ފުރިހަމަ ނުވާ ނަމަ އަދި ފަސޭހަ އިން ރެކޯޑުތައް ބަދަލު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނަމަ، ނަހަމަ ގޮތުގައި ފައިސާ ބޭނުންކުރުމާއި ފައިސާ މަދުވިޔަސް އެކަން ނޭނގި، ދައުލަތަށް މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

ފައިސާ ބަލައިގަތުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ: މިހާރު ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައެއް ނުގަންނާނެ.-- ފައިލް ފޮޓޯ: މީރާ

އޭގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީއަށާއި ރީޖަނަލް އެއާޕޯޓްސް އަށް ބަލައިގަންނަ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައި ނުވާ މައްސަލަ ވެސް އޮޑިޓަ ޖެނެރަލް ވަނީ ނަންގަވައިފަ އެވެ. އެ ގޮތުން، 19 ރަސީދަކުން މިނިސްޓްރީ އަށް ބަލައިގަތް 50،000 ޑޮލަރު (770،500 ރުފިޔާ) އަދި 50،700 ރުފިޔާ އާއި ދެ ރަސީދަކުން ރީޖަނަލް އެއާޕޯޓްސް އަށް ބަލައިގަތް 129،742 ރުފިޔާ ބޭންކަށް ޖަމާކުރީ، ރިޕޯޓުގައި ބުނި ގޮތުގައި، ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ވަގުތު އޮއްވައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރަން ޖެހެ އެވެ.

ރީޖަނަލް އެއާޕޯޓްސް އަށް 32 މިލިއަން ރުފިޔާ ނުލިބި!

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސް އަށް 2014ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރޭން 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނުލިބި އެވެ. އެ ފައިސާ ނުލިބި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

"މީގެ ތެރޭގައި އެންމެ ގިނައީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ލިބެންޖެހޭ ފައިސާކަން ވެސް ފާހަގަކުރެވުނެވެ،" ރިޕޯޓުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައިގަތުމުގައި ގެންގުޅުނު އުސޫލުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޮޑިޓަކުން ހާމަވި އިރު، 2014 ގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަހުމަދު އަދީބެވެ. ފަހުން ނައިބު ރައީސަކަށް ވެސް ވެވަޑައިގެންނެވި އަދީބު ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލަތަކެއްގައި ޖުމްލަ 33 އަހަރަށް ޖަލަށް ލައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައިގަތުން ހުއްޓާލައި ހުރިހާ ފައިސާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ގޮތަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަމަޖައްސައިފަ އެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އޭރު ވިދާޅުވި ގޮތުގައި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، ކޮރަޕްޝަން ނުހިނގާނެކަން ކަށަވަރު ކުރަން އެޅި ފިޔަވަޅެކެވެ.

46 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 4%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސްޕާޓް

29 December 2016

އެކްސެލް ދަށް ކުރިއަސް އެއީ އެތައް ޓްރިލިއަން ޑޮލަރެއް އެނބުރޭ ފޮރިން އެކްސްޗޭންޖް މާކެޓްގައި ވެސް ބޭނުން ކުރާ ސޮފްޓްވެއަރ އެވެ..

The name is already taken The name is available. Register?

އަބޫ

29 December 2016

ކިތައް ސަރުކާރު އޮފީސް ތޯ އެކްސެލް އާއި ވޯޑް ބޭނުންކޮށްގެން ލިޔެކިޔުން ބަލަހައްޓަނީ.

The name is already taken The name is available. Register?

މުހަންމަދު

29 December 2016

ކިތަންމެ އެމްއޯޔޫއެއް ސޮއިކުރިނަމަވެސް އަދި ކިތަންމެއޮޑިޓެއް ކުރިނަމަވެސް ތިއެމްއެމްޕީއާރުސީގެކަންތައް އިސްލާހެއްނުވާނެ، ކުރެވޭނެ އަދި ނުކުރާނެ. އެކަން ޔަޤީން! ރަންބިސް އޮތީދީފަ، ދަނީ އަޅަމުން. އެހެންވީމަ ދުނިޔޭގެފެންވަރުގައި، ދެފުށްފެންނަގޮތަށް ކުރެވޭ އެކައުންޓެއް، އަދި އޯޑިޓްކޮށް ކިތަންމެރިޕޯޓެއްނެރުނުނަމަވެސް ކުރެވޭނެ، އަދި ކުރާނެ އެއްކަމެއްވެސް ނޯންނާނެ. ޓުވަރިޒަމްގައި އެހުންނެވީ، ޢަދީބާއިދޭތެރޭގައި ރައީސް ޔާމީން ވިދާޅުވިފަދަ، "ޚާލިދު ބިން ވަލީދަށް" ދޫކުރުއްވަވާނެ ރައީސް ޔާމީނާއިއެކު އެކިމަސައްކަތް ގިނަދުވަހެއްގައި ކުރުއްވަވާފައިވާ ތަޖުރިބާކާރު ބޭފުޅެއް! ކުރީގެ އޯޑިޓަރ ޖެނެރަލަށްވީގޮތް ނުވެހިނގައިދާނެބާ؟

The name is already taken The name is available. Register?

ޑަފީނާ

28 December 2016

ރަސީދު ނުހަދާ އަދި ހެދި ރަސީދު ތަކުގައިވެސް ސޮއި ކޮށްފައި ނެތުމުންނާއި އެކްސެލް ޝީޓްގައި ހިސާބުތައް ބެލެހެއްޓުމުން އެއިން އެނގެނީ ވަރަށްބޮޑަށް ރޭވިގެން މާލިއްޔަތު ދަމާލިކަމަށް. ދެން އެކަންވެސް އަދީބު ބޮލަށް ކަނޑާލާ.

The name is already taken The name is available. Register?

އަލިފުއަލިފު

28 December 2016

އެކްސެލް ޝީޓަކަސް ބޭނުން މީހަކަށް ބޭނުން ކަމެއް ނުކުރެވޭނެ، ރަނގަޅަށް ސިސްޓަމް އެޑްމިނިސްޓަރ ކުރާނަމަ، އެކްޓިވް ޑައިރެކްޓްރީ ބޭނުންކޮށްގެން ، ފައިލްސެއަރ ، އެކްސެސް މެނޭޖް ކުރެވޭނެ، ފައިލް އެކްސަސް އޯޑިޓް ކުރެވޭނެ، އަދި ވަރސަން ކޮންޓުރޯލް ކުރެވޭނެ، ވީމާ އެޑިޓްކޮށް މޮޑިފައިކުރާ މީހަކު ހޯދޭނެ، އަދި ސެޑޯކޮޕީ ހަދާފައިވާނަމަ ޑިލީޓްކުރިޔަސް ބަދަލުގެނައި ގޮތް ފެންނަން ހުންނާނެ، ވީމައި މީގަ އެކްސެލް އެއްނޫން ގޯހީ. މިސިސްޓަމް ބަލަހައްޓަން ތިބިމީހުން އަޅާނުލާ ތިބީމަ މައްސަލައަކީ.

The name is already taken The name is available. Register?

GAN Island

28 December 2016

ޤާނޫނަށް ބަދަލުގެނެސް ''ޤާނޫނާއި ހިލާފަށް'' ދައުލަތުގެ މުދާ އަމިއްލަ ކުރުމަށާއި ދައުލަތުގެ މުދަލުން ނަހަމަ ބޭނުންކޮށް ބަޔަކށް ނަފާތަކެއް ހޯދާ ދިނުމަށް ކޮށްފައިވާ ހުރިހާ ކަންކަމަކީ ''ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާއި ހިލާފު އަމަލުތައް'' ކަމުގައިވާތީ އެފަދަ ކަންކަން ކުރުމަށް މަގުފަހިކުރުމަށް ''ޤާނޫނު ތަކަށް ބަދަލު ގެނައުމަކީ ވެސް އައިރުޤާނޫނީ އަމަލަކަށްވާތީ'' މިދެންނެވި އުސޫލުން ހިންގާފައިވާ އެއްވެސް މުއާމަލާތަކަށް ''ޤާނޫނީ ރައްކާތެރިކަމެއް'' ނުލިބޭނެކަން އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތް ތަކަށް އިގެންވާނެ.

The name is already taken The name is available. Register?

އިބުތިޝާމާ ސައީދު

28 December 2016

ތިޔަ ދައްކަނީ ދުފާ މީހަކު ދުފާއިރު އަނގަޔައް ލާން ހުނިދަޅުން ހުނިކޮޅެއް އިނގިލީގެ ކޮޅުގައި ޖަހައިގެން ދުފުންގަނޑު މީރު ކުރާވާހަހަކަ ނޫންތޯ.؟؟؟

The name is already taken The name is available. Register?

ޖޮންގޯރެން

28 December 2016

ތިޔައީވެސް ބޮޑުވަރު، ހަޤީގަތުގައި އިކޮނޮމިސްޓުން ހިސާބު ބަލަހައްޓާނީ ސިގިރޭޓް ކާޓޫނު ބޭރު ކަރުދާސް ގަނޑުގައި ލިޔެގެން، މިރާއްޖޭގައި ނުތިބޭނެ އެކައުންޓިން ސޮފްޓްވެއަރ ބޭނުންކޮށްގެން، މުއްސަނދި ވެފައި ތިބި އިކޮނޮމިސްޓުންނެއް! އެކައުންޓިން ސޮފްޓްވެއަރ ތަކަކީ އުފެދުނުއިރުވެސް ބާތިލުއެއްޗެއް!

The name is already taken The name is available. Register?

ކިޔަމާ ކިޔަމާ

28 December 2016

ފުރަތަމަ އޮޑިޓަރޖެނެރަލް ގޮނޑިކޮޅު ހޯއްދެވިގޮތަށް ފިކުރުކުރުމުން މިކަންކަމުގަ ހުންނާނެ ސައްޙަކަން ކަށަވަރުކުރެވޭނެ

The name is already taken The name is available. Register?

ޑަފީނާ

28 December 2016

ރައްޔިތުންގެ އެންމެ އަގުބޮޑު އެސެޓަކީ ރާއްޖޭގެ ރަށްރަށް. ވަގުން ބެލެއްޓި ކުންފުންޏާ ހަވާލުކުރީ ކިތައް ރައްކަމެއް މިހާހިސާބަށް އެނގުނު އެއްވެސް ރިޕޯޓެއް އޮޑިޓަރ ޖެނެރަލް ނެރެފައެއްނުވޭ.

The name is already taken The name is available. Register?

ދޮންދީނި

28 December 2016

އެކަކު އަނެކަކު ކުއްވެރިކޮށްކޮށްތިބޭ...ކާމީހުންކަނީ....މަގޭހިތަށްއަރާ މިސަރުކާރަށް ސަނާ ކިޔާމީހުން ތިބީ ކިހިނެއްވެފަ ބާއޭ....ބްރިޖެއް އެޅުމަކުން ޤައުމުގެ ހާލަތު ބަދަލެއް ނުކުރެވޭ....ތި އިކޮނޮމިސްޓަކަށް މަށެއް ވޯޓެއް ނުދޭނަން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454