އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން --
06 ޖުލައި 2025 - 10:48
ފެނުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި، އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެއީ އޭގެ ކުރީ އަހަރަށް ވުރެ 103 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ 90 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވި އަހަރެވެ.
އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު ވަނީ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާ އިރު 100 މިލިއަން ރުފިޔާގެ އިތުރު އަދަދެވެ. ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެންނެވެ. އާމްދަނީ އިތުރު ކުރުމަށް ސީދާ ގޮތުން ކުރާ ހަރަދުތައް ވަނީ އެއް ބިލިއަން ރުފިޔާ އިން 935 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ހިންގުމުގެ އެހެން ބައެއް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވެ އެވެ.
ދަރަނި އަދާކުރުމަށް އެމްޑަބްލިއުއެސްސީން 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ވެސް 15 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްޑަބްލިއުއެއްސީއަކީ 1،200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުނީގެ ގާތްގަނޑަކަށް 16 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަގީނު
06 July 2025
ތިތަން ކިރިޔާވެސް ތިހިގަނީ ހިޓާޗީ މީހުން އަތުގަ ހިއްސާއޮތީމަ. ސަރުކާރުބޭނުން ވިވަރައް ސިޔާސީ މީހުން ނުލާތީ. މިހާރުވެސް ފެނަކަ އަދި މިފްކޯ ބޭރު ހަރުދަނާ ކުންފުނިބަޔަކައް ދީބަލަ ގައުމައް ފަދައި ކުރާނެ.
ސްޓެންޑަރޑް
06 July 2025
މީލިންކް ކިޔާލަބަލަ
މުލޭ
06 July 2025
ބަންޑާރަ މިސްކިތާ ދިމާލުން އޯކިޑް މަގުގެ މެދުން ފެން އަރާތާ ދެ ހަފްތާ ވެއްޖެ. ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށް ވެސް ވެދާނެ.
އ އަހްމަދު
06 July 2025
މިކަހަލަ ރައްޔިތުންނައް ޚިދުމަތް ދިނުމަށްއުފައްދާފައިހުންނަ ކުންފުނިތަކަކީ ބޮޑުފައިދާ ނަގަންޖެހޭކުންފުނިތަކެއްނޫން ފައިދާވާނަމަ ރަށްޔިތުންނައްދޭ ޚިދުމަތުގެއަގު ކުޑަކޮށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭތޯބަލަންޖެހޭނީ
ޞުނަަން
06 July 2025
އިހުލާސްތެރިކަމާއިއެކު މަސައްކަތް ކޮއްފިނަމަ ނަތީޔާ ރަގަޅުވާނެ. ޝުކުރިއްޔާ އެމްޑީއާއި މެނޭޖްމެންޓައް
ހުސީނު
06 July 2025
އެމް.ޑަބުލިއު.އެސް.ސީގެ ކުޅަދާނަ މުވައްޒަފުން ތިކުރައްވާ ބުރަ މަސައްކަތައް ސާބަސް. ފެނަކަވެސް މިކުންފުނީގެ ދަށައް ގެންދަންވީ.
ގުދުގުދާބެއްޔާ
06 July 2025
ފައިދާ ވާނެތާ އަހަރުމްން ފެންމީޓަރެއް ލާން 18 ސަތޭކަ ރުފިޔާ ދީފަ އެގަތީމަ ފެން ބޭނުން ކުރިޔަސް ނުކުރިޔަސް މަހަކު 30 ރުފިޔާނަގާ! މިއީ ކޮންގޮތަކުން ނަގާފައިސާއެއް! މިކަމާ މިހާރު މިއުޅެނީ ކޯޓައް މައްސަލަ ވައްދަން! ކޯޓްތަކުގެ ފެންވަރު މިފަހަރު އިގޭނެ!
ސަލީމު އިދުރީސް
06 July 2025
ދަދުގެ ކަންފުޅެއް ވެސ ނެތީ! އެއްޗެއް އުފައްދާ މާކޭޓު ވާދަ ވެރިކަމާ ކުރިމަތި ލާންނުޖެހޭ، ބިލައް ބޭނުވަރަކަން އަގުހެދޭ ގޮތައް ހުންނަ ސަރުކާރުގެ ކުންފުނިތަކުން މިގޮތައް މިކަން ކޮއްފަ މިވާހަކަ ބުނުމަކީ ރައްޔިތުން މޫނުމަތީ ތަފާލެއް އެޅުން ފަދަ ކަމެއް ކަމުގަ ދެކެން! ހަރަދު ކުޑަވީމަ ހިދުމަތް އަގުހެޔޮނުކުރޭ
ލަތީފާ
06 July 2025
ލޮލް! ލޮލް!
ސައީދު77
06 July 2025
މަގޭ ބިލު މިފަހަރު ހުރީ 2 ގުނަ ބޮޑޮކޮށް. އެކަމަކު ގޭގެ އެންމެންވީ ރަށުންނޭރު.