މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރޭވިޔަސް މި ދުވަސްވަރު ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާތީ އީދު ޝޯއާއި ހަވާ އެރުވުން ނުބާއްވަން އެޗްޑީސީން ނިންމައިފި އެވެ
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ހުޅުމާލޭގައި ފާހަގަކުރުމަށް ރާވާފައިވިޔަސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަނެއްކާވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ
އެޗްޑީސީން ބުނީ އީދު ޝޯ އާއި ހަވާ އެރުވުމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ފާހަގަކުރާ ހަރަކާތްތަކަކަށް ވާތީ މި ފަހަރުގެ އީދު ކުޅިވަރުގެ ތެރޭގައި ހިމެނޭ އެ ދެ ހަރަކާތް ނޯންނާނެ ކަމަށެވެ.
އެކަމަކު އީދު ފާހަގަކުރުމަށް ބައެއް ހަރަކާތްތައް ހުޅުމާލޭގައި ވެސް އޮންނާނެ އެވެ.