ޚަބަރު / މޭރީގެ މަރު

މޭރީ މަރާލުމުގެ ފުރުސަތު މާވިން އާއި ލަމްހާ ނޫން ބަޔަކަށް ނެތް: ދައުލަތް

މޭރީ މަރާލުމުގެ ދައުވާ އުފުލާފައިވާ މާވިން އާއި އެކަމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ ލަމްހާ: އެ ދެ މީހުން ފިޔަވައި އިތުރު ބަޔަކަށް މޭރީ މަރާލުމުގެ ފުރުސަތެއް ނެތް ކަމަށް ދައުލަތުން މިއަދު ބުނެފައިވޭ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މަރުގެ މައްސަލާގައި ހިމެނޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ ފިޔަވައި އިތުރު ބަޔަަަކަށް މޭރީ މަރާލުމުގެ ފުރުސަތު ނެތް ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރައިލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެ ކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އެހެން ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެހެން ދައުވާތަކެއް ކުރެ އެވެ. މާވިންގެ މައްޗަށް، އެނގި ހުރެ މީހަކު މެރުމުގެ ދައުވާކޮށްފައިވާއިރު، ލަމްހާ އަށް ކުރާ ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

މިއަދު އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި އޮތީ، ޝަރީއަތުގެ މަރުހަލާ ފަށައި އިފްތިތާހީ ބަޔާން އިއްވުމެވެ. ދައުލަތުން އަދި ދިފާއުން ވެސް ވަނީ ޝަރީއަތުގައި ސާބިތުކުރަން ބޭނުންވާ ކަންކަން ކިޔައިދީފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އިފްތިތާހީ ބަޔާން އިއްވަމުން ވިދާޅުވީ، މޭރީގެ މަރާ ގުޅިގެން ލަމްހާ އާއި މާވިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ގުޅިލާމެހިފައިވާ ހާދިސާތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

މޭރީ މަރާލުމުގެ މޯޓިވް ނުވަތަ ނިޔަތެއް ލަމްހާ އާއި މާވިންގެ އޮތްކަން ސާބިތުކޮށްދޭނެ ކަމަށާއި މޭރީ މަރާލުމުގެ ފުރުސަތު އެ ދެ މީހުންނަށް އޮތްކަން އަދި އެ ފުރުސަތު އޮތީ ވެސް އެ ދެ މީހުންނަށް އެކަނިކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މޭރީގެ މަރަކީ އޭނާ ބްރޭކް ގަޑިއަށް ގެއަށް ދާ ވަގުތާ ދިމާކޮށް ރާވައިގެން ކުރި ކަމެއްކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ސާބިތުކޮށްދޭނެ ކަންތައްތައް ކިޔައިދެއްވަމުން ވަކީލު ވިދާޅުވީ، މޭރީ އާއި މާވިން ކައިވެނިކޮށްގެން އުޅުނު އިރު ލަމްހާ އާއި މާވިންއާ ދެމީހުން ލޯބީގެ ގުޅުމެއް އޮތްކަން ވެސް ސާބިތުކޮށްދޭނެ ކަމަށެވެ. އަދި އެ ގުޅުން ބޭއްވީ މޭރީއަށް ސިއްރުކޮށްގެން ކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވި ގޮތުގައި ލަމްހާ އާއި މާވިންއާ ދެމެދު އޮތް ގުޅުން މޭރީއަށް ފަޅާއެރުމުން އޭނާ އެކަމާ ގުޅިގެން ލަމްހާއާ ދެމެދު ޒުވާބެއް ކުރި އެވެ. އަދި ވިދާޅުވީ އެ ދެ މީހުންގެ ގުޅުމާ މެދު މޭރީ ހިތްހަމަނުޖެހޭކަން ވަރަށް ފާޅުކަންބޮޑުކޮށް ފެންނަން އޮތްކަން ސާބިތުކޮށްދޭނެ ކަމަށެވެ.

މޭރީ ވަނީ އޭނާއަށް ކަމެއް ވެއްޖެ ނަމަ އެކަމެއް ކުރާނީ ލަމްހާ ކަމަށް ބުނެ ކުރިން ވާހަކަ ދައްކާފައިވާކަން ވެސް ސާބިތު ކުރާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދު ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި ޝަރީއަތުގައި މާވިން އާއި ލަމްހާ.

އޭގެ އިތުރުން، ފިލިޕީންސްގެ ގާނޫނު އޮންނަ ގޮތުން މޭރީ އާއި މާވިންއަށް ވަރިކުރެވެން ނޯންކަން ވެސް ސާބިތުކޮށްދޭނެ ކަމަށާއި ލަމްހާ އާއި މާވިން ރާއްޖޭގައި ކައިވެނި ކުރަން މަސައްކަތްކޮށް އެކަމާ ގުޅޭ މައުލޫމާތު ހޯދަން މަސައްކަތްކޮށްފައިވާކަން ވެސް ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

މޭރީގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްތަކުން، ކޮންޓްރޯލްޑް ޑްރަގެއް ކަމަށްވާ ސަކްސިނައިލްކޮލިން ފެނިފައިވާއިރު އެއީ ލީތަލް އިންޖެކްޝަނެއް ކަމާއި ހޮސްޕިޓަލުގައި ބޭނުންކުރާ އެއްޗެއް ކަމާއި އާންމުކޮށް ވިއްކާ އެއްޗެއް ނޫންކަން ދައުލަތުން މިއަދު ވެސް ފާހަގަކުރި އެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި، އައިޖީއެމްއެޗަށް އެސްޓީއޯއިން ވިއްކާފައިވާ އޭގެ ފުޅިތަކަކާއި އާންމުކޮށް ގެންގުޅުން ހުއްދަ ނޫން އެހެން ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ލަމްހާ އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖެހުމާ ބެހޭގޮތުން މާވިންއާ ވާހަކަ ދައްކާފައިވާކަން ވެސް ހެކިތަކުން އެނގޭނެ އެވެ. ވަކީލް ވިދާޅުވި ގޮތުގައި، އިންޖެކްޝަން ޖެހުމުން އިހުސާސް ކުރެވޭނެ ކަމާއި ވީހާ ވެސް އަވަހަށް އިންޖެކްޝަން ޖަހަން ލަމްހާ މާވިންއަށް އިރުޝާދު ދިންކަން ހާމަވާން އެބަ އޮތެވެ.

ލަމްހާގެ ކޮޓަރިން، ބޭނުންކޮށްފައިވާ ސަކްސިނައިލްކޮލިން ފުޅިއަކާއި ސިރިންޖެއް ވެސް ފެނުނު ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ދައުލަތުން ބުނި ގޮތުގައި، ހާދިސާ ހިނގި ދުވަހު މާވިން އިންސާނަކު ހޭނައްތާނެ ފަސޭހަތް ގޮތްތައް ހޯދަން އިންޓަނެޓުން ސާޗުކޮށްފައިވެ އެވެ.

މާވިންގެ ގެއަށް ނުދާ ކަމަށް ލަމްހާ ތަހުގީގުގައި ބުނި ކަމަށާއި އެކަމަކު އެ ދުވަހު ލަމްހާ އެ ގެއަށް ވަންކަން ހޯދިފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ދައުވާގެ ތަފްސީލްގައިވާ ގޮތުން މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ހޮސްޕިޓަލަށް ގުޅީ ލަމްހާ އެ ގެއިން ނުކުތްތާ މިނިޓެއްހާއިރު ފަހުންނެވެ. އަދި ލަމްހާ ގެއިން ނުކުތް އިރު ދޮރުގައި ހިފީ ޓީޝާޓުން އަތްތިލަ ފޮރުވޭ ގޮތަށްކަން ފާހަގަކޮށްފައިވެ އެވެ.

ދައުލަތުން ބުނީ، އެމްބިއުލާންސް އައި އިރު ވެސް މޭރީ އޮތީ މަރުވެފައި ކަމަށެވެ. މޭރީ މަރުވެފައިވާކަން ލަމްހާއަށް އެނގުނު ކަމަށް ތަހުގީގަށް ބުނި ވަގުތަކީ އޭނާއަށް އެކަން އެނގުނު ވަގުތު ނޫން ކަމާއި އޭގެ މާ ކުރިން އެނގޭ ކަން ސާބިތުކޮށްދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ކިޔައިދީފައިވާކަން ފާހަގަކޮށް ދައުލަތުން ބުނީ، މޭރީ ދަންޖެހުނު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މޭރީ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ސީންއެއް އުފެއްދި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ނަމަވެސް، އޭނާ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ދިން ހަމަލާތަކުންކަން ޕޯސްޓްމޯޓަމްއިން ހާމަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މޭރީ އަކީ އަމިއްލައަށް މަރުވުމުގެ ހިޔާލެއް ހުރި މީހެއް ނޫން ކަމަށާއި އެ ދުވަސްވަރު އޭނާ ގެންދިޔައީ ޕާސްޕޯޓް ހަދައިގެން ޗުއްޓީއަށް ދާން މަސައްކަތް ކުރަމުންކަން ދައުލަތުން ބުންޏެވެ.

ދައުލަތުގެ އިފްތިތާހީ ބަޔާން އިއްވައި ނިމުމުން ލަމްހާގެ ފަރާތުން ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ މޭރީގެ މަރާ ލަމްހާއާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުކޮށްދޭނެ ކަމަށެވެ. މޭރީ މަރާލުމުގެ ފުރުސަތު ލަމްހާއަށް ނެތްކަން ސާބިތުކޮށްދޭނެ ކަމަށާއި އެފަދަ ކަމެއް އޭނާ ކޮށްފައި ނުވާކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ލަމްހާގެ ގެއިން ފެނުނުު ކަމަށް ބުނާ ބޭސްތަކަކީ ގާނޫނާ އެއްގޮތަށް އެ ގެއިން ތަހުގީގަށް ހޯދާފައިވާ ތަކެތި ނޫންކަން ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. ބަހުސްގެ ބޭނުމަށް، އެ ގެއިން ހުއްދަ ނޫން ބޭސް ފެނުނު ނަމަވެސް، އެފަދަ އެއްވެސް އިންޖެކްޝަނެއް މޭރީ ގްރޭސްގެ މަރާ ގުޅިފައި ނުވާ ކަމަށް ޝާއިރު ވިދާޅުވި އެވެ.

މާވިންގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ، ކުރިން ބޭއްވި އަޑުއެހުމުގައި، މަރުވި ސަބަބަކީ ކަރަށާއި ބޮލަށް ދީފައިވާ ގެއްލުންތަކުގެ ސަބަބުން ކަމަށް ދައުލަތުން ވިދާޅުވުމަށް ފަހު މިހާރު އިތުރު ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.

މަރުވި މީހާ މަރުވީ ޑްރަގެއްގެ ގޮތުގައި ބޭނުން ކުރެވޭ ޑްރަގެއް ބޭނުންކޮށްގެންތޯ އެ އިންޖެކްޓުކޮށްގެންތޯ ނުވަތަ ކަރަށާއި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންތޯ ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ ދައުވާގައި ވެސް ދައުލަތަށް ވެސް އެކަން ސާފުނުވާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާގައިވާ ހުރިހާ ކަމަކަށް މުތުލަގުކޮށް އިންކާރުކުރާ ކަމަށް ވިދާޅުވެ ދައުލަތުންނާއި ދިފާއުން ހުށަހަޅާފައި ހުރި ހެކިތަކުން މާވިންގެ މައުސޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އިފްތިތާހީ ބަޔާން އިއްވައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ، ދެން އޮންނާނީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އެކަމަށް، މި މަހުގެ 16 ވަނަ ދުވަހަށާއި 17 ވަނަ ދުވަހަށް އަޑުއެހުންތަކެއް ތާވަލުކޮށްފައިވާކަން އޭނާ އިއުލާނު ކުރެއްވި އެވެ.

މާވިން އާއި ލަމްހާއާ ދެކޮޅަށް ދައުލަތުން ވަނި 110 ހެކި ހުށަހަޅައިފަ އެވެ. އެ ދެ މީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

10 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރޭމްޗޯޕްރާ

08 October 2022

ފާހިޝްކަންކަމުގައި ހައްދުފަހަނައަޅާދިޔައިމަ ހުރިހާބޮނޑިއެއްބޯނެ. މާބިންނަކަސް ލަމާލާކަކަސް ކުރާނެކަމެއް ނޯންނާނެ.

The name is already taken The name is available. Register?

ައަންދާޤާނޫނު

07 October 2022

ދޫވަނީ ދޫވަނީ - ލަމްހާ މާވިން ދޫވަނީ

The name is already taken The name is available. Register?

ޢިހްސާސް

06 October 2022

ޖަލަށް ހުކުމް ކޮށްފިނަމަ ދެގޮލާ އެއްގޮޅީގަ ބައިތިއްބާ.

The name is already taken The name is available. Register?

ހުށޭނު

06 October 2022

އަޖައިބެއްނު؟ ލަމްހާ މޫނު ބުރުގާ އެޅީތަ ނޫނީ ލަދުން މޫނު ނުދައްކަން އިނީތަ؟ ފޮޓޯތަކުގަ މާސްކު އަޅައިގެން ތި އިންނަނީ؟ ތި މޫނު ފެނި އެހެން ފިރިހެނެއް ތި އަވައިގަ ޖެހުނަ ނުދޭން ވެގެންތަ ނޫނީ؟ ކަން ކުރި އިރު ލަދު ގަންނަން ޖެހިދާނެ ކަމެއް ނުވިސްނޭތަ؟ ޤައުމު ވެރި މީހާ އާއިލީ އެކުވެރިއެއްގެ ދަރިއަކަސް ކުށްވާނީ ކުށަށް، މުސްލިމަކު ވިޔަސް ޔަހޫދީއެއްވިޔަސް މަރައިފިއްޔާ އޮންނާނީ މަރަށް މަރު ނޫނީ މަރުގެ ދިޔަ! ޤައުމު ވެރިމީހާ ކުރިޔަސް ކަން އޮތްގޮތް އެއީ!

The name is already taken The name is available. Register?

ރޯޔަލު ސީބުރި

06 October 2022

ރޯޔަލު ލަމުކޮ ޔޯ ލޮލް

The name is already taken The name is available. Register?

އ

06 October 2022

ދެން ކަލޭމެން ދެގޮލާ އިންނަންފެނޭ... ފެނޭ.... މަ އޯކޭ

The name is already taken The name is available. Register?

ޝިއާރު

06 October 2022

މާވިން އާއި ލަމްހާ މިހާރުވެސް އެކަކު އަނެކަކު ދެކެ ލޯބިވޭތޯ ނުވަތަ ނޫންތޯ ވެސް ވަކީލުން ސާފުކޮށްދޭން ވާނެ ނޫންތަ؟

The name is already taken The name is available. Register?

ރަމަ

06 October 2022

މިފަދަ ބޮޑެތި އިންސާނެއްގެ މަރާއި ގުޅުންހުރި މައްސަލަތަކުގެތެރެއަށް އެގިތިބެ ފައިސާގެ ދަހިވެތިކަމުގައި ޤާތިލުން ސަލާމަތްކުރަން މުސްލިމުގައުމެއްގެ ވަކީލުންތަކެއްވަންނަކަމީ ހިތާމަހުރިކަމެއް.

The name is already taken The name is available. Register?

ލޯބި

06 October 2022

ހޮސްޕިޓަލް ލޯބި ބަދަލުވީ ކޯޓު ލޯތްބަކަށް. ދެން ބަދަލުވާނީ ޖަލު ލޯތްބަށް.

The name is already taken The name is available. Register?

ހުސެން

06 October 2022

އަޅުގަނޑު ބުނެލަންއޮތީ މަރަށްމަރުގެ އަދަބު ތަންފީޒުކުރަންފަށާށޭ!! އަދި ޝަރީޢަތްތަކުގެ ސުޕީޑު އަވަސްކޮށް ސާބިތުވާނަމަ އަދަބު ސާބިތުނުވާނަމަ މިނިވަން ކުރުން އަވަސްކުރާށޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454