ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑަކުން ތެޅި ކަމަށް ބުނެ މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގައިގައި އަތްލުމުގެ ދައުވާ އަންހެނެއްގެ މައްޗަށް ދައުލަތުން ކުރީ މާޗް، 2018 ގައި އެ މީހާ އުޅުނު ގޭގައި ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑަކުން ތެޅި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ އެ ހުކުމުގެ ތަފުސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ ދައުވާ ސާބިތުވިޔަސް، އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ދޮންދަރިންނަށް އަނިޔާކުރި ކަމަށް ބުނެ ކުރި މީހެއްގެ މައްޗަށް ކުރި ދައުވާ ވެސް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ދާދި ފަހުން ހުކުމްކޮށްފަ އެވެ.