އެމްޑީޕީގެ ކޮންގްރެސްގައި ދެ ރައީސުން މަޝްވަރާކުރައްވާ އިރު ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަޑުއައްސަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
17 އޮކްޓޯބަރ 2022 - 14:12
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމުގެ މަންޒަރު، މިދިޔަ އޮގަސްޓް މަހު ބޭއްވި ކޮންގްރެސް ނިމުނުއިރު އެ ޕާޓީގެ ލީޑަރުން ދެއްކެވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބައްދަލުވުމަށް މާލޭގައި ހުންނެވި ނަމަވެސް ވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މެދު ހިތްހަމަޖެހިވަޑައިނުގެން ހުންނެވިކަން ނަޝީދު އަނެއްކާވެސް ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންގެ ގްރޫޕްގަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ، އާރަށުގައި މިރޭ ބައްދަލުކުރެއްވަން ރައީސް ވަނީ ދައުވަތު ފޮނުއްވައިފަ އެވެ. މިއީ، އެމްޑީޕީގެ ކޮންގްރެސްއަށް ފަހު ގައުމީ މަޖިލީހުގެ މެމްބަރުންނާ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ.
އެމެރިކާގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ އެ ދައުވަތަށް އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށެވެ. މާލޭގައި ހުންނެވި ނަމަވެސް އެމަނިކުފާނު އަމަލުކުރައްވާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑާ ވާހަކަ ދައްކަވައި އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން،" ނަޝީދުގެ މެސެޖުގައިވެ އެވެ.
މީގެކުރިން ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ސިޔާސީ ކަންކަމުގައި ހިޔާލުތަފާތުވުންތައް އެމްޑީޕީގެ ތެރޭގައި އޮންނާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކޮންގްރެސް ނިމުނުއިރު ދެއްކެވީ މައްސަލަތަކުގައި ހައްލަކަށް އާދެވިފައިވާ ތަނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިޒާމީ މައްސަލާގައި އެއްގަލަކަށް އަރައިވަޑައިގަތުމަށް ފަހު އެކުގައި. -- ފޮޓޯ ފަޔާޒު މޫސާ | މިހާރު
ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ގަރާރަށް ތާއީދެއް ނުލިބުނެވެ. އެ ގަރާރު އަނބުރާ ގެންދެވީ އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އިތުރަށް ވާހަކަ ދައްކައި މަޝްވަރާ އިން ހައްލެއް ހޯދަން އެއްބަސްވެވުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުއާ ދެމެދު ގުޅުން ގޯސްވީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން އެދިވަޑައިގަތް ހިސާބުންނެވެ. އެކަމަކު މިއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން އެމަނިކުފާނު ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.
ނަޝީދު ވެސް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަަމަަށެވެ. އެއާއެކު ވެސް ބަރުލަމާނީ ނިޒާމުގެ މަސައްކަތް ދޫކޮށްނުލައްވަ އެވެ.
މި ފަހުން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ "ބޮނޑިއެއް" ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށެވެ.
"ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބުވާނެ ކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށް ވުރެން މުހިއްމު ވެގެން އަންނަން ވާނީ ޕާލަމެންޓްރީ އިންތިހާބު ކަމަށް،" ނަޝީދު އައްޑޫގައި މިދިޔަ މަހު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ މި މަސައްކަތް ކުރެއްވިޔަސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ބަރުލަމާނީއާ ގުޅޭ ނިންމުމެއް ޕާޓީން ނިންމަން ހަމަޖެހިފައި ނެތް ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
18 October 2022
މަނިކުފާނު ރާއްޖެން ބޭރަށް ދާއިރަށް ތިވާގޮތެއް ބަލަން ފަންޑިތަވެރިއެއް ކާރިއަށް ދާންވެއްޖެ ނޫންތޯ!
އައްމަދު
17 October 2022
އަންނި އަކީ އިބޫ ، އިބޫ އަކީ އަންނި.
ދުންކަރާސް
17 October 2022
މަށަށް ހީވަނީ ތި ބައްދަލުވުމަށް އަންނަން ސަރުކާރުން ޚަރަދު ނުދީގެން ރުޅިއައީ ހެން
އަފްރާސިޔާބު
17 October 2022
ރައީސް ނަޝީދަކީ އިބޫ ސަރުކާރުގައި ޔާމީނު އަޅުވާފައިވާ ފަންޏެއް. މީނަގެ އުނދަގުލާހެދި ޗައިނާއިން ފައިސާ ފޮއްޗެއްވެސް މިގައުމަށް ނުލިބިގެން އުޅެންޖެހިފައިވަނީ 3 މަހުގެ އިއްދަ ހަމަކުރަންޖެހޭ އުސޫލުން ކޮންމެ 3 މަހަކު ނޫސްވެރިން އެއްކޮށްގެން ޗައިނާއަށް ބަވާނަގާނެ.
އެމްސް
19 October 2022
ވެރިކަމަށް ގެންނަންވީ މިޤައުމު ސަލާމްޖެހުމުން އެރުވޭނެވަރު މީހެއް! ރަންބިސް އަޅާ ކުކުޅުތައް ގިނަވާވަރަކަށް ދަރަންޏާ ބޮޑު ގޯހެއް އެބައުޅޭތާ!
ސިމްޕަލް
17 October 2022
"ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑާ ވާހަކަ ދައްކަވައި އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން،" .ރައީސް ނަޝީދުގެ މިބަސްފުޅުން ޅައިރު ހަނދާންވީ. .އަޅުގަނޑާ ކެޔޮޅު ގޯތީ ދޮންމޮހޮނާ އެއްކޮށް ބޮޑުވީ. ބައެއް ފަހަރު ކުޅެން އުޅެފައި ގެއަށް އަައިސް ބޮޑާ ހާކާފައި މަންމަ ގާތު ބުނަން......"ދޮންމޮހޮނު މިއަދު މަށާ ވާހަކަ ނުދެއްކިއޭ. އެހެންވީމާ މަވެސް ދޮންމޮހޮނު އާ ވާހަކަ ދައްކާ އެއްކޮށް ނުކުޅޭނަމޭ"
ގެރިކުޑޭ
17 October 2022
އިގިރޭސިންގެ ބޮޑުވަޒީރު މިއަހަރުތެރޭ ތިންފަހަރަށް ބަދަލުވެއްޖެ، އެންމެ ފަހުން އެރި ކަމަނާ މިހާރު ވައްޓާލަން މަސައްކަތް ފަށައިފި! މިވަރުގެ ކަމެއް މިރާއްޖެކަހަލަ ކުޑަ ގައުމެއްގަ ދެފުއް ކެހެރި ޕާލަމެންޓެއްގަ ހިންގާނެ ގޮތެއް ބުއްޅަބޭ ނިކަން ބުނެދީބަލަ!
އަފްރާސިޔާބު
17 October 2022
އޭނާއަށް ބޮޑުވަޒީރު ކަމުގައި ނުހުރެވޭނެކަމަށް ޕާޓީން ބުނެފި. އިޖުރާއަތް ހަމަކުރަން ވަގުތުނަގަނީ. އެކަނބުލޭގެ ހީކުރީ ބޮޑުވަޒީރުގެ ފުރަތަމަ ފޯންކޯލް ޒީލެންސްކީ އަށް ކުރީމާ އަދި ޔޫކޭ އެމްބަސީ ގުދުސަށް ބަދަލުކުރާނަމޭ ބުނީމާ މަގާމުގައި ދެމިހުރެވޭނެކަން ޔަގީންވީއޭ. މިކަނބުލޭގެ އެޔަހޫދީ ވިސްނުމަށްވުރެ ޕާޓީގެ ޔަހޫދީ ވިސްނުން މާބޮޑުކަން ނޭނގުނީމާ ބޭރުކޮށްލާނެނުން.
އެމްސް
17 October 2022
މިރާއްޖޭގަ ވެރިމީހާ ޖެހެނީ 30 އަހަރު ހުރެވިޔަ ނުދީ އަވަސް އަވަހަށް ބަދަލުކުރަން! ރަގަނޅު އެއްޗަކާއި އަވަހަށް ދިމާވާނީ އޭރުން!
ޑިސްއޮނަރަބަލް ޑީޑީ
17 October 2022
ބޮޑޭ މާބޮޑަށް ބޮޑާހާކާތީ މައްސަލައަކީ.
ހުސެއިން 803
17 October 2022
ތިއަށްކިޔާ އުޅެނީ ދެބޯގެރި ދުއްވުން.. ނަސީދުގެ އަޑުކެނޑިދާނެތީ އަބުރާ ގޭސްގަނޑެއް. އެއްކަމެއްވެސް ނުވާނެ ، ވޯޓަށް ވާއިރު މިދެމީހުންވެސް ތިބޭނީ އެއްގިރިއަށްއަރާ.. ނިކަން ކެރިގެން ނުކުމެ އައްނިގެ ސަޕޯޓަރުންނާއެކު 2023ގައި ސޯލިހް ބަލިކޮށްބަލަ.
އެމްސް
17 October 2022
ސޯލިޙު މިހާރުވެސް ބައްޔޭ، އަވަސް އަވަހަށް ސިންގަޕޫރަށް އެދަނީނުން!
ގެދާނޯމޮސް
17 October 2022
ސޯލިހުގެ ސަރުކާރެއްއޮތުމަށް ނަޝީދަށް އޮތް ހަމައެކަނި ގޮތަކީ އިންތިޚާބަށް ދެކޮޅުވެރި ވެލުމެވެ.
ބޮޑުމީހާ
17 October 2022
އެމްޑީޕީން ވަކާލާތުކުރި ޖޭއެސްސީ އިސްލާހުކުރުން، ޚިޔާނާތްތައް ބެލުން، ފްލެޓް ދިނުން، ސިއްޚީ ހިދުމަތް ރަގަޅުކުރުން އެއްކަމެއްވެސް ނުވޭ. ނުވިތާކަށް 1000 ސީޔާސީ މީހުން ލައިފި. ކޮރަޕްޝަން އިންތިހާއަށް. އިބޫއެކޭ މޮނިއުމެންޓެކޭ އެއްފަދަ، ވާނުވާއެއް އެގެނީކީ ނޫން
އެމްސް
17 October 2022
ކަންކުރަން ހުރީ ޔާމީން އިރުހެން ބުރޯއެއް!
އެމްސް
17 October 2022
އެމްޑީޕީވެރިކަމުގެ ފުރަތަމަދައުރަކު ކަރަޕްޝަންގެ މާގަދަ އަަޑުތަކެއް ނެތް، އެކަމަކު މިއަދު އެއަށްވުރެ ގަދަ އަޑެއްވެސް ނެތް! މިވެރިކަން ފެށުނީ އެއްޢާއިލާއެއްގެ އެތައްކުންފުންޏަކަށް ބިލިޔަނުން ބަދަލުދެމުން! ވެންޓިލޭޓަރު ނޫނަސް އެފަދަ އެތައްކަމެއް ވަނީ ފެންމަތިވެފަ! މިސަރުކާރުގެ މިނިސްޓަރަކު ބުނީ ތިމަންނާ "ވައްކަން ކުރިޔަސް ނޭނގޭނެ"އޭ، "އެއަށްވުރެ ސްމާރޓްވާނެ"އޭ! ޕާޓީއަށް މާހަގުމީހުން ޕާޓީއަށް މާއަތްގަދަކުރުމުގެ ނަތީޖާ، ޑީއާރުޕީ ތެރެއިންވެސް ފެނުނު!