އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަަސައްކަތް ކުރަން ޖެހޭ ކަމަށް ގައުމީ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި. -- ފޮޓޯ | މިހާރު
18 އޮކްޓޯބަރ 2022 - 13:25
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އާރަށުގައި ރޭ ބޭއްވެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެމްބަރުންނަށް ހަނދާން ކޮށްދެއްވީ ބަދަހި ގުޅުމުގެ މަތީގައި ދެމިތިބެ 2023 ކާމިޔާބުކުރަން މަސައްކަތް ކުރަން ޖެހިފައިވާކަން ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ހާއްސަ ކޮށްފައިވާ ރަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބައެއް މެމްބަރުން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކުގެ ވާހަކައެއް އަދި ރިޔާސީ އިންތިހާބާ ގުޅޭ ގިނަ ވާހަކަތަކެއް ވެސް ރައީސް ނުދައްކަވާ ކަމަށެވެ. އެމްޑީޕީން 2023 ވެސް ކާމިޔާބުކުރުމުގެ މުހިއްމު ކަން ހަނދާންކޮށްދެއްވި ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"ރައީސް ވިދާޅުވީ މެމްބަރުންނާ ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ބައްދަލުކޮށްލެއްވީ ކަމަށް. އެމްޑީޕީ އަށް 2018 ކާމިޔާބުވުމުގައި މެމްބަރުންގެ މަސައްކަތް ފާހަގަކުރެއްވި. އުނދަގޫ ހާލަތުގައި ވެސް ހުރިހާ އެންމެން އެކުގައި ތިބެވުމަކީ ޕާޓީއަށް ކުރިއެރުން ލިބުނު ސަބަބުކަން ހަނދާންކޮށްދެއްވީ،" ނަން ހާމަނުކުރަން އެދިވަޑައިގެން ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ މެމްބަރުންނާ އެކު ރައީސް.
އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ނިސްބަތް ކުރައްވައި ރައީސް ދެއްކެވި ކުރު ވާހަކަފުޅުގައި 2023 އެމްޑީޕީ އަށް ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސާފުކޮށް ވިދާޅުވި އެވެ. އެދިވަޑައިގަތީ ކުރިއެކޭ އެއްގޮތަށް އެންމެންގެ އެއްބާރުލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ވަކިވަކިން މެމްބަރުން ތިއްބެވި މޭޒުތަކަށް ވަޑައިގެން ވާހަކަ ދެއްކެވި. ޖުމްލަކޮށް ދެއްކެވި ވާހަކަފުޅުގައި ޕާޓީއަށްޓަކައި މެމްބަރުން ކުރާ މަސައްކަތް ފާހަގަކުރެއްވީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ބައްދަލުކުރެއްވި އިރު، ޕާޓީގެ ތެރޭގައި އެ މަނިކުފާނާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އޮވެ އެވެ. އެކި ކަންކަމުގައި ހިޔާލު ތަފާތުވެ، ޕާޓީތެރެ ވަރަށް ހޫނުވާ ފަހަރު ވެސް އާދެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ދެ ރައީސުންގެ ފެކްޝަނުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީގެ ހިޔާލުތަފާތުވުންތަކުން އަރައިގަނެވިފައިވާ މަންޒަރު ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ދެއްކި އެވެ. އެކަމަކު، ރައީސްކަން ކުރައްވާ ގޮތުން ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ކަމަށް ނަޝީދު އަނެއްކާވެސް ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންގެ ގާތު ވިދާޅުވެފަ އެވެ.
ގައުމީ މަޖިލީހުގެ މެމްބަރުންނަށް ރައީސް ފޮނުއްވި ދައުވަތަށް އިންކާރުކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ ރައީސްގެ ދައުވަތަކަށް އެ މަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށެވެ. މާލޭގައި ހުންނެވި ނަމަވެސް އަމަލު ކުރައްވާނީ އެގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ކޮންގްރެސް 2022 ފެށުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑާ ވާހަކަ ދައްކަވައި އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން،" ނަޝީދުގެ މެސެޖުގައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު އިއުލާން ކުރައްވާފައިވާ އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނީ ދެ ބޭފުޅުން ކަމަށް ބެލެވެ އެވެ. ބަރުލަމާނީ އަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމް ކަމަށާއި އަދިވެސް ބޭނުންވަނީ އެ މަގަށް ވެރިކަން ބަދަލުކުރަން ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ. ނަމަވެސް ރިޔާސީ ކެންޑިޑޭޓު ހޮވާ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ ޕްރައިމަރީ އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހެބޫބު
19 October 2022
ބަރުަލަމާނީ އަށް އެނއްމެން ނޫނެކޭ ބުނަންޖެހޭ އޮތް ނިޒާމްުގަ ޚދުމަތްކުރަން ނަށީދު ދަސްކުރަން ޖެހޭ
ބަހުރީ
19 October 2022
މީނަ މިއުޅެނީ ޚިދުމަތް ނުކޮށް ގޭ ހަރުގަ އޮވެގެން 2023 ހޯދަން
އަލީމ
19 October 2022
ދެންދޭނެ ބޯޓެއްނޯނާނެ ހަނދާންނައްތާލާ އިންޝާﷲ
ޓާކޫރޭ2022
19 October 2022
އެމްޑީޕީއަށް ދެން ކޮށްދޭނެ މަސައްކަތެއްނެތް..މަގުމަތީ ދުވި މީހުނަށްވުރެ ވަކި ބަޔަކަށް ސްލޮޓްތައް ބަހާލައިގެން ވަކި އާއިލާތަކަކަށް ވަޒީފާތައް ބަހާލީ.. ސަރުކާރުތެރެ ބަލާލީމަ ފެންނާނެ މީގެ ތެދު.. ދެމަފިރިން، ބައްޕައާ ދަރިން، ކޮއްކޮއާ ބޭބެއިން މިހެންގޮސް ކިޔާނެ ކަމެއްނެތް..ކޮބާތޯ ޕާޓީއަށް ވަފާތެރިވި މެމްބަރުން.އެމީހުނަށް ފެނަކައިން ކުޑަ ވަޒީފާއެއް ދީފަ ވަކި ބަޔަކަށް މޮޅެތި ވަޒީފާތައް..އަޅުގަނޑަށް ރައީސްގެ އެންމެ ކަމުނުދާ ސިފައަކީމީ..ވަރަށްދެރަ
އެމްސް
19 October 2022
ހައްތާވެސް ބުރޯގެ ނުފޫޒް! މުޅި ޖުޑިޝަރީވެސް ހިސޯރުވެފަ!
ފީފާބުރި
09 November 2022
ތި ދިންއެއްޗެއްވެސްދިނީ ހަމަ މަގުމަތީދުވުނު ބައިގަޑަށްކަންނޭގެދޯ
ޖޮންގޯރު
19 October 2022
8 ޕަސެންޓަށް ޖީއެސްޓީ ބޮޑުކޮށްލީމަ މަނިކުފާނަށް ނޭންގެ %8 ވެސް ލިބޭނެކަމެއް!
ހާމިދު ޝާހިދު
18 October 2022
2023 ފަސޭހަކަމާއެކު ރައީސް އަބްދުﷲ ޔާމީނު ކާމިޔާބު ކުރައްވާނެ އެންމެ ބޮޑު އެއް ސިފައަކީ ރައީސް ސޯލިހު. ރައްޔިތުން ފޫހިވެއްޖެ. ވާހަކަ ދައްކާކަށް ނޭންގޭ. އިލްމެއްނެތް. ގައުމު އަނދަވަޅަކަށް ކައްސާލައިފި. ވައުދުވި ކަންކަމުގެ %5 ކިރިޔާ އަދި ފެނުން މައްޗަށް އެރީ. އެމްޑީޕީއިން ޕްރައިމެރީއަކަށް ގޮސްގެން ރަނގަޅު ކެންޑިޑޭޓެއް ނެރެންޖެހޭ.
ފެކްޝަން 1
18 October 2022
ރައީސް ސޯލިހު އަށް ދެވަނަ ދައުރެެއް ލިބުމުގަ އެންމެބޮޑު ގޮންޖެހުމަކަށްވާނީ އެމްޑީޕީ ގެ އާންމު މެންބަރުން. އެއީ ކޯލިޝަން ސަރުކާރޭ ކިޔާފަ އެމީހުން ބާކީ ކޮށްލީމަ. ގައުމީ މަޖިލިހުގެ މެންބަރުންގެ ވޯޓުން އެކަނި ފުދެންޏާ އެވީ!
ޓަކުރު2022
19 October 2022
ކޯލީޝަނަށްވުރެ ވަކި ބަޔެއްގެ ނުފޫޒުން ވަޒީފާތައް ރައީސްއަށް ބާރެއްނުދީ ކަޓުވާލާފަހުރީ.. ގޮނޑިކޮއްކޮއަކަށް ރައީސް ހެދީ ޝާހިދުމެން ކަހަލަ އަމިއްލަ އެދުން ބޮޑެތި މީހުން.. އެމްޑީޕީއަށް ނުވާނެ ކަމެއް..
އެމްސް
19 October 2022
ބުރޯ ނޫންތޯ ބުނީ، ތިމަންނާ ވައްކަންކުރިޔަސް ނޭނގޭނެއޭ، އެއަށްވުރެ ސްމާރޓްވާނެއޭވެސް!
ބައްޔެކޭ
18 October 2022
ވެރިކަމާ ހެދި މޮޔަވެފަ
ސޯލިހަކީ ވެރިކަމަށް އެޑިކުޓު މީހެއް
19 October 2022
އަސްލުވެސް ތެދެއް. ފަޅޮލޭ ރިހާކުރޭ ކިޔައިންވެސް ވެރިކަން ދެމެހެއްޓޭތޯ އުޅެނީ ވެރިކަމަކީވެސް ދެވިހިފާ އެޑިކްޝަނެއް
އެމްސް
19 October 2022
ސާލިޙެއް ނެތް، އެކަމަކު ޚުދު ސާލިޙަށްވެސް އެކަމެއް ނޭނގޭ!
ސޯލިހު ގޯ ހޯމް
18 October 2022
ކަލެއަށް ދޭނެ ވޯޓެއް ނެތޭ ބެއްޔާ
2023 ހަރާން
18 October 2022
ނުދޭނަން ވޯޓެއް!! ރޭސިސްޓު ގޮލައެއްތީ
ޔތ65
19 October 2022
ވަރަށް ބޮޑު ތެދެއް.. ގޮނޑި ކޮއްކޮއަކަށް ވެފަ އެހުރީ.. އަމިއްލަ ރަށު މީހުނަށް އޯގާތެރިކަމެއްނެތް މީހަކު ގައުމަށްވާނެ ލޯތްބެއް ނޯންނާނެ..