ސްޓެލްކޯގެ މައި އިމާރާތް: ވިޔަފާރިތަކަށް ބިލުކުރާނެ އާ ޓެރިފްތަކެއް ވަނީ ތައާރަފްކޮށްފައި. މިހާރު ފޮޓޯ: ނިޝާން އަލީ
08 ޖޫން 2016 - 14:29
ވިޔަފާރިތަކަށް ޗާޖުކުރާ ކަރަންޓްގެ އާ ޓެރިފް ރޭޓްތަކާ އެކު ބޮޑެތި ވިޔަފާރިތަކުގެ ކަރަންޓް ބިލް މިމަހުން ފެށިގެން ބޮޑުވާނެ އެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބިލްކުރާނީ އަލަށް ހަމަޖެއްސި ޓެރިފް ރޭޓްގެ ދަށުން ކަމަށެވެ.
އަލަށް ހަމަޖެއްސި ރޭޓްގެ ދަށުން 601ން ފެށިގެން 3،000 ޔުނިޓާ ހަމަޔަށް ނަގާނީ 4.35ރ. އެވެ. އަދި 3001 ޔުނިޓުން ފެށިގެން 10،000 ޔުނިޓާ ހަމަޔަށް 5.75ރ. އަދި 10،000 ޔުނިޓުން ފެށިގެން މަތި ވެއްޖެ ނަމަ ބިލް ކުރާނީ 6.65ރ.ގެ ރޭޓުން ކަމަށް އެނާޖީ އޮތޯރިޓީން ބުންޏެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އާ ޓެރިފް ރޭޓްތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އާ ރޭޓްތަކުން ކަރަންޓް ބިލްް ބޮޑުވާނީ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ވޯކްޝޮޕްތަކާއި ބޮޑެތި ސުޕަމާޓްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އޮތޯރިޓީން މީގެ ކުރިން ނަގަމުން ގެންދިޔައީ 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް 3.30ރ. އެވެ. އަދި 101 ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް 3.30ރ. އަދި 301 ޔުނިޓުން 500 ޔުނިޓާ ހަމަޔަށް 3.65ރ. އަދި 501 ޔުނިޓުން 600 ޔުނިޓާ ހަމަޔަށް 4.35ރ. ޗާޖް ކޮށްފައިވެ އެވެ.
އެނާޖީ އޮތޯރިޓީން ބުނީ ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ ދިހަ ލާރިއަކަށް 0.3 ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ. އަދި އެއާއެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އހ
09 June 2016
ތެޔޮ ދުނިޔޭގެ ބާޒާރުން ކިތަންމެ ކުޑަޔަސް އަގުހެޔޮ ނުކުރާތި މިހާރު ސާރުކާރުގެ ތެލުގެ ރިޒާވް އަކީ އެންމެ 15 ދުވަަސްް ، އާދޭސްކޮށްފަ މިބުނީ ހުރިހާކަމެއް ހުއްޓާފަވެސް ރާއްޖޭގެ ތެލުގެ ރިޒާވް 3 މަސް ނުވަތަ 6 މަސްދުވަހުގެ ކެޕޭސިޓީއެއްގެ ތެޔޮ ރައްކާ ކުރެވޭނެ ތަނެއް ހަދާދީބާ އާދޭސްކޮށްފަ އާދޭސްކޮށްފަ އާދޭސްކޮށްފަ ތަންތަނުގެ އަހަރީ ރިޕޯރޓުން ތެޔޮވިއްކައިގެން ވިއްޔާ ސާފުފައިދާގެ ގޮތުގައި އެދައްކަނީ ، މާދަންވެސް ދުނިޔޭގެ ބާޒާރުން ތެޔޮ އަގުބޮޑުވާއިރައް ހަމަ އެދުވަހު ރާއްޖޭގެ ބާޒާރުން އަގު ބޮޑުކުރާނެ
ޚިޔާލް
09 June 2016
ކޮބައިތޯ މިއައްވުރެ ބޮޑު އޮޅުވައިލުމެއް ؟ ބޮޑެތި ތަންތަނުން ކަރަންޓްބިލް ބޮޑުކުރިވަރަކުން ނިކަމެތި ރައްޔިތުންމީހައިގެ ޖީބުންނޫންތޯ ތިޔަވިދާޅުވައި ބޮޑުބިލްދައްކަންޖެހެނީ، ތިޔަވިދާޅުވައި ބޮޑެތި ތަންތަނުން ކަރަންޓްބިލް ބޮޑުވެއްޖެއޭކިޔައިފައި ދޭ ސާރވިސްއިން ނޫނީ ވިއްކާ އެއްޗެތިން އަގުޖައްސައިލީމައި ކޮންބައެއްގެ އަތުންތޯ ތިޔަބޮޑްބިލްގެ ލާރިމިދަނީ؟ މިސާލަކަށް އަޅުގަންޑަށް ޔަގީން ޕާނުގެ އަގުބޮޑުވާނެ، ހުރިހައި ޕޭސްޓްރީން އަގުމައްޗަށްޖެހޭނެ، ދަޅުމަހުގެ އަގުއުފުލުން ގާތް، ގެދޮރުއިމާރާތް ކުރުމުގެ ދާއިރާއިން އަގުއުފުލޭނެ. ގެއެއްރާނަން ބޭނުންވާ ގަލުގެ އަގުއުފުލޭ، ލަކުޑިކޮޅުގެ އަގުއުފުލޭނެ، މިހުރިހައިކަމެއް ގޮސްނިމޭނީ އެއްކަލަ ނިކަމެތިމީހައިގެ ޖީބަށެވެ. ހެޔޮވާނީ ކިހިނެތް މިވަރުގެ ހެޔޮފުޅު ރައީސްއެއް އަދި މަނުދެކެން، އޮޅުވައިލުން، ގުބޯހެއްދުން، ހައުދަހައިޔޭ މޮޅީ، ހިތާމަޔަކީ މިކަންކަން ރައްޔިތުންނަށް ގަބޫލު ނުކުރެވޭތީ..
ބޫ
09 June 2016
މިހާރު މިއޮތީ ރައްޔިތުން ދެކެ ލޯބިވާ ރައީސްގެ ވެރިކަން. އެހެންވީމާ ރައްޔިތުންް ހަނާއެއްވެސް ފަނާއެއްވެސް ނުވާނެ. ތިޔަކަމުންވެސް ރައްޔިތުންނަށް ވާނީ ފައިދާ. " ޝުކުރިއްޔާ ރައީސް ޔާމީން "
ަްަައަލީ
09 June 2016
ހެޔޮ ނުވާނެ ރައީސް ތިވަރަށް ރައްޔިތުން ހާލު ޖަައްސަން ހެޔޮނުވާނެ. ވޯޓު ދެވުނީތީ މޮޔަ ހީވޭ މިހާރު.
ލިއަލީ
08 June 2016
މިލުއުމަގއި މިއޮތީ މާލޭގެ ވާހަކަ. މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތެއްގެ ހައިސިއްޔަތުން ބުނަން ބޭނުންވަނީ އަޅުގަނޑުގެ ބިލަށް ދައްކަންޖެހޭވަރު ބޮޑެއް ނުވެޔޭ. އެއީ 600 ޔުނިޓުން 3000 ޔުނިޓަށް ނަގާ އަދަދު ބޮޑުނުވާތީ. އެކަމަކު މިއުޞޫލް މާ ހަރުދަނާކަމަކަށް ނުބުނެވޭނެ. އެއީ މިސާލަކަށް ފިނިކުރި ކުކުޅާ ތަރުކާރީ އަދި އެހެނިހެން އެފަދަ ތަކެތި ފިނިކޮށްގެން ގެންގުޅޭ ފަރާތުގެ ބިލް ބޮޑުވެއްޖެނަމަ ޢާއްމުމީހާ ކުކުޅަކަށް ނުވަތަ ގެރިމަސް ކިލޯއަކަށް ދައްކަންޖެހޭ ޢަދަދު ގިނަވާނެޔޭ. ދެންއޮތީ އަތޮޅުތަކުގެ ވާހަކަ. އަތޮޅުތަކެކޭ މާލެއެކޭ ތަފާތެއް އޮވެގެން ނުވާނެ. މުޅި ރާއްޖެއަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދޭން ދާ ޚަރަދު ނިސްބަތުން ބަލާފައި އެންމެންނަށް ހަމަހަމަކޮށް ބަހާލީމާ އެއޮތީ އިންސާފުން އެކަން ކުރެވިފައި.
ޝިފާގު
08 June 2016
އެނާރޖީ އޮތޯރިޓީން ސަރުކާރު ވައްޓާލަން އުޅޭހެން ހީވަނީ.
ިއިބްރާހިމްބެ
08 June 2016
ތިކަން ތިހެން އޮއްވާ ށ.ފުނަދޫ ކައުންސިލް އިން އޮފީސްތަކަށް 0 ޔުނިޓް އިން ފެށިގެން 12 ރުފިޔާ ނަގަމުން ދޭ.. ކޮބާ އެނަރޖީ އޮތޯރިޓީ............................................................................
ސުލް
08 June 2016
މިީ ހަމަ ފޭރޭ ސަރުކާރެއް! އަހަރެންމީ ރާއްޖެތެރޭ ކުޑަ ކުޑަ ފިހާރައެއް މިހާރުވެސް 400-301 ޔުނިޓާ ހަމަޔައް ނަގަނީ 7.50ރ ޔުނިޓަކަައް. މީއަސާސީ ހިދުމަތެއް. ކޮބާ އިންސާފު!!!!
ޏެޝަނަލިސްޓް
08 June 2016
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ގިނައަދަދަކަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކުން "ކެޕޭސިޓީ ޗާޖް" ނެގުން މާ ރަގަޅުވާނެ.
އަޙްމަދު
08 June 2016
ކަރަންޓަކީ ޙިދުމަތެއް.މާބޮޑު އަގެއް ނަގާކަށް ނުޖެހޭ.ހުސް ނުވާ އާސަންދަ ވެސް ނުދެންޏާ ހުހެއް ނުވާނެ.އާސަންދައިން 2 އަހަރުން އެއް އަހަރު އައިނު ހެދުމަށް 1000 ރުފިޔާ.ދުނިގަޑެއް ވެސް އެވަރަށް ނުލިބޭނެ.