ޔާމީންގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަށް ވަޑައިގަތުމަށް އެ މަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
25 ޑިސެމްބަރ 2022 - 12:23
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
އާރަށް މައްސަލާގައި ޔާމީނަށް ދައުވާކުރީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް އެއްވެސް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
"އާންމު މީހެއްގެ ވިސްނުމުން ބަލާއިރު ވެސް އެވަރުގެ މުސާރައެއް ނުލިބޭ މީހަކަށް އެ މިންވަރުގެ ފައިސާއެއް ލިބުމުން ސުވާލު އުފެދޭ." ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ސިޔާސީ ކަމަކަށް ލިބުނު ފައިސާއެއް ކަމަށް ބެލިޔަސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު އޮންނަ ގޮތުން ސިޔާސީ ކަންކަމަށް ލިބޭ ފައިސާއަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާތަކެއް ކަމަށް ހުކުމުގައިވެ އެވެ.
- ޔާމީނަށް ލިބިވަޑައިގަތީ އާރަށުގެ ރިޝްވަތުގެ ފައިސާ
- ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް ފައިސާ ދިނުމަކީ އިއްތިފާގެއް ނޫން
- ޔާމީން އެ ފައިސާ އިންވެސްޓްކުރީ އެއީ ރިޝްވަތުގެ ފައިސާކަން އެނގިހުރެ
- މުސާރަ ނުބައްދަލު އާމްދަނީއެއް ލިބުމުން ސުވާލު އުފެދޭ
- އެއީ ޔާމީނަށް ލިބިވަޑައިގަތް ހުއްދަ ނޫން މަންފާއެއް
ގާނޫނުލް އުގޫބާތު އޮތްގޮތުން ރިޝްވަތުގެ ކުށުގެ އުންސުރުތަކަކީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހުއްދަ ނޫން މަންފާއެއް ދިނުން ކަމަށް ވާއިރު، އެ އުންސުރުތައް ފުރިހަމަވާ ކަމަށް ހުކުމުގައިވެ އެވެ. ސަބަބަކީ ފައިސާއަކީ އާރަށާ ގުޅޭ ފައިސާކަން ހެކިތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
"އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ކުށުގެ އުންސުރުތައް ސާބިތުވެއްޖެ ކަމަށް ކަނޑައަޅަން." އިސްގާޒީ އަހުމަދު ޝަކީލް ހުކުމް އިއްވަވަމުން ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.
ޔާމީން، މިއަދުގެ އަޑުއެހުމުގައި
އިސްގާޒީ ވިދާޅުވީ އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައި ވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ވެސް އެނގޭނެ ކަމެއް ކަމަށެވެ.
އާރަށުގެ އަގު އެކިފަހަރު މަތިން ބަދަލުކުރި ކަމަށް ހެކިންގެ ބަހުން އެނގޭއިރު، މިކަމުގައި ޔާމީނާ މަޝްވަރާ ކުރި ކަމަށް ވެސް ހުކުމުގައިވެ އެވެ.
"ކުއްލިއަކަށް އަބްދުﷲ ޔާމީންގެ ނަމުގައި އޮތް އެކައުންޓެއް ރީއެކްޓިވޭޓްކޮށް، ޔޫސުފް ނައީމްގެ ނަމުގައި އޮތް އެކައުންޓަކުން ފައިސާ ޖަމާކުރުމަކީ އިއްތިފާގެއް ކަމުގައި ޝަރީއަތުން ނުދެކެން." އިސްގާޒީ ވިދާޅުވި އެވެ.
"އެ ފައިސާއަކީ ވ. އާރަށް ކުއްޔަށް ދިނުމާ ގުޅިގެން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޯދަން އެދުނު ފައިސާކަން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެނގޭނެކަމީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލިޔަސް، ޔަގީންވާ ކަމެއް." ހުކުމުގައިވެ އެވެ.
އިސް ގާޒީ ގޮތުން ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅަކަށް ނުވާއިރު، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެނގިހުރެ މުއާމަލާތް ކުރިކަން ސާބިތުވެ އެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ. އެއީ ރިޝްވަތުގެ ކުށުގައި އަށް އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމަށެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. އެހެން ނަމަވެސް އިސްގާޒީ ޝަކީލް ނިންމެވީ އެ މަރުހަލާ މިއަދު މެންދުރު 2 ޖަހާއިރު ކުރިއަށް ގެންދިއުމަށެވެ. އަދަބު ކަނޑައަޅާނީ އޭގެފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސޫ
26 December 2022
އުސްޠާޛު އަދުރޭ ބުނި ހުކުމެއް ނުވާނެއޭ 50 ގުނަ 50 ހޭ.
ލީލާރ
26 December 2022
އިދިކޮޅު އެންމެން ހައްޔަރުކުރަން ފެށުމަކީ ވެއްޓުމުގެ ކޮޅުމަތި
ހަސަނު
25 December 2022
ކުށް ސާބިތުވާނަމަ އެކުށުން ހޯދި ފައިސާ ދައުލަތަށް ލިބެން ވެސް ޖެހޭނެ....
ޝޮކްތެރަޕީ
25 December 2022
ޔުސުފް ނައީމް އެބަބުނޭ ރ ޔާމިނަ ރިސްވަތު ނުދެމޭ. މިކަމުގަ ރޔާމިނާ ގުޅުމެއް ނެތޭ. އެކަމަކު މިއޮތީ މުޅި ޝަރިއްޔައް އެކޮޅު ކޮޅުން ޖަހާފަ.
ގެދާނޯމޮސް
25 December 2022
ޑޮލަރުކޮޅެއް މާރުކޮއްލުން އެއީ ރިޝްވަތަކަށް ނުވާނެނު.
ދަގަތްފާނު
25 December 2022
ކޮންމެއަކަސް އެމަނިކުފާނު ރިސްވަތުފުޅެއްގެ ހިއްޕަވައިގެން ހުކުމްފުޅު އެރުވުމަށް ވަޑައިގެން ހުންނެވިއިރު އެމަނިކުފާނުގެ މޫނުފުޅާއި ކޯތާފަތްފުޅުން ފެނިވަޑައިގަތީ ނުތަނަވަސްފުޅުކަންފުޅު.
އައްޑާ
25 December 2022
ކޮބައިތޯ އަދިވެސް ހުކުމް ނުވިހޭތަ
މާމެކުނު
25 December 2022
ދައުލަތުން ކޮން 5މިލިއަން ޑޮލަރަކާ އަޅައިގަނެގެން ތި ތެޅެނީ، އެއްކަމަކަށް ދެ އަދަބެއް ނުދެވޭނެ، ޑޮލަރުވިއްޔާ ޑޮލަރު، ނޫނީ އަހަރު
ސަހަލު ސޮނި
25 December 2022
އެއް މައްސަލައަކުން އެތައް ޤަޟިއްޔާ ނަމްބަރެއް ނެރެގެން މައްސަލައެއް ބެލި ފުރަތަމަ މައްސަލަ ކަންނޭނގެ މިހިނގާ ދިޔައީ. އަދި ނުދެކެން މިކަހަލަ ކަމެއް. ކޮންމެއަކަސް އިބޫ ބުނަނީ އިންސަަފު ޤާއިމު ކޮށްދޭނަމޭ. ޖުޑިޝަރީއަށް އަތެއް ނުބާނާނަމޭ. ޖުޑިޝަރީއަށް އަތް ނުވައްދާ އިންސާފުނެރެ ޤާއިމު ކޮށްދޭނެ ގޮތެއް ނުވިސްނޭ.
ރަތްލާޖެހި އެމްޑީޕީއެއް
25 December 2022
ރައްރަށަށް ކެންޕޭނު ކުރަން ދިޔާމަ ފެނޭ ތާއީދު އޮތްވަރު ލަދުން ބޯހަލާކު ސުލޯބެ އުޅޭގޮތުން
ސާނަވީ އަދުރޭ
25 December 2022
ޕީޕީ ކުދިން ބުނަނީ އިންޑިއާ އިން ބުނެގެން ކުރީ ހަރާމް ހުކުމެކޭ!!! ޕީޕީ ކުދިން އެމް.އެމް.ޕީ.އާރް.ސީ ލާރި ކެއިރު ނޭގޭތަ މިކެވެނީ ހަރާމް ފައިސާކަމެއް.. ހަރާމް މެއް ހަލާލެއް ނޭނގޭ ބަޔަކު ކޯޓުން ކުރި ހުކުމެއް ހަރާމްކަމަށް އެބަކިޔާ… ދުނިޔޭގެ ލަދެއް ހަޔާތެއް ނެތް ބައެއް
ވުޒާރާ
26 December 2022
ކޯޓު ހުކުމެއް ނޫން އެމްބަސީ ހުކުމެއް