އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެންދިޔަ އާގު ބޯޓު ސ. ހިތަދޫގައި ބަނދަރުކޮށްފައި -- ފޮޓޯ: ހިތަދޫ ޕޯޓް ލިމިޑެޓް
26 ޑިސެމްބަރ 2022 - 15:25
އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު ސ. ހިތަދުއަށް ގެންގޮސް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ހިތަދޫ ޕޯޓް ލިމިޑެޓުން ބުނިގޮތުގައި އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު ހިފައިގެން ދިޔަ އާގުބޯޓް "އެޗުސީ މެލީނާ" މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި ބަނދަރުކުރި އެވެ.
އެ ސާމާނު ގެނައީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ކުންފުނި ވެން އޫޑްއާ އިންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ އެ މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.
އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެންދިޔަ އާގު ބޯޓު ސ. ހިތަދޫގައި ބަނދަރުކުރަން ދަނީ -- ފޮޓޯ: ހިތަދޫ ޕޯޓް ލިމިޑެޓް
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތަވާލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗު މަހު އެވެ.
• 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
• ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
• ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ
• މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ
• މުޅި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
• މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއުގެ ސަބަބުން ތިމާވެއްޓާ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައި ވާތީ ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ޖަމިއްޔާތަކުން މި މަސައްކަތް ހުއްޓާލަން ވެސް ގޮވައިލި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑި
27 December 2022
ބިން ހިއްކުމަކީ އައްޑޫ މީހުންގެ ޖީބައް ޕައުންޑުނޫން އެހެން އެއްޗެނުވަންނާނެ ކަމުގެ ލާމަސީލު މިސާލެއް. ދެން އަތްޖަހާ
މިޔަ
27 December 2022
ޕައުންޑް ވައްދަން އުޅެގެން ރާނީ ވީ މަރު. ދެން އެއަށްވުރެ މަތިން ކަންކުރަން ވިސްނައިފިއްޔާ ރަސްގެފާނު މަރުވެދާނެ.
ޢެމެރިކާ
26 December 2022
މިކަމުގަ ފޮރުވިފަ އޮތީ އިންޑިޔާ މިހުން ވަޒަންވެރި ކުރުވުން. ސެކަންޑު ހޮމް
އައްޑޫ ކުއްޖެއް.
27 December 2022
އަހަރުމެނަށް އެންމެ ރަނގަޅު އިންޑިޔާ މީހުން ވަޒަންވެރިވެގެންވެސް އަހަރުމެންގެ ވަޒަނުގައި ދިރިއުޅެވޭގޮތް ވެއްޖެނަމަ. މިހާރު އިންޑިޔާ މީހުން ވަޒަންވެރި ނުވާތީކަން ނޭގެ އަހަރުމެން ކުލީ އަޅުންގެ ގޮތުގައި ކ.އަތޮޅު މާލޭގައި އުޅެން ޖެހިފަިވަނީ.
އައްޑޫކުއްޖާ
27 December 2022
މާލެ އަޅުންނަށް ވެގެން އުޅޭ އުޅުމަށްވުރެ އިންޑިއާ މީހުންގެ އަޅުންނަށްވުން މާ ރަގަޅުވާނެހެން ހީވަނީތަ؟
އައްޑޫ ހުށިހެއި ކުދިން.
27 December 2022
އިންޑިޔާ މީހުންގެ އަޅުވެތިކަން މިހާރު އޮތް އަޅުވެތިކަމަށްވުރެން ގޯސްވާންވީ ކީއްވެ؟ މިހާރުވެސް އަމިއްލަ ވަޒަނުގައި ދިރިއުޅޭކަށް ފުރުސަތެއްނެތް. ވަޒީފާއެއް ބޭސް ފަރުވާއެއް ސާފު ބޯފެނެއްނެތް. މިއީ އަޅުވެތި ކަމަށްވުރެން ވަކި ދެރަކަމެއްތަ ؟
ފަރީސް
26 December 2022
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކަށް ބެލީމަ އެނގޭނެ އެއްޗެއް.
ވަނަނަބަލް
26 December 2022
މިކަން ކުރަން އުޅުމުން އުފާކުރަން ޖެހެނީ ހަމަ އެކަނި އައްޑޫ ސިތީއަށް ނިސްބަތްވާ މީހުން އެކަންޏެއްނޫން، އައްޑުއަށް ލިބޭ ކުރިއެރުމަކީ މުޅިރާއްޖެއަށްވެސް ލިބޭނެ ކުރިއެރުމެއް، ސިޔާސީ ގޮތުން ދެކޮޅުވާންވީ މިފަދަ ތަރަށްގީއަކަށް ނޫން، އެފަދަ މީހުންނަށްވެސް ފުރުސަތު ލިބުނު ކީއްވެތޯ ތަރަށްގީ ނުކުރީ...
އަސްލަމް.
26 December 2022
ވެރިކަން ނުލިބޭނެކަން ޔަޤީންވީމަ ދެން ކޮންމެހެން އައްޑޫގެ ތަރައްޤީގެ ވާހަކަ ދައްކައިގެން އައްޑޫ މީހުންގެ ވޯޓު ލިބޭތޯ އުޅޭނެ ކަމެއްނެތް. 4 އަހަރު ކޮށް ނުދިން ކަމެއް ދެނެއް ނުކުރާނެ. އަދި ނުވެސް ކުރެވޭނެ. އައްޑޫގެ މަގުތަކަށް ހަދާފައި އޮތްގޮތް އައްޑޫ މީހުނަށް އެބަފެހޭ. އަހަރުމެން ދޭނެ ވޯޓެއްނެތް.
ހޮޝެންބޮޑުބޮންދު
26 December 2022
ރިޔާސީއިންތިހާބުގެ ބޯވިލާތައް މިހިރަގެން ދުންގުޅަވަނީ އިރުކޮޅަކަށްވެހިލާފަ ނިމުނީ. އައްޑޫ މީހުން އެމެއް ނުއުކިއަކަސް އެންއެބައުކަމޭ ބުންނީމަ ކުރުދޮށިންނަގާލެވޭނެ. މިހާރުވަރަށް ބޮޑުއެއްޗެއް އެބައާދެޔޯ ދެން އޭތިހޯދަންޖެހޭނެތާ.
އޮނަރަބްލް އަފީފު ދީދީ
26 December 2022
އައްޑޫ އޮތް ސަރަޙައްދުގެ ގޮތުންނާއި ހެޔޮވަރު އާބާދީއަކާއި ޕްރޮފެޝަނަލް އަދި ސެމީ ސްކިލް މީހުންގެ އިތުރަށް ލޭބަރުންވެސް ލިބެންހުރި ބިމަށް ބަލާއިރުވެސް ރާއްޖޭގެ ނިސްބަތުން ބިންބޮޑު އައްޑުއަކީ ރާއްޖޭގެ ކޮމާޝަލް ކެޕިޓަލްގެ ގޮތުގައި ތަރައްޤީކުރުމުގެ ފުރުސަތުއޮތް ތަނެއް. # ތިތަނުގެ ފަޅުތެރޭގައި ރަށްތަކެއް އުފެއްދުމުގެ ބަދަލުގައި އައްޑޫގެ ބިން ބޮޑުކުރެވެން އެންމެ ބޮޑަށް ބިން ހިއްކުން ރަނގަޅު. އެއީ އައްޑުއާއި ރައްޔިތުނަށް އެންމެ ފައިދާ ކުރާނެ ގޮތަކީވެސް.
ނަސީދު.
26 December 2022
ވެރިކަން ނިމެން އެންމެ އަހަރަކަށްވީމަދޯ އައްޑޫ މަތިން ހަދާންވެގެން ތެޅި ފޮޅިގަތީ. މާބޮޑަށްވެސް ލަސް ވެއްޖެ. ދެނެއް ތިމީހާއަކަށް އައްޑޫ މީހުންގެ ވޯޓެއް ނުލިބޭނެ. ވަރަށް ސަލާމް.
ހަނދާން
27 December 2022
ވޯޓާ ވީހާ ކައިރިކޮށް ކަންކަންކުރީމަ އައްޑޫ މީހުން ހަނދާނުގަ ހަރުލުން ގާތްވާނެ.
އާފިލު.
26 December 2022
ރާއްޖޭގައި މީހުން އުޅޭ ބޮޑު ސިޓީއެއް ހަދާބަލަ. އެގޮތުން ހަދާ ފުރަތަމަ ސިޓީ އަކީ އައްޑޫ ކަމުގައި ހަދަންވީނު. އައްޑޫގެ ތިފަޅީގައި ހުރި ހުރިހާ ރަށެއް ދެފަރާތު ފަރުމަތިން ފެށިގެން ހިއްކައިފިނަމަ މާލެ ވަރު 10 ރަށް ތިތަނުން އުފެދޭނެ. މާނައަކީ ދެ ލައްކަ މީހުނަށް އަރާމްކޮށް ދިރިއުޅެވޭ ތަނަކަށް ހަދާލެވޭނެއޭ. އަދި ހުޅުމީދޫ އެންމެނާއި ފުވައްމުލަކުން ބައެއް މީހުނަށް ގޯތި ދޭނެ ބިން ލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
26 December 2022
އައްޑޫ ތަރައްޤީކުރުމުގެނަމުގައި އެތައްމިލިޔަން ޑޮލަރުހޭދަކޮށް ފަޅުތެރޭގައި ހައެއްކަވެލިފުނިޖަހާ ރިސޯޓްހެދުމުން 100 މީހުނަށް ވަޒީފާ ލިބިދާނެ. # އެކަމަކު އައްޑޫ ހިއްކެންއޮތް އެންމެބޮޑުކޮށް ހިއްކާ ބަންކަރިން ސާވިސް ހިމެނޭގޮތުން ކޮންޓެއިނާރ ޓްރާންސިޓް ބަނދަރަކާއި އަދި ޕެސަންޖަރ ކުރޫޒަރލައިނާ ޓާމިނަލެއް އަދި މަޝްހޫރު ބުރޭންޑްތަކުގެ ސިޓީހޮޓާތަކަށް ފުރުސަތުދީގެން ތަރައްޤީކުރެވޭތޯބައިފިނަމަ ހާހުން ވަޒީފާ އުފެދިގެންދާނެ. މިއީކީ ނުކުރެވޭނެ ކަންކަމެއްނޫން.