ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގައި ބަޔަކު ޕޯސްޓަރެއް ހިފަހައްޓައިގެން -- ފޮޓޯ: މިހާރު
30 ޖެނުއަރީ 2023 - 12:52
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހއ. ހދ. އަދި ށ. ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް މިދިޔަ އަހަރު ޑިސެމްބަރު 28 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުންޏެވެ.
ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުއްޖާގެ ދިރިއުޅޭ އަތޮޅާއި ރަށް ހާމައެއްނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔާދު
30 January 2023
ކޮބާ ނެތް ތަ ކޮމެންޓުން ހުކުމްކޮށް ކުރިއަށް ޖައްސާލާ މީހުންތައް. އެއްވެސް ކަމެއް ބަލާނެ ކަމެއްނެތް. ފުލުހުންނަށް ވުރެ ކުރިން އެމީހުން ހުކުމް ކުރާނެ. ފުލުހުންނަށް ނޭނގޭ އަދި އަޑުވެސް ނީވޭ ބޮޑެތި މައުލޫމާތުވެސް އިނގޭނެ. މިކަމުގައި ކުރީގައި ތިބޭނީ ތި ހައްޔަރު ކުރި މީހާގެ އާއިލާ ތާއިދު ކުރާ ޕާޓީނޫން ދެން ތިބި ޕާޓީއެއްގެ މީހުން. މުޅި އާއިލާ މައްސަލަ ބަލަން ނުފެށެނީސް ބަދުނާމުކޮށް ހުސްކުރާނެ. ހިތާމަހުރި.
ށަވިޔަނި
30 January 2023
ހާދަ ދެރައޭ. މިފަދަ ކަންތައްކުރާ މީހުނަށް ހަރުކަށި އަދަބުދީ. އަދި ފޮޓޯ ވެސް އާއްމުކުރޭ.
ވަޑިނޮޅު އިބުރޭގެ ހާސަރު
30 January 2023
އުތުރުގެ ކުދި ރަށް ތަކުގައި މިބާވަތުގެ ކަންކަން ވަރަށް ގިނަވެއްޖެ މައުމޫނުގެ ސަރުކާރުން ގެންދިޔަ އެއްފަސް ކުރުމުގެ ޕްރޮގުރާމްގެ ދަށުން މިހުރިހާ ކުދިރަށްތައް އެއްފަސް ކުރަންފެނޭ އޭރުން މިކަހަލަ މައްސަތައް ހައްލުވެގެންދާނެ