ކ. ގުރައިދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓް ދިން ހުސައިން ރިޒާ: އެ ދާއިރާއަށް ކުރިމަތިލާން ހުޅުވާލުމުން ފޯމު ހުށަހެޅީ އޭނާ އެކަނި ކަަމަށް ޕީޕީއެމުން ބުނޭ.
09 މާޗް 2023 - 11:01
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓް، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވެވަޑައިގަތް މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއަށް ދީފި އެވެ.
އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ޕީޕީއެމުން ހުޅުވާލުމުން ކުރިމަތިލެއްވީ ހުސައިން ރިޒާ އެކަންޏެވެ.
ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި މިދިޔަ ތިން ދައުރުގައި ހުންނެވި ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ މަހުގެ 23 ގަ އެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ހުސައިން ރިޒާއަށް އެ ޕާޓީގެ ޓިކެޓް ލިބިވަޑައިގަތީ މުއްދަތު ހަމަވިއިރު އެހެން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އޭނާއަކީ މިހާތަނަށް ޕީޕީއެމްގެ އާއްމު މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި ހުސައިން ރިޒާގެ ކެމްޕޭން ވަރަށް އަވަހަށް އެ ޕާޓީން ފަށާނެ އެވެ.
ރިޒާ އަވަހާރަވުމުން، އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ޕީޕީއެމްގެ ވަފުދެއް މިދިޔަ ހަފުތާގައި އެ ދާއިރާއަށް ވަޑައިގަތެވެ.
ޕީޕީއެމްގެ އިތުރުން ވެސް މި ދާއިރާއަށް ކެންޑިޑޭޓުން ވަނީ ނެރެން ޕާޓީތަކުން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ބައި އިލެކްޝަނަށް ހުޅުވާލާފައި އޮތް އިރު ދަނގެތީ ދާއިރާގެ މަންބަރު މުހައްމަދު ނާޒީމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި އަލީ އަރީފެވެ.
އެމްޑީޕީގެ ޓިކެޓަށް އެދި ހަތަރު މީހަކު ވަނީ ކުރިމަތިލައިފަ އެވެ.
މިއީ މި ދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާ އެވެ. މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، ކުރިން އެ ދާއިރާގައި މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
09 March 2023
މަޖްލީހަށް ރަނގަޅީ މަސްވެރި އެކެވެ . ނޫނީ ދަނޑުވެރިއެކެވެ. އޭރުން ވާހަކަ ދައްކާނެ އެކަކު ހުންނާނެ އެވެ.
ފިލޮޅު
09 March 2023
މަމީ އެމް.ޑީ.ޕީއަށް މަރުދޭ މީހެއް އެކަމަކު މިފަހަރު މަގޭވޯޓުވެސް ޙުސައިން ރިޟާ އަށް. ކުރިއަށްވަޑައިގަންނަވީ
ބިސްކަލޯ
09 March 2023
އެކަމު ތިޔައީ ހުސް ބުޅީގައިވެސް ބޭނޭ މަހެއްނުންތަ. އެހެންވީމާ މަރުނުދޭ ޕާޓީއެއް ނުހުންނާނެ
އަންދަލޫސިޔާ
09 March 2023
ފައިސާގަ ބާރު ހުންނާނެ. ގިނަ އެކްޓިވިސްޓުންނަކީ ????އަށް ވިކޭ މީހުން. ކުލީ މީހުން!
މަޖީދު
09 March 2023
އަލްއުސްތާޒު ހުސައިން ރިޒާއަަށް އަށް ކާމިޔާބަށް އެދެން. ޙެޔޮލަފާ އެކުވެރިއެއް ރިޒާަކީ،
ކުފުރާން
09 March 2023
ކޮމެންޑޫދާއިރާއައްް ޕީޕީއެމް އިން ކުރިމަތިލިކެންޑިޓޭއައް ނިސްބަތްކޮށް އެމްޑީޕީ އިސްބޭފުޅުންވިދާޅުވީ ކުޑަވެސް ލަދުހަޔާތެއް ގައިގަ ކުރިނަމަ މިދާއިރާއައް ޕީޕީއެމްގެ ކެންޑިޓޭޑަކު ނުނެރޭނެކަމައް ދެން މިބަލީ އެމްޑީޕީގެ އިސްވެރިން ލަދުހަޔާތް ހުރީ ކިހާ ހިސާބެއްގަ ކިހާވަރަކައް ކަން ޔާގީންނުންވެސް އެބުނާ އެއްޗެއް އުންގުޅިފަހުރިނަމަ އެމްޑީޕީ ކެންޑިޓޭޑަކު ބައިއިލެކް ސަންގަ ވާދައެއްނުކުރާނެކަން ދެޕާޓީގަ ލަދުހަޔާތް ހުރި މިންވަރު މިފަހަރު ސާފުކޮށް އިންގޭނެ
ލޮބިވެތި އުސްތާޛު
09 March 2023
ޢެންމެ ރަނގަޅު އެކަކު. އުސްތާޛު ފަޚުރުވެރިވާ ދަރިވަރެއް. ހެޔޮ ރަހްމަތް ލައްވައި ފުރިހަމަ ކާމިޔާބަށް އެދެން.
ގުރައިދޫ
09 March 2023
ރިޒާގެ އިތުރު މަޢުލޫމާތުކޮޅެއް ހިމަނާލިނަމަ
ދިވެހިގެ
09 March 2023
ރިޒާއަކީ މިސްރުގައި ކިޔަވަންތިބި ބައެއް ދަރިވަރުންނަށް ހިލޭ އިނގިރޭސި ބަސް ކިޔަވައިދިން ބޭފުޅެއް. މާލީގޮތުން ދަތިވާ ހާލަތުގައި އެހީތެރިވި. އަލަށް މިސްރަށްދާ ކުދިންނަށް ކާންދީ ވަރަށް ގިނަގުނަ އެހީވި ފަރާތެއް. ގަބޫލު ކުރިޔަސް ނުކުރިޔަސް ރަނގަޅު މީހުން ކުރާ ރަނގަޅުކަންކަމަށް ހެޔޮގޮތް މިންވަރު ކުރައްވާނެ.
އަންދަލޫސިޔާ
09 March 2023
އެއް ޢާއިލާއަށް 14 އަހަރު ވެސް މަދީތަ؟ ދާއިރާގެ އެހެން ޢާއިލާއަކަށް ފުރުޞަތުދިނުން ރަނގަޅުވާނެ.
ޑޮންޑޮންބެ
09 March 2023
އާއިލާތަކަށް ބަހާއެއްޗެއްތަ؟
ވަހީދުބޭބެ
09 March 2023
ހުސައިން ރިޒާ އަކީ ވެސް ހަޔަރ އެޑިއުކޭޝަނުގެ މުހިއްމު މަގާމެއްގައި ވަރަށް ގިނަ ދުވަހު ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި ޢިލްމީ ބޭފުޅެއް. ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރި ގިނަ ކުދިންގެ މަދަދުގާރެއް. ދިވެހި ބަހުގެ އިތުރުން ޢަރަބި ބަހާއި އިނގިރޭސި ބަހަށް ފަރިތަ. ތައުލީމު ހާސިލު ކުރެއްވީ އަޒުހަރު ޔުނިވަރސިޓީ އާއި އެމެރިކަން ޔުނިވަރިސިޓީން.
އލނޢމ
09 March 2023
ހަބަރު މިހާރު ފުރިހަމަ ވެއްޖި.. ޝުކުރިއްޔާ ވަހީދުބޭބެ.
ޒަނީނު
09 March 2023
ހިލޭ ސާބަހަށް ހަޔަ އެޑިއުކޭޝަން މިނިސްޓުރީ ގައި މީހުން މަސައްކަތް ކުރާކަމެއް ނޭގެ
އާލި
09 March 2023
އެހެންވީމަ ތިއޮތީ ހޮވިފައެންނު!
ރިޒާގެފްރެންޑް
09 March 2023
100 ގެ ވާހަކައެއް
ވަހީދުދައްތަ
09 March 2023
"މަގާމެއްގައި ވަރަށް ގިނަ ދުވަހު ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި"! ސަރުކާރުގެ ވަޒީފާތަކަކީ މުސާރަލިބޭ ވަޒީފާތައް! ދެން އޭނާ ކިހިނެއް އެމަގާމު ހިލޭސާބަހަށް ފުރީ؟
ނޭގޭވާހަކަ
09 March 2023
ވަހީދުދައްތަ ނޭގޭ ވާހަކަ ނުދައްކާ.. މަވެސް މިހިރީ ސަރުކާރު މުސާރަ ނުލިބޭ ވަޒީފާއަކު ވޮލަންޓިއަރެއް ގޮތުގަ
ވާނުވާ އެނގިބަލަ
09 March 2023
ވޮލަންޓަރީކޮށް ނުވަތަ ހިލޭސާބަހަށް މަސައްކަތް ކުރާ މީހުން ވަރަށް ގިނަ. އިންޑިއާގެ ކުރީގެ ރައީސް ޑރ އަބްދުލްކަލާމާއި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނަކީ ހިލޭސާބަހަށް ކިޔަވައިދެއްވި ބޭފުޅުން. ގާސިމު އިބްރާހީމަކީ ހިލޭކިޔަވަން ފުނުވަދިން ބޭފުޅެއް. ކޮލިމޮހޮދޭ ޗަމްޕާމެންނަނީ ހިލޭސާބަހަށް ކުދިވިޔަފާރިތަކަށް އިންވެސްޓްކޮށްދޭ ބޭފުޅުން. ހިލޭ ބޭސްކޮށްދޭ ޑރ ވެސް އެބަތިބި. ހިލޭކިޔަވަދޭ މުދައްރިސުން ވެސް އެބަތިބި. ސަރުކާރު އޮފީސްތަކަށް ސާމާނު ހަދިޔާ ކުރާމީހުން..
ތެދުދޮގު.
09 March 2023
ވާނުވާ އެނގިބަލަ ބުނިގޮތަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ މީހުންވެސް ތިބޭ. 2023 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ އަދި ކުރީގެ ބަންޑާރަ ނައިބް ޑރ މުޙައްމަދު މުނައްވަރަކީވެސް ހިލޭ ސާބަހަށް ކިޔަވާ ދެއްވާ ބޭފުޅެއް.
ސާލިހު
09 March 2023
ދައުލަތުގެ މުއައްސަސާތަކުގައި ޚާއްސަކޮށް ބޭރުގައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގައި މަސައްކަތްކުރާ ބައެއް ބޭފުޅުންނަކީ އެއްވެސް އުޖޫރައެއް ނުނަގާ ދިވެހިންގެ ހައްގުގައި މަސައްކަތްކޮށްދޭ ބޭފުޅުން. ޚާއްސަކޮށް އަތްމަތި ތަނަވަސް، އެގައުމުތަކަށް ފަރިތަ ނުފޫޒު އޮންނަ ބޭފުޅުން ވަރަށް މުހިއްމު ޚިދުމަތްތަކެއް ކޮށްދޭ ބޭފުޅުން އެބަތިބި.