ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އިންޑިއާ އައުޓް ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެކަން ބަލައިދޭން ނަޝީދު ވަނީ ހުށަހަޅުއްވާފައި. -- ފޮޓޯ/ މިހާރު
31 ޖެނުއަރީ 2022 - 11:27
އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅުއްވައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު އަސްލަމް "މިހާރު" އަށް މިއަދު ވިދާޅުވީ، ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޓީން ކުރިއަށް ނުގެންދެވި އޮތީ މަޖިލިސް ރިސެސްގައި އޮވެ، ކޯރަމް ހަމަނުވާނެތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާއެކު، އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ މަސައްކަތްތައް ފެށުމުން ކޮމިޓީން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސް ޔާމީން އިސްވެ އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާ އިރު އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ އިސްވެ ދެންނެވި ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެދިވަޑައިގެންފައި އޮތީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މައްސަލަ ބައްލަވައި ދެއްވުމަށެވެ.
އިދިކޮޅުން "އިންޑިއާ އައުޓް" ގެ ނަމުގައި މުޒާހަރާއެއް ކުރިއަށް ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންޑިއާ ދެކޮޅަށް ފެށި ހަރަކާތް އިދިކޮޅު ޕީޕީއެމުން ވަނީ އަތޮޅުތަކުގައި ވެސް ފުޅާކޮށްފަ އެވެ. ޔާމީން އިސްވެ ހުންނަވައި އެ ހަރަކާތް ހިންގަވަން ރަށްރަށަށް ދަތުރުފުޅު ވެސް ކުރައްވަ އެވެ.
ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ދިވެހި ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭ ކަމަށާއި ސިފައިން ގައުމުން ފައިބަންދެން މުޒާހަރާ ހުއްޓާނުލައްވާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ކެމްޕޭނަށް ފާޑުވިދާޅުވަމުން ސަރުކާރުން ބުނެފައި ވަނީ ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާއެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުންފާޅުކުރުން ކަމަށެވެ. ވަކި ގައުމަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އިދިކޮޅަށް ކެމްޕޭން ނުހިންގޭނެ ކަަަމަށް ބުނެ އެކަން ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް އޮތީ ތައްޔާރުވެފަ އެވެ.
އެ ބިލުގައި އޮތީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ހަރަކާތްތައް ހިންގުން މަނާކޮށް، އަދަބެއްގެ ގޮތުން ޖޫރިމަނާކޮށް ޖަލު އަދަބު ދެވޭ ގޮތަށެވެ. މި ބިލް ހުށަހަޅައި އަނގަ ބަންދުކުރިއަސް "އިންޑިއާ އައުޓް" ކެމްޕޭން ނުހުއްޓުވޭނެ ކަަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
31 January 2022
އިންޑިޔާ އައުުޓް ހުއްޓުވަން ކޮމިޓިއަށް މައްސަލަ ލެވޭ. ކޮބާތޯ ރައްޔިތުން މަޖިލިހަށް ފޮނުވާހާ ސިޓީގެ ޖަވާބު؟ މާ ރައްޔިތުމީހާގެ ރައީސް ވެގެން ރައްޔިތުން ލޮލުގަ އަޅުވަނީ އަނދުން. މާލޭ މީހުންނަށް ދޭން ބުނި ގޯތިތަށް ކޮބާތޯ؟ 3 އަހަރު ދިޔައީ' ހަތަރުވަނަ އަހަރު މިހިގަނީ. ހުސް ދޮގާ މަކަރާ ހީލަތް ތޯ؟
ކަނބިލި
31 January 2022
ބޭރު ގައުމެއްގެ ރުހުން ހޯދަން ކުރާ ތިޔަ ބާވަތުގެ ކަންކަން އަތަށް ގޮވާނީ އާޚިރުގައި. ތިޔައީ ގާނޫނު އަސާސީއާ ޚިލާފު އަމަލެއް. ރައްޔިތުންގެ ގިނަ ބައެއްގެ ނުރުހުން ރައްދުވެ ބަޔަކު އަނިޔާވެރިކަމަށް ހުށަހެޅުމަށް މަސައްކަތްކުރުމަކީ މިއަދު ގަބޫލުކުރެވޭނެ ކަމެއްނޫން. އިތުރަށް ފޮށާބޭލި ބޭޒާރުވުން ނޫން ކަމެއް ނުވާނެ
ވަހިދު
31 January 2022
ރައީސް ނަޝީދު ޗައިނާއި ދެކޮޅަށް އެގި ގައުމުތަކުގައި ދައްކާފައި ހުރި ވާހަކަތަކާއި މުޅިން ޚިލާފަށް ތިއުޅުއްވަނީ.
ޔާހޫ
31 January 2022
އިސްތިއުފާދިން ރައީސަށް ދިވެހިންނަށް ވުރެ ބިދޭސީގައުމެއް މުހިންމުވެގެން މި އުޅެނީ ކީއްވެ.
ކޮރަލް
31 January 2022
ޕީޕީއެމް އިން އިންޑީޔާ އައުޓް ކިއުމަށް ވުރެ އަންނި ޗައިނާ އައުޓް ކިއުމުގެ ސަބަބުން ރާއްޖެ އަށް އިގްތިސާދީ ގޮތުން ލިބުނު ގެއްލުން މާބޮޑެވެ. މިހާރު ޗައިނާ އިން ލޯން ތަކަށް ބޭނުންވާ ފައިސާ އެއް ނުލިބެ އެވެ. ލޯން ދެއްކުމަށް ލުޔެއް ނުލިބެ އެވެ. ވީމާ އަންނި ޗައިނާ އައުޓް ކިޔާ މައްސަލަ ބަލަން ޖެހެ އެވެ.
ލަތީފާ
31 January 2022
އިންޑިޔާއިންވަނީ ނަޝީދާއި މަޖިލީސް އެމްޑީޕީގެ ބައެއް މެމްބަރުން ބުލެކްމެއިލްކޮށް ކޮށްފައި. މިކަމުގެ ސަބަބުން ނަޝީދު ގުރޫއްޕުގެ މީހުންނަށް މަޖުބޫރުވެފައި ވަނީ އިންޑިޔާއިން ޕުރެޝަރކުރާ ކަންކަން ކުރުމަށް.
އެޖެންޓު
31 January 2022
ވެރިކަމާ ބައިތުލްމާލާ ޝާނާ ޝައުކަތަށް ދަހިލަވާފަ ހުރި އިންޑިއާ އެޖެންޓު ކަލޭގެއަށް މި ހީވަނީ ޖަލު ދެކެ ދިވެހިން ބިރުގަންނާނެހެން. އެންމެން މިތިބީ ހަމަ ޖަލަށް ރެޑީ ވެގެން. އިންޑިއާ އަެުޓް 241 ކޮމިޓީ އައުޓް. އިންޑިއާ އެޖެންޓު އައުޓް!!
ޑޮކްޓާރ. ބަނާނާ
31 January 2022
ކަލޭމެން ކުރަންވީ ކަމަކީ މައިސަރުކާރުގެ ގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އަދި ލޮކްސަބަރ އަށް ވެސް ތިމައްސަލަ ފޮނުވާ އެތަނުގައި ވެސް ދިވެހިންނަށް ދުއްތުރާ ވާފަދަ ގާނޫންނެއް ފާސްކުރުން.. ޝުކުރިއްޔާ އެޖެންޑާ 19.
ރަދީފްއޮފިޝިއަލް
31 January 2022
ސާބަހޭ ޑޮކްޓާރ.
އެއްތިލަފަތް
31 January 2022
ޗައިނާއާ ޖައްސާލައިގެން މިގައުމުގަ އުޅޭ މީހާގެ މައްސަލަވެސް 241 ކޮމިޓީއަށް ހުށަހަޅާނެ މީހަކު އެބަ ބޭނުންވޭ. އެކަމު ޑިމޮކްރެސީ މިތަނުގަ މާ ބޮޑަށް ފައްކާވެފަ އޮތީމަ އެފަދަ ކަމެއް ބެލޭނެ ގޮތެއް ނެތި ފިތިފަ އޮތް ގައުމެއް މިއީ މިހާރު. ގެނައި މޮޅު ޕާޓީ ސިސްޓަމާ ޑިމޮކްރަސީގަ އެއްބަޔަކަށް ގައުމުގެ ހުރިހާ ބާރެއް ދީގެން މިނިވަންކަން ގެއްލިފަ އޮތް ގައުމެއް މިއީ. އެއްބަޔަކު ހަދާ ދޮގާ ކުރާ ވައްކަމާ ހިންގާ ކޮރަޕްޝަން އެއީ މިހާރު ބެލޭނެ ކަންކަމެއް ނޫން.
ޝަފީރު
31 January 2022
މޯދީ ކޮނޑުގަ އޮންނާނެ އެމްޑީޕީ ދިދައިގެ އެއް ފޮތިކޮޅު. މިފޮތިކޮޅު ހިމާޔަތް ކޮށްދެން އެއްބަސްވުމެއް.ހަދައިގެން އެތިބީ.