މޫދަށް އެރިއެރުނު ދެ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

މީރުފެންފުށި ރިސޯޓް ކައިރިއަށް މޫދަށް އެރިއުޅުނު ދެ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.


އެމްއެންޑީއެފުން ބުނިގޮތުގައި ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ އުމުރުން 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މިއީ ކޮން ގައުމެއްގެ ދެ މީހުން ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ. އެއީ މީރުފެންފުށީގައި ޗުއްޓި ހޭދަކުރަމުން އައި ދެ މީހެކެވެ.

މި ހާދިސާގެ މައުލޫމާތު ރޭ ލިބުމާ ގުޅިގެން، ދެ ޓޫރިސްޓުން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދު އެމްއެންޑީއެފްގެ އިތުރުން ރިސޯޓުގައި ބޭނުންކުރާ އުޅަނދުތަކުން ބޭނުންކޮށްގެން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެދޭތެރެއިން މަރުވެ އެވެ. އޭގެ ތެރޭގައި ޗައިނާ މީހުން ނިސްބަތުން ގިނަ އެވެ. މިދިޔަ ހޯމަ ދުވަހު އއ.ރަސްދޫ ކައިރިއަށް ޑައިވިނަށް ދިޔަ ކެނެޑާ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.