އޭދަފުށީގައި އެކްސިޑެންޓް ހިނގި ސީންގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭދަފުށި ޓައިމްސް
15 މެއި 2023 - 18:25
ބ. އޭދަފުށީގައި މިއަދު ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށެވެ. އެތަނުން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
"ދެމީހުންގެ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮވޭ،" ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވީ 18 އަހަރުގެ މީހަކަށާއި 40 އަހަރުގެ މީހަކަށެވެ. އޭގެ ތެރެއިން ހާލު ސީރިއަސްވީ ހަގު އުމުރުގެ މީހާގެ އެވެ.
"އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުރީ، ބެލެވޭ ގޮތުގައި ސިކުނޑިއަށް ލޭ އެޅިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރު ފަރުވާއަށް އެ މީހާ މާލެ ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭދަފުށި ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެ ރަށުގެ ބަނދަރު މަގުގައި ކަމަށެވެ.
"އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީން ނުވޭ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންކިރިޓީ
15 May 2023
ތާރުގެ ތަރައްގީ ތިފެންނަނީ، އަދި ހިތާމަތައްކުރިއަށް އޮތީ
ތާރުކުނާ
16 May 2023
ތާރުގެ މައްސަލައެއް ނޫން. ދުއްވާ މީހުންގެ މައްސަލަ.
ސިޔާމާ އޭދަފުޝި
15 May 2023
ކައިވަތެއް ހަމަނުވާ ތަންތަނުގާ ދެންކޮން ސައިކަލާ ކާރަކާ ދުއްވާކަށްތަ؟
އަލޫ
15 May 2023
ކީއްވެ ފުލުސްމީހާ އޭނީ ހިނިއައިސްގެން ފަޅައިގެންދާ ވަރު ވެފަ؟
ވާނުވާ
15 May 2023
ދެން އޭނަ އެތާއިދެ އަޑުންއަޑު ނަގާ ރޯންވީބާ... ދެމީހުން ދޭތެރޭ ދެކެވޭ ވާހަކައެއްގަ ހިނިތުން ވެވިދާނެދޯ. އެއީކީ މައްސަލައެއްކަމަކަށް ނުފެނޭ. މުއައްސަސާ ތަކާ ދޭތެރޭ މީހުންގެ ނަފްރަތު އުފައްދަން މަސައްކަތްނުކުރޭ
ދުމްމ
15 May 2023
"ކަލާނގެ އެދެއްވި ބޮޑު ނިޢުމަތް، ސަލާމަތް ބުއްދިއޭ މިކިޔޭ، ބަލާނުމެލާ ނިދައިގަތުމުން، ހަލާކު ނިކަން އަވަސްވާނޭ" މިއީ މަރުހޫމް ހުސެއިން ސޮލާހުއްދީނުގެ ވަރަށް އަގުހުރި ބަސްކޮޅެއް.. ހަމަގައިމުވެސް އަހަރެން މިކަން ހަނދާނުގަ އަބަދުވެސް ހުރޭ...