ާރޭ ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާ ހައިވޭ މަތީ ވެއްޓިފައި--ފޮޓޯ: ސޯޝަލް މީޑިއާ
27 މެއި 2023 - 06:21
މާލެއިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓު ކޮށްފައި ވަނީ ރޭ 12:00 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގީ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
ސައިކަލު ދުއްވަން އިނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ޓްރީޓޮޕަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މަންޒަރު ދުށް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
28 May 2023
ހައިވޭއެއް އޮވޭތަ މިގައުމުގައި. ހައިވޭއަކީ ކޯންޗެއްކަން 'މިހާރު' އަހަންނަށް އޮޅިއްޖެ!
ގުދުގުދާބެއްޔާ
27 May 2023
ބިއްޖެހި ނަމުގައި ކޮމެންޓްކުރި ފަތާތައް! ޕޮލިހުންގެ ޕިކަޕެއް ހައިވޭގައި ހުރިހާ ބޮކިތައް ނިއްވައިލައިގެން އޮތީމަ ފަހަތުން އައި ސައިކަލް ޕިކަޕައް އެރީމަ ކުށްވެރިވާނީ ސައިކަލް ދުއްވިފަރާތްތަ؟؟؟؟
ކޮރަލް
27 May 2023
ބްރިޖް ކައިރީ އެމްބިއުލެންސް އެއް އޮންނަން އެބަ ޖެހެ އެވެ. ނުރައްކާ ހާދިސާ އެއް ދިމާވެގެން އައިޖީއެމްއެޗް ނޫނީ ޓްރީ ޓޮޕުން އަންނަ އިރު ހުންނަނީ ވ ލަސް ވެފަ އެވެ. ހޮސްޕިޓަލް އިން އަންނަ އިރުވެސް ފަސްޓް އެއިޑް ދެވޭފަދަ އެބިއެލެންސް އެއްގެ މުހިއްމު ކަން ބޮޑެވެ. ބޮޑު އަނިޔާ އެއްވެފަ އޮންނަ އިރު ގިނަ ފަހަރު އަންނަ އެހީތެރީންނަށް އެމީހާ ނަގާނެ ގޮތް ވެސް ނޭނގެ އެވެ.
ބުހާރީ
27 May 2023
ހެލްމެޓް އަޅަނީ ނަމެއްގައި ދުއްވާނީ ހިތުހުރިގޮތަކަށް ދުއްވުނުހާ ބާރަށް.
ފުލުސ
27 May 2023
ފުލުހުން ބަލަން ޖެހޭވާހަކަ ބުނާއިރަށް ފުންމަފުންމައިން އެރިޔަސް އެއީ ކުރަންޖުހޭކަމެއް. ބްރިޖް،ހައިވޭ ޕޮލިސް އެއީ ތިބެންޖެހޭބަޔެއް. ު
ޢަރުތަ
27 May 2023
ފުލުހުން ބަލަންޖެހޭވަރަށް ނުބަލައިގެން އެކަމާ ފާޑުކިއާ ބަހުސް ކުރަނީވެސް ދިވެހިން، ފުލުހުން އެމީހުންގެ ޑިއުޓީ އަދާކުރިއަސް އެވަރުގެ ވިޔާނުދާ ބަޔަކުނެތިގެން އެމީހުނަށް ނުކިޔާކަށް އެއްޗެއް ނޯވެ، ނުވިތާކަށް ފުލުހުންގެ އާއިލާތަކަށްވެސް ބިރުދައްކާ ނުރައްކާވާ ހިސާބަށްދޭ.
ހަލިންޓެ ސަލާންޖެހުން
27 May 2023
ހަލިންޓެ ކައިބުއެޅެނީ ސަލާން ޖަހާގެން ދޯ . މަސައްކަތެއްނުކޮށް ހުރެ.
ގާސިމް
27 May 2023
ހައިވޭ އަށް ހުއްޓުނު ކާރެއް އެއްވެސް އަލިކަމެއް ނެތި ބެންޑުމަތީ, ގަޑިޔަކަށް ވުރެން އިރު އޮތް, ކިރިޔަ ކިރޮޔާ ކާރު ތައް އޭގަ ނުޖެހި ދިޔަ އީ ދެން އެކާރު އަރުވަން އައީ ބޮޑުލޮރީއެއް. އެލޮރީ ކާރު ފަހަތުގަ މަޑު ކޮށްގެން އޮއްވާ ސައިކަލް ކާރުލޭނުން ގޮސް ލޮރީގައި އައް މުޑިއެރީ. އެއްވެސް ރިފްލެކްޓާ އެއްނެތި ބެންޑްމަތީ އޮއްނަ ވެހިކަލް ނުފެންނާނެ, އެހެން ވެހިކަލްތަކުގެ ހެޑްލައިޓް އިންނާނީ ލޮލަށް އެޅިފަ އެތަނުން. ފުލުހުންގެ އިހުމާލު ވެސް މީގަ އެބަ އޮތް. ޕެޓްރޯލް ކާރުވެސް އެތަނަށް އައިސް ކާގެ ކުރީގަ މަޑު ކޮށްލާފަ ދިޔައީ.
ޢަރުތަ
27 May 2023
ތިޔަ ހައިވޭގަ އަލިކަންވެސް ތިހުންނަނީ ނުރައްކާ ތަކަށް ހުށަހެޅޭ ވަރުގަ.
ސަލީމު އިދުރީސް
27 May 2023
ހަޅުހަނޑު ދުއްވި ހައިވޭތަކުގަ އެންމެ މަޑުން ދުއްވެނީ 60 ހައް އެޔަެްވުރެ މަޑުން ދުއްއިނަމަ ފުލުހުން ހުއްޓުވާ! ލިޓިލު ސިންގަފޫރު ތިއުނީ އަތަރު ކިލޯމީޓަރު ވަރު މަގަކައް ހައިވޭ ކިއައިގެން ސަލާމަތް ނުވެގެން
ޢަރުތަ
27 May 2023
އަނެއްކާ 50 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުންމަނާ ޖަހާފަ އޮތީމަ ހީވަނީ ކަންނޭގެ 50 ކިލޯމިޓަރަށް ވުރެ މަޑުން ދުއްވުމަކީ މަނާކަމެކޭ، އެހެންވެގެން ރަންބުއްދިވަނީ، ބައެއް ކަނބަލުންވެސް ސައިކަލުގަ ދަނީ ވައި އަޅުވާލާފަ 70 ނޫނީ 80 ކިލޯމީޓަރުގަ، ހާދަ ކުޅަދާނައޭ ކަނބަލުންވެސް ތަރައްޤީ ދެއްތޮ، އޯވަރސްޕީޑްގަ ދުއްވާވަރާ ބަލާފަ ދިމާވާ ހާދިސާތައް ވަރަށް މަދު، ނަސީބެއް.
ބަފަރޭ
27 May 2023
އަޖަލު ހަމަވެއްޖެ ނަމަ ދެން މަރުހިއްޕަ ވާނެ . މައްޔިތާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ﷲ ތާލާ މިންވަރު ކުރައްވާށީ. ޢާމީން !
ޕަބޫ
27 May 2023
ދުއްވަން އޮންނަނީ ފަސްދޮޅަހަކު ނޫން ފަންސާހުގަ
ޢަރުތަ
27 May 2023
އެކަމަކު ހައިވޭއަށް އަރާފިއްޔާ 80 ގަ ނޫނީ ނުދުއްވޭ، މުއްގަޑު ފެލާލާފަ ހުންނަނީ އަމަށަކު ވަރަކަށް ނޫން.
ސޯސް
27 May 2023
ސައިކަލްގައި އިން މީހާ ދުއްވީ ވަރަށް ބާރަށް ކަމަށް މަންޒަރު ދުއް ފަރާތްތަކުން ވަނީ ހާމަކޮއްފައި