އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާ އެކު އެޗްއާރްސީއެމުން ކުރިން ބޭއްވި ބައްދަލުވުމެއް: ކޮމިޝަންގެ މެމްބަރުންނާ ބައްދަލުނުވީ އިދިކޮޅުން ގަޑި ޖެހިގެން ދިއުމުން ކަމަށް ބުނި.-- ފޮޓޯ: ޕީޕީއެމް
14 ޖޫން 2023 - 18:58
ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންނާ، އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުނުކުރެއްވުނީ އެޕޮއިޓްމަންޓް ހަމަޖައްސައި ދީފައިވާ ގަޑިއަށް ވަޑައިނުގަތުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ ނޫސްބަޔާނެއްގައި ބުނީ އިދިކޮޅުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން ސިޓީއަކުން އިއްޔެ އެދިފައި ވާތީ މާދަމާ ނުވަތަ އަންނަ ހަފުތާއަށް އެ ބައްދަލުވުން ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން ހުށަހެޅި ކަމަށެވެ. ނަމަވެސް، ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބާއްވައިިދޭން އިދިކޮޅުން އެދުމުން މިއަދު ހެނދުނު 11:15 އަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ނަމަވެސް، އެ ގަޑިއަށް އިދިކޮޅުގެ ބޭފުޅުން ހާޒިރުނުވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެޗްއާރުސީއެމްގައި.-- ފޮޓޯ: ޕީޕީއެމް
"...ހަމަޖައްސާފައިވާ ވަގުތަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މި ބައްދަލުވުމަށް ގަޑިޖެހިގެން އެތައް އިރެއް ވީއިރު ވެސް ވަޑައިގެންފައި ނުވާތީ އެ ފަރާތަށް ދެންނެވުމަށް ފަހު ޖޫން 15، 2023 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ބައްދަލުވުން ހަމަޖައްސައި އެކަން ކޯލިޝަނަށް ސިޓީއަކުން އަންގާފައިވެ އެވެ،" އެޗްއާރުސީއެމުން ބުންޏެވެ.
އެޗުއާރުސީއެމުން ބުނީ އެގޮތަށް އަންގާފައި ވަނިކޮށް 12:45 ގައި އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ކޮމިޝަނުގެ އޮފީސް ތެރެއަށް ވަން ކަމަށެވެ. އޭރު ކޮމިޝަންގެ މެމްބަރުން ތިބީ އެހެން ބައްދަލުވުމެއްގައި ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުންނާ ބައްދަލުނުކޮށް އެތަނުން ނުކުންނަ ދެކޮޅު ހަދައި، އޮފީސް ތެރޭގައި އަޑުގަދަކުރި ކަމަށް އެޗުއާރުސީއެމުން ބުންޏެވެ.
އިދިކޮޅުން އަމަލުކުރި ގޮތުގެ ސަބަބުން ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދި، މަސައްކަތުގެ މާހައުލުގައި އެ މުވައްޒަފުންނަށް ލިބެންޖެހޭ ރައްކާތެރިކަމަށް ހުރަސްއެޅިފައިވާ ކަމަށް ވެސް އެ ކޮމިޝަންގެ ނޫސްބަޔާނުގައި ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ވެސް ބުރޫއެރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މެންދުރުފަހު 12:45 ގައި އިދިކޮޅުގެ ލީޑާޝިޕްގެ ބޭފުޅުން އެޗްއާރުސީއެމަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ތިއްބެވީ އެތަނުގަ އެވެ. އެ ބޭފުޅުން އެޗްއާރުސީއެމްއަށް ވަޑައިގަތީ، މިހާރު ޖަލުގައި ހުންނެވި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާކުރާ ކަމަށް ބުނެ އެކަމުގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުހާ
16 June 2023
އެހެންވީމަ ހައްގު ހޯދަން އުޅެވޭނެ ގަޑިއަކީ ހެދުނު 8 ން މެންދުރު 2 އޭ ތެ ތިކިޔަނީ؟ 40000 ގެ ބޮޑު މުސާރަ މަޅައިގެން ތިބެގެން މޮޅު ވާހަކަ ދައްކާ
ދީނާށްޓަކައި
15 June 2023
މަމެންގެ ސަރުކާރުގައު އެންމެ ފުރަތަމަ އުވާލާނީ ތިތަން
ގައުމުޒް
16 June 2023
ހޮހޯ.. އުވައެއް ނުލާނެ. ތަމެންގެ އެކްޓިވިސްޓްއިން ކޮޅެއް ގެންގޮސް ވައްދާނީ. ޖެހޭނީ ހަމަ އެއްތާކު.. ކުރިންވެސް ވީ އެހެން. ދެންވެސް ވާނީ އެހެން.
ޒަންބެ
15 June 2023
މާސްޓަރު އަންގާ ގޮތަށް ޕަޕެޓުން އުޅެންޖެހޭނީ އެހެންމަ ދުވެ ފިލުން ނޫން ގޮތެއް ނޯންނާނެތެ މަގާމު ބޭނުމިއްޔަ
ޕޮކަޑި
15 June 2023
ހިންގާފަ ހުރި ޖަރީމާ ގިނަ ކަމުން ބިރުން ފިލި ހެހެހެ
ޒިޔައްޓެ
15 June 2023
ރެސްޓޯރަންޓުތަކާ ސެލޫން ތަކަ މަސާޖު ޕާލަރުތަކަށް ރަސްމީ ގަޑީގައި ދެވޭނެ އިވިއްޖޭ. ދެން ލަލަލާ
ޑިމޮކުރޭޒީ
15 June 2023
މައިނޯރިޓީ އާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ އަޑުނާހާ ފިލާ ރައްކާވާ ހިއުމެން ރައިޓްސް ކޮމިޝަނެއް ރައްޔިތުންގެ ޓެކުސް ފައިސާއިން ހަދާފަ އޮންނަން ޖެހޭ ސަބަބެއް ނޯންނާނެ. އުވާލާ
ދޮހޮއްތު
15 June 2023
ހެހެ ތިޔައީ ހައްގުތަކާ ގުޅިފައިވާ ގައުމީ މަރުކަޒު ދިޔައީ ރައްޔިތުން ހޮވާފަވތިބި ހާދިމުން … ލަދު ހަޔާތް ކޮބާ
ނަބީލުއ
15 June 2023
ރައްޔިތުންގެ މަންދޫބުން އެމީހުން ހޯދަން ދިޔައިމާ ގޭންގު މީހުން ޖަމާކޮއްގެން އެތަނަށޮ ގޮސްތިބި ނޫސްވެރިންނަށް ބިރުދައްކާހަ ފޯނު ޖަހާގަތީ. ކޮމިޝަނަކަށް ވުރެ ތިޔާ ތަނެއް ވައްތަރީ ކާޓަލްއަކާ
ނަސްރު11111
15 June 2023
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ހިއުމަން ރައިޓްސްްގެ ބޭފުޅުންގެ އެހެން މީޓިންގ އެއް އޮތް ކަމުގައިވިޔަސް އެމީޓިންގ އަށްފަހު އެމީހުންނާ ބައްދަލުވެލާ ދިގު ބައްދަލުވުމެއް އެރެއަށް ނުވަތަ އަވަސް ފުރުޞަތެެއްގައި ހޯދައިދޭން މަސައްކަތް ނުކުރުމަކީ ޒިންމާދާރުކަން ކުޑަ ތިޔަފަދަ ކޮމިޝަނެއްއޮތުމުގެ ބޭނުން ކެނޑިފައިވާ ކަމުގެ ހެއްކަކަށް ފުދޭވަރުގެ ކަމެއް. ތިޔަފަދަ ކޮމިޝަންތަކުގެ ބޭފުޅުންނަށް ލައްކައިން މަހު މުސާރަދޭއިރު އަވަސްވާގޮތަކުން އެކަމަކަށް އެޓެންޑްވާންޖެހޭ
މިހާދު
15 June 2023
ހިއުމަން ރައިޓްސް ހޯދަންވެސް ގަޑި ޖެހޭތަ?
އަލީ ފާއިޒް
15 June 2023
ގަޑިޖެހިގެން ދިޔައީއޭކިޔާފަ ބައްދަލުނުވާވާހަކަ ބުނުމަކީ ލަދުވެތި ބުނުމެއް، ރައްޔިތުނެގް ހައްގުގައި 24 ގަޑިއިރު ތިބެންޖެހޭ ބަޔަކު، ކޮންމެ ގަޑިޔަކު ދިޔަޔަސް ބައްދަލުވާންޖެހޭނެ، ބައްދަލު ކުރަން ބޭނުންނުވީމަ ދައްކާ ބަހަނާތައް ވަރަށް ގިނަވާނެ...
ޕަބްލޫ
15 June 2023
އެހެން ބަޔަކަށް ދީފަ އޮތް ވަގުތެއް ޖަހައިގަންނަން ފުރުސަތު ދިނުމަކީ ކުރިން އެވަގުތު ދެވިފައި ތިބި މީހުންގެ ހައްޤަށް އުނިކަން ލިބޭނޭ ކަމެއްނޫންތަ؟ ހަމައެކަނި ވަކި މީހެއްގެތަ އިންސާނީ ހައްގު އޮންނަނީ؟