އިދިކޮޅުގެ ލީޑާޝިޕުން އެޗުއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް
15 ޖޫން 2023 - 13:53
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން އެޗްއާރުސީއެމްގެ މެމްބަރުންނާ އެންމެފަހުން މިއަދު ބައްދަލުކޮށް، މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.
ދެ ދުވަހުގެ މަތިން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން މަސައްކަތްކޮށް މިއަދު ހެނދުނު ވަނީ އެ ބައްދަލުވުން ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި އިދިކޮޅުން ބުނީ އެޗްއާރުސީއެމްގައި އޮތީ ސިޔާސީ ނުފޫޒު ކަމަށާއި ކޮމިޝަންގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
އިދިކޮޅުގެ އިސް ބޭފުޅުން އެޗްއާރުސީއެމް އަށް ވަޑައިގަތީ، މިހާރު ޖަލުގައި ހުރި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާކުރާ ކަމަށް ބުނެ އެކަމުގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާކުރުމަށެވެ.
އިދިކޮޅުގެ ލީޑާޝިޕުން އެޗުއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް އިންޓަވިއު ދެނީ.-- ފޮޓޯ: ޕީޕީއެމް
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް 13 ގަޑިއިރަށް ކުރިއަށް ގެންދިއުމަކީ އެއްވެސް ހަމަޔަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އދ. އަށް ވެސް މިހާރު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ޔާމީންގެ ޝަރީއަތް ކުރިއަށް ދަނީ އުސޫލުތަކުގެ ބޭރުން ކަމަށް އެޗްއާރުސީއެމްގެ މެމްބަރުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު، ވަކި ބައެއްގެ ސިޔާސީ ނުފޫޒުގެ ސަބަބުން އެ ކޮމިޝަނުން ފާޅުގައި އެކަމުގެ ކަންބޮޑުވުން ފާޅުނުކުރަނީ އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ކުރިން ހިނގާ ގޮތަށް ހިނގަމުން އަންނަ ނުވަތަ ކޮމެޓީތަކުގެ މަސައްކަތް ހިނގާ ނަމަ އެޗުއާރުސީއެމްގައި މިހާރު ތިބި ފަސް މެމްބަރުން އެ މަގާމުގައި ނުތިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ މަޖިލިސް ފަންކްޝަން ކުރާއިރަށް މި ބޭފުޅުން [އެޗްއާރުސީއެމްގެ މެމްބަރުން] މިތަނުން ބޭރުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން އިއްޔެ އެތަނަށް ގޮސް ފަސް ގަޑިއިރު މަޑުކުރި އެވެ. އެކަމަކު، އެ ކޮމިޝަނުން ބުނި ގޮތުގައި، އިއްޔެ މެމްބަރުންނާ ބައްދަލުނުވީ އިދިކޮޅަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިން ގަޑިއަށް އިއްޔެ ހާޒިރުނުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
17 June 2023
ހެހެހެ! ނުވާނެ ތިޔަކަމެއް! ކަލޭމެންގެ ބާރެއްނެތް! ތިތިބީ ފޫގޮސްފަ!
ދެެރަކަމެއްނު
15 June 2023
ކިހާ ދެރަކަމެއް. ހަމަ ހިތަތް އަންނަހާ އެއްޗެއް ގޮވަނީއޭ. މަޖިލީހުގައި ތިމާމެންގެ މެމްބަރުންގެ އަދަދު ތިއުޅެނީ 5 ހަމަނުވެގެން. ދެން މިނިވަން މުއައްސަސާއެއްގެ މެމްބަރުން ވަކިކުރެވޭތަ. ދަނޑި މުކޮސް ގުރޫޕަކާއި ބައިއަތު ހިފައިގެން ބޮޑުތަޅު އަޅުވައިގެން ތިބެންޖެހޭނީ. އެމީހުންވެސް ގުރޫޕު ހަދައިގެން ތިއުޅެނީ ގޮނޑިން ނުވެއްޓި އިރުކޮޅަކަށް ނަމަވެސް ހިފަހައްޓާލެވޭތޯ. އެކަމުން ތިމީހުންނަށް ވާނެ ފައިދާއެއް ނެތް.
މަޒް
15 June 2023
ކިހާ ދެރަކަމެއް.. އަޅެ ޔާމީނު ދިވެހިންނަށް ދިން އަނިޔާ ކުޑަތަ؟ ބޮޑު ސިންގާހާ ވައްކަމެއް ވިއްޔަ ކޮއްގެން އެޔޮތީ އެތަނަށް ލާފައި.
އައްޔަ ބޮޑޭ
15 June 2023
ކޯޓުތަކުގަ ހިނގާޝަރީއަތް ދިގުވުމާ ކުރުވުމާ އަދި ފަލަވެފަ ހިމަވިޔަސް އެއީކޯޓުތަކުގެނިންމުން,ދެންތިބުނީ އެޗުު އާރު ސީ އެމްގެ މެމްބަރުން ވަކިކުރާނެވާހަކަ އަވަހައް ވަކިކޮއްލާ އޭރުން ތިގޮތައް ކޮސްހިނގުން ހިނގާކަށް ނުޖެހޭނެނުން.
ދެރަކަމެއް
15 June 2023
މި ފެންވަރުގެ މީހުން މަޖިލީހުގެ ތިބެވޭތީ ދެރައީ! މަޖިލީސް މެންބަރުންވެސް އެ ދާއިރާއެއްގެ ރައްޔިޔުންނަށް ވަކިކިރެވޭނެ ގޮތެއް ޤާނޫނު އަސާސީއަށް ގެންނަން އެބަޖެހޭ!
އެޗް އެމް
15 June 2023
ޕީޕީއެމްގެ ބައެއް އިސްވެރިން ވަރަށް އެކްޓިވް ދުވަސްކޮޅެއް. ޔާމީނުއަށް ފުރުސަތުގެއްލޭތޯ އެދިއެދި ތިބެ ވަރަށް ބުރަކޮށް ޔާމީނު ސަލާމަތް ކުރަން މަސައްކަތް ކުރާކަން ސަޕޯޓަރުންނަށް ދެއްކަނީ ކަމަށް ފާހަގަ ކުރެވޭ. މުއިއްޒު މިދުވަސްކޮޅު ފެންނަނީ ފަހަތު ބަރިން ވަރަށް ހަމަހިމޭންކޮށް ހުންނަތަން. ރާހީމްބެ ފިޔަވައި ހިތާއި ރޫހުން ޔާމީނަށްޓަކައި ޕާޓީ ދޮރުފާރަވެރިކަން ކުރާ ތެދުވެރިއެއް ނެތް
ތީރު
16 June 2023
އޭނައަށް އެނގޭ ޔާމީނު ނެތިއްޔާ ސެކަންޑް ޗޮއިސްއަށް ނުވާތަނުގަ ބީރުބޮލުކަން ވެސް ގެރެންޓީ ނޫން.
މުހައްމަ
15 June 2023
މާކުރިންވެސް ވަކި ކުރަން ޖެހޭ ބައެއް ތިއީ
މޯޑޭ
15 June 2023
އިދިކޮޅު ޖެހޭނި ތިހެން ބޭކާރު ވަގުތު ދުށްވާލަ ދުށްވާލަ ތިބެށް. ތި އުޅެނި ރިޔާސީ ކެންޓިޑޭޓަކު ނުދެށްކި އަދިވެސް ޖަލުގަ އޮތް މީހަޔަށް ބަލާގެން
އަރިކާ
15 June 2023
މިނިވަން މުއައްސަސާތައް ސަރުކާރުގެ އަޅުންނަށް ވެގެން އުޅުން ބަލައި ނުގަނވޭ..
ދޫލި
15 June 2023
ފުރަތަމަ މެމްބަރުންނަށް ބިރުދައްކައި ވަކިގޮތަކަށް އަމަލުކުރުމަށް މަޖުބޫރު ކުރުވާ މައްސަލައެއް ނޫންތޯ ބަލަންވީ. ޔާމީނު ވެރިކަމުގައި ހުރިނަމަ މިހާރު ތިގޮތަށް އެޗްއާރުސީއެމްގެ މެމްބަރުންނަށް ބިރުދައްކައި ނުފޫޒުފޯރުވާނަމަ މެމްބަރުކަމުގެ ގޮނޑިވެސް ގެއްލުވާލީހެވެ. ސައީދާއި ހުސެންނަށް ތި ދެއްކޭ ވާހަކަ ރަގަޅަށް ފަހުމުވޭބާ؟؟ މިނިވަން މުއައްސަސާއެއްގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ މި މީހުންނަށް އުފުލަންޖެހެވެ.
އަފްރާސިޔާބު
15 June 2023
ދެން ތިބައި މީހުންނަށް ވެރިކަން ލިބުނީމާ އުޅެގަންނާނެ ގޮތް ދެކިބަލަ! ގަޑި ޖެހިގެން އެތައްއިރެއްވީމާ ވެސް ބައްދަލު ކުރިކަން ނަސީބެއްނުން.