ރިޔާޒް (ޖޫން 18) - ޗައިނާގެ ސިލްކް ރޯޑްގެ ދަށުން އަރަބި ގައުމުތަކާ އެކު ރެކޯޑް އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި އެވެ.
ސައުދީ އަރަބިއާގެ އިގްތިސާދީ ހަރަކާތްތައް ފަތުރާލައި، ޒުވާނުންގެ ހުނަރު އިތުރުކުރުމަށް އެހީތެރިވުމަށް ޗައިނާ އާއި އަރަބި ގައުމުތަކުގެ މެދުގައި ޒަމާނީ "ސިލްކް ރޯޑެއް" ހުޅުވާނެ ކަމަށް ސައުދީ އިންވެސްޓްމަންޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ.
ސައުދީގެ ވެރިރަށް ރިޔާޒުގައި މިދިޔަ ހަފުތާގައި ބޭއްވި ޗައިނާ އާއި އަރަބި ގައުމުތަކުގެ ވިޔަފާރީގެ ފޯރަމަކީ 2005 ވަނަ އަހަރުގެ ފަހުން ޗައިނާާ އާއި އަރަބިންގެ އެންމެ ބޮޑު ވިޔަފާރީގެ ބައްދަލުވުމެވެ.
އެ ކޮންފަރެންސްގެ ފުރަތަމަ ދުވަހު 70 ބިލިއަން ޗައިނީޒް ޔުއާން (ގާތްގަނޑަކަށް 9.8 ބިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ 30 އަށް ވުރެ ގިނަ ޕްރީ އެގްރިމެންޓް ޑޮކިއުމެންޓްތަކުގައި ސޮއިކުރި އެވެ. އެއްބަސްވުންތަކުގެ ދާއިރާތަކުގެ ތެރޭގައި ތެލާއި ގޭހުގެ ހަކަތައިން ފެށިގެން ސައިންސާއި ޓެކްނޮލޮޖީ އާއި އިއާދަކުރަނިވި ހަކަތަ އާއި މައުދަނާއި ސަޕްލައި ޗޭންސް އާއި ޓޫރިޒަމާއި ސިއްހީ ދާއިރާ ހިމެނެ އެވެ.
"ސައުދީ އަރަބިއްޔާއާ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ މިއަދު ފުރުސަތުތަކުން ފުރިފައިވާ ގައުމުތަކެއް. އަދި މައިގަނޑު މިނިވަން ފިކުރީ މުދަލުގެ ހައްގުތައް ލިބިފައިވާ ޗައިނާގެ ވިޔަފާރިތަކަށް ވެސް މަރުހަބާ ކިޔާ ގައުމުތަކެއް،" ޗައިނާގެ ބަޔޯޓެކް ޖަޔަންޓް، ބީޖީއައި ޖީނޮމިކްސް ކޯ ލިމިޓެޑްގެ ސީއީއޯ އިން ޔޭ ވިދާޅުވި އެވެ.
ސައުދީގެ އެނާޖީ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސަލްމާން އަލް ސައުދު ވިދާޅުވީ އެ ގައުމުގެ ގައުމީ ތަރައްގީ "ވިޝަން 2030" ކާމިޔާބު ކުރުމަށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ސައުދީން ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.