އައިޖީއެމްއެޗްގައި ބީއެމްއެލް އިން ބަހައްޓާފައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުން ދީފައި ހުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އޭޓީއެމް އަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު ކަމަށް ބެލެވޭ މި މައްސަލައިގެ ތަފްސީލެއް ފުލުހުން ވެސް އަދި ބީއެމްއެލް އަކުން ވެސް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު ކަމަށާއި އެއީ އޭޓީއެމް އަކަށް ގެއްލުން ދީފައިވާ ކަމަށް ބުނެ ލިބުނު ރިޕޯޓެއް ކަމަށެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ފަޅީގައި ބީއެމްއެލްގެ ތިން އޭޓީމެއް ބަހައްޓާފައި ހުރެ އެވެ. ގެއްލުން ދީފައި އޭގެ ތެރެއިން މެދަށް ހުރި އޭޓީއެމް އަށެވެ.
އޭޓީއެމް ބަހައްޓާފައި ހުންނަނީ ފައިސާ ރައްކާކޮށްފައި ހުންނަ ހިސާބަށް އެއްވެސް ގެއްލުމެއް ނުދެވޭ ގޮތަށް އެބައި ބޭރަށް ފެންނަން ވެސް ނުހުންނަ ގޮތަށެވެ. އެހެންވެ މިގޮތަށް ދޭ ގެއްލުމެއްގައި އެއިން ފައިސާ ނެގުމަކީ ނާދިރު ކަމެކެވެ.