މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާތީ ދަތުކުރާއިރު މޫސުމަށް ސަމާލުކަން ދޭން މެޓުން އިލްތިމާސްކުރޭ.
25 ޖޫން 2023 - 11:38
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު ސްކޫލު ޗުއްޓީ އާއި އީދު ބަންދު ފެށިފައިވާތީ ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދެވަނަ ފަހަރަށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނެވެ. ރޭ ދަންވަރު ވެސް މޫސުން ގޯސްވެ، ހއ. އިން މ. އާ ހަމައަށް އޮތީ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި އެހިސާބުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރެވެހުނު ރަށްތައް.
މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ބޮޑަށް ވާރެވެހިފައި ވަނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 46 މިލިމީޓަރުގެ ވާރޭވެހިގެން ރެކޯޑް ކުރެވިފައިވާ ކަމަށްވެ އެވެ. ދެން އެންމެ ބޮޑަށް ވާރޭވެހިގެން ރިކޯޑް ކުރެވިފައި ވަނީ ފ. ބިލެއްދު އާއި މ. މުއްޔަށެވެ. އެ ދެ ރަށަށް ވެސް 33-34 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މެޓުން ބުނީ ޖޫން މަހުގައި އެންމެ ދެކުނުގެ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު މި ދުވަސްވަރަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުވިޔަސް އެހެން ހިސާބުތަކަށް މި ދުވަސްވަރު އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ. އަދި ފިނި ހޫނުމިންވެސް ހުރިހާ ހިސާބެއްގައި އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަނިއަ
25 June 2023
މިމަހު ކަރަންޓުބިލް 2 ގުނަ ކުޑަވާނެތާ
ބޮޑުރިޔާ
25 June 2023
10 އަހަރުގެ ދިރާސާ އަށްފަހު ސްކޫލް ކުދިންނަށް ދިންހަދިޔާ ދިވެހިރާއްޖޭގެ މޫސުން ނުދަންނަ ގަމާރުން ތަންތަނުގެ ވެރިންނަށްލީމާ އޭގެ ތަކުލީ ނުޖެހިނުދާނެކަމުގެ އަލިގަދަ ހެއްކެއް މިއީ މިމީހުން ބޭނުން އިރަކު މަތިން އުދުހެންވީ އެކަމަކު ނިކަމެތިން ދަރިންކޮޅުގޮވައިގެން ކަންޑުމަތީގަ ގަދަވަޔާ ވިއްސާރައިގާ ނާމާން ބިރުވެރި ކަމުގާ
ކަތްދައްތަ
25 June 2023
މިސަރުކާރުން ގެނެސްދިން އެންމެ ހެޔޮ ބަދަލަކީ ސްކޫލް ބޮޑު ޗުއްޓީގަ ދަރިންކޮޅު ގޮވައިގެން ރަޖާލައިގެން އޮވެވޭނެ ގޮތް ހައްދަވައިދެއްވުން. ތެންކިއު އިބޫ ތެންކިއު އާއިސާ.