އައްޑޫ ހުޅުދޫ މޫދުގައި މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:48 ގައި ކަމަށެވެ.

އޭނާ މޫދުން ނަގައިގެން ހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.