ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޚަބަރު ހުސްވެފައިއޮތް މީހަކު އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:17 ހާއިރު ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ އޮތީ ޕިކަޕުގެ ފަހަތު ބައިގައި، ބޯކަރުދާސްތަކެއް އަޅައި އޭގެ މަތީގައި އޮވެ ނިދާފައި އޮތް ކަހަލަ ގޮތަކަށެވެ. 

މަރުވެފައި އޮތް މީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ނުވަތަ ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެންނަ ހުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.