އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ފަނޑިޔާރުންނަށް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ކުރިން ނިންމާފައި އޮންނަ ގޮތުން ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ޟަރޫރީ ހާލަތްތަކުގައި އެކަންޏެވެ.
ނަމަވެސް ޖޭއެސްސީން މިދިޔަ ހަފުތާގައި ނެރުނު ސާކިއުލާގައިވާ ގޮތުން ފަނޑިޔާރުން އިމާމުވެ ހުކުރު ނަމާދު ކުރުމަކީ އެ ކޮމިޝަނުން ދެކޮޅުހަދާ ކަމެއް ނޫނެވެ. އަދި އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް އިމާމުކަން ކުރުމުގެ ހުއްދަ ފަނޑިޔާރުންނަށް ދޭން ނިންމާފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ފަނޑިޔާރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން މާލީ އެހެން އިނާޔަތެއް ލިބޭ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރެވޭނީ ޖޭއެސްސީގެ ހުއްދަ ލިބިގެންނެވެ. އަދި މުސާރައިގެ އިތުރުން ފަނޑިޔާރުންނަށް ރަސްމީ ހައިސިއްޔަތުން ލިބޭ އެހެން ހަދިޔާތައް ވެސް ކޯޓުތަކާ ހަވާލުކުރަން ޖެހެ އެވެ.