އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިނު ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މުއިއްޒަށް އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ކެމްޕެއިން ޓީމުން ތުހުމަތު ކުރޭ --- ފޮޓޯ/ޕީޕީއެމް
14 ސެޕްޓެމްބަރ 2023 - 19:37
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، އެންޓި ކެމްޕެއިން ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން މުއިއްޒުގެ ކެމްޕެއިން ޓީމުން މިއަދު ގޮވާލައިފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު މުއާޒު ރަޝީދު ވިދާޅުވީ، ސޯޝަލް މީޑިއާ އާއި އެމްޑީޕީގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް އިވެނީ މުއިއްޒަށް އެންޓި ކެމްޕެއިން ކުރާ އަޑު ކަމަށެވެ.
"މިކަން މި ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަން އެމްޑީޕީއަށް އަދި މި ސަރުކާރަށް. މި ސަރުކާރުން އެކަން އެ ކުރަނީ ރައްޔިތުން ސީދާ ސާފުކޮށް ބޮޑު އަޣްލަބިއްޔަތުން ނޫނެކޭ ބުނެފައި އޮއްވާ." އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ އިންތިހާބާ ދިމާކޮށް ދޮގު ފެތުރުމާއި ރިޝްވަތު ބެހުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ވަޒީފާގެ ބިރު އޮންނާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަމުންދާ ކަމަށް ތުހުމަތުކޮށް އޭނާ ވިދާޅުވީ އެކަން ތަކުރާރުކޮށް މުއިއްޒު ދޮގު ކުރައްވާފައިވާ ކަމަށެވެ.
"އެންޓި ކެމްޕެއިންގެ ގޮތުގައި ސަރުކާރުން ވަރަށް ބޮޑަށް މުއިއްޒުގެ އަބުރު ކަތިލައްވަން ވެގެން ތަފާތު އެކި ކަންތައްތަކެއް އެ ގެންދަނީ ސޯޝަލް މީޑީއާގައި ކުރަމުން. ހަގީގަތަކާ ހިލާފު އެތައް ވާހަކަތަކެއް ދަނީ ފަތުރަމުން." މުއާޒް ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމްގެ ނަމުގައި ބައެއް ފޭކް ބަޔާންތައް ނެރެމުންދާ ކަމަށާއި އަދި އެ ވާހަކަތަކުގައި އެއްވެސް ގޮތަކަށް ރައްޔިތަކު ނުޖެހުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދާން
16 September 2023
އަހަރެން ވޯޓުއަޅާނީ އިބޫއަށް. އެކަމު ދިވެހި 100،000 ރައްޔިތުން މާޒީ ހަނދާން ނެތުނީމަ ހަނދާން ވާން މުއިއްޒު ވެރިކަމަށް ގެންނަންޖެހިފައި ކަންނޭގެ ތިހިރީ. މަބޭނުން ޔާމީން ކުޅޭ ޑްރާމާ ވެސް ބަލާލަން. ގައުމު ހަލަބޮލިވާނެތީ ދެރަވޭ.. އެހެންވިޔަސް.
ޕަކާސް
16 September 2023
ކަލޭމެން ހީކުރީ ރައްޔިތުންނަކީ ބޯ ހަމަ ނުހެހޭ ބައެއް ކަމަށްތަ؟ ދިޔަރެސް ނޫހުން އެގޮވާ އައުގުރާނަ އެއީ އެންޓި ކެމްޕެއިން ނޫން ކޯއްޗެއް؟ އިބޫ ގެނައި ބައެއްނޫން އިންޑިޔާ ސިފައިންނަކީ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ނަޝީދު. ވަހީދު އޭތި ކުރިއަކަށް ނުގެންދިޔަ. ދެން އޮތް ހެލިކޮޕްޓަރު ގެނައީ ޔާމީނު. އެކަމު ޒިންމާ ނަގަންޖެހެނީ އިބޫ. ތާހިރެއްނުން. އިބޫވެސް ކުރި ކަންކަން އެބަ ހުރި. އެކަމު އިންޑިޔާ ސިފައިން އެއީ އިބޫ ގެނައި ބައެއްނޫން. ހޭޖެހިބަލަ.
ރީއްޗެއްނު
15 September 2023
ދަގަނޑު ކެނޑޭނީ ދަގަނޑުން. އިދިކޮޅުން ފަތުރަމުންދިޔަ ވާހަކަތަކައް ރައްދުނުދީ މިސަރުކާރުން ރިވެތިގޮތުގައި ދިޔައީ ކެމްޕޭނުކުރަމުން. އެކަމަކު އެއެއްޗެއް ނުދެއްކިޔޭ މިއެއްޗެއް ނުދެއްކިޔޭ ރިއެކްޓެއް ނުކުރިޔޭ ކިޔައިގެން އިދިކޮޅުން ދޮގުހަދައި ފިތުނަފަސާދަ އުފެއްދުން ޖެހީ މެކުހަށް. މިހާރު ސަރުކާރުން ހަގީގަތް ހާމަކުރަން ފެށީމައި މިވީ އެންޓިކެމްޕޭނު ކުރަނީކަމަށް.
ރަބަތު
15 September 2023
އަނހާ!! ޕީޕީއެމް ޕީއެންސީ އިން މިއިންތިހާބުގަ މުޅިންވެސް އެންޓި ކެމްޕެއިން ކުރާތަން ފެންނަނީ. އެހެންވީމަ ދެކޮޅުން އެއްގޮތަކަށް ކުރީމަ ވީއެއްނު.
ބާލައާދަނު
15 September 2023
އަޅުގަނޑަށް ފެނުނު ތަނުގައި ޕީޕީއެމް ޕީއެންސީ ކޯލިސަނުން ފުރަތަމަ ބުރުގަ ކުރީ އެންޓި ކެމްޕެއިން. އެތަނުން ދަސްކޮށްގެން އެމްޑީޕީން އެކަން ކުރާކަމަށް ފެންނަނީ.
ޓެރޭ
15 September 2023
އެއްވެސް ވައްތަރެއްގެ ކެމްޕޭނެއް ކުރާކަށް ވަގުތެއް ނުލިބޭ ޕީޕީއެމަށް... މިހުރިހާ ދުވަހު ޖެއްސީ އިންޑިއާ އައުޓު ކެމްޕޭން. އޭތި ވިކުނީ.
ނޫމަރާ
15 September 2023
ތަރައްގީޔޭ ކިޔައިގެން ގައުމު ވިއްކާލި މީހުން ވެސް ކުރިމަތި ލައިގެން އެބައުޅޭ
ޚަލޯ
14 September 2023
ކަލޯ ކަލޭމެން އެކަންޏެއްނޫން އެނގޭނީ އެންޓި ކެމްޕެއިންކުރާނީ
އާވަސް
14 September 2023
ޕޕމ އެންޓި ކެމްޕޭން ނުކުރޭ. ވަރަށް ހަޔާތްކުޑަ ބައެއް. ބަލާލަ ބަލަ ޗެނެލް 13، ދިޔަރެސް.... މިހެން ގޮސް ހުރިހާ ސޯސަލް މީީޑިޔާ
ފުޅު ބޭ
14 September 2023
ހާސްވާނެ ކަމެއް ނެތް ކަލޯ!! މިހާރު ކުޅި ކުޅެން މި ފެށީ ކަލޭމެން ބޭނުން ކުރި ޗޯރު ލަވާއިގެ އަލީގައި. ޢެއް ގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް
ކަމަޅި
14 September 2023
އަބުރަކީ ވަކިބަޔަކަށް އޮންނައެއްޗެއްދޯ?