ތިނަދޫގައި ބޭއްވި އެއްވުމެއްގައި މެމްބަރު ސައުދުﷲ (ކ-2) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ފޭސްބުކް
05 ފެބުރުއަރީ 2017 - 15:33
ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ސްވިފްޓް އިންޖީނިއަރިންއާ ހަވާލުކުރި ދެ ޕްރޮޖެކްޓެއް ސަރުކާރުން އަތުލައި، ފިނޭންސް މިނިސްޓްރީން އަލުން ބިޑަށް ލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން އަލުން ބިޑަށްލީ ދ. ކުޑަހުވަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ ކްލާސްރޫމްގެ ތިން ބުރީގެ އިމާރާތެއް އެޅުމަށާއި ފ. ނިލަންދޫ ސްކޫލުގައި އަށް ކްލާސްރޫމާއި ދެ ލެބޯރެޓަރީ އާއި ހޯލެއް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށެވެ.
އެނގިފައިވާ ގޮތުގައި މި ދެ ޕްރޮޖެކްޓުގެ އިތުރުން ޅ. ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުމާއި ޅ. ނައިފަރާއި ލ. މާވަށުގައި ސްކޫލް އިމާރާތެއް އެޅުމާއި ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އަޅަން ސްވިފްޓާ ހަވާލުކުރި ޕްރޮޖެކްޓްތައް ވެސް ސަރުކާރުން ވަނީ އަތުލައިފަ އެވެ.
މި މަޝްރޫއުތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ. އެ މަސައްކަތްތައް ހުއްޓާލަން ސަރުކާރުން އެންގިއިރު، ބައެއް ޕްރޮޖެކްޓްގެ މަސައްކަތް ދިޔައީ ހިނގަމުންނެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރެއްވި، ސައުދުﷲ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ ދާދި ފަހުން ވަނީ ގުޅިވަޑައިގެންފަ އެވެ. އެނގިފައިވާ ގޮތުން ސައުދުﷲ ގެ ހިއްސާ އޮންނަ ކުންފުންޏާ ހަވާލުކުރި ޕްރޮޖެކްޓްތައް އަތުލީ ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގަތުމުގެ ކުރިންނެވެ.
މައުމޫންގެ ފެކްޝަނާ މަޖިލީހުގެ މެމްބަރުންތަކެއް ގުޅުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާއިރު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޑަ ވަގުތުކޮޅަކަށެވެ.
ސައުދުﷲގެ 25 ޕަސަންޓު ހިއްސާ އޮންނަ ސްވިފްޓާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް ހުއްޓާލުމާ ގުޅިގެން، 24 އަހަރު ވީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ސްވިފްޓުން ބުނީ ބިޑަށްލި ދެ މަޝްރޫއަށް އަލުން ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.
ސްވިފްޓަކީ 2010 ގައި ކޮންސްޓްރަކްޝަން ދާއިރާ އިން ގައުމީ އިނާމް ލިބިފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް އިމާރާތެއް އެ ކުންފުނިން އަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޓުމީހާ
06 February 2017
ކޮންމެ ސިފައެއްގަ ތި ޕްރޮޖެކްޓް ލިބިފަހުންނަންޖެހޭނީ ކޮންމެވެސް އުޞޫލެއްގެ ދަށުން. އެހެންވީމަ، މަގުބޫލު އުޒުރެްނެތި ޕްރޮޖެކްޓް ކެންސަލް ކޮށްގެންނުވާނެ. މިއީ ވަރަށް ދެރަކަމެއް. އިންސާފުން ބޭރުން އެއްވެސް މީހަކާދޭތެރޭ ކަންކޮށްގެންނުވާނެ.
ބޭބެ
06 February 2017
ޕްރޮޖެކްޓް ލިބޭ ގޮތަކަށް އެދާނީވެސް. މިއަކު މައްސަލަ އެއް ނެތް. މެމްބަރުކަން ލިބޭ އިރަށް ޕްރޮޖެކްޓް ތައް އޮހެން ފަށާނެ. އޭގައި ހިފާނީ ދެކޮޅުވެއްޖެޔާ އަތުލާނެކަން އެނގިގެން. މީގަ ގޯހީ ސައުދުﷲ. ސިފަ ކުރެވެނީ ހުތުބާގައި އެކިޔާ ސޮދަގާތް ބަހަން ހަވާލު ކުރަން ދާމީހާ މިހިރީ އަހަންނަށް ލިބުނު ހަދިޔާ އޭ ބުނާބަސް. ބެމްބަރުކަން ނުލިބުނުނަމަ ޕްރޮޖެކްޓް ލިބޭތަ ގޭގަ އޮއްވާ. ބެމްބަރު ކަމަކީ ރަށްޔިތުންގެ އަމާނާތެއް ... ޑީލަ ހަދަން ލިބޭ ފުރުސަތެއް ނޫން.
ާައަބްދުލް
05 February 2017
ކުޑަހުވަދޫގައި ހުންނަނީ ތަޢްްލީމީ މަރްކަޒް އެކަމް ނިލަންދޫގައި ހުންނަނީ ސުކޫލް. ކޮއިފުޅާ ސުކޫލެއްވިޔަސް ތައުލީމީ މަރްކަޒު ވިޔަސް ހޯދާ ނަތީޖާއަށް ބަލާބަލަ. ލިޔުމެއް ލިޔާއިރުވެސް ކޮރަޕްޝަން ނުވައްދާ ހަމަ ނުލިޔެވެނީދޯ.
ސީރިއަސްލީ
06 February 2017
ލިބޭ ނަތީޖާއިން ސުކޫލަކަށް ކިޔާ ނަން ބަދަލުވޭތަ؟ ކިޔާ ނަންދޯ ލިއުމުގަ ޖެހޭނީ. ކޮރަޕްޝަނޯ.
ބޭބީ
05 February 2017
ތިޔަހަރަ ކަންކަމުން މިސަރުކާރުގެ އަނިޔާ ވެރިކަން ސާބިތު ވަމުންމި ދަނީ. މިސަރުކާރުގަ ހިންގަން ތިބި ބަޔަކަށް ނޭގުނަސް ސްވިފްޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭނީ ރައްޔިތުންގެ ފައިސާއިން. އެއްގޮތަކަށް ވެސް ޔާމީނާއި އޭނާގެ ކެބިނެޓްގައި ތިބޭ ބައެެއްގެ ވާރުތަ މުދަލަކުން ނޫން... ސާބަހޭ 2018 އަށް ތިޔަކުރައްްވާ ކެންޕޭނަކަށް...
މުހަންމަދު
05 February 2017
އަހަރެންވެސް ތިޔަ އިއުލާނު ކިޔާލިން. އޭގަ އޮތް ގޮތުން ވިއްޔާ ތިޔަ ވިދާޅުވި މަސައްކަތް އެއްވެސް ބަޔަކާއި ހަވާލު ކުރިހެނެއް ހިިޔެއްނުވޭ. މަސައްކަތް ހިނގަމުންދާތާ 4 ، 5 މަސް ވުމާއި ގާތް ވެފައިވާ އިރު އިއުލާނުގައި އޮތީ ހުށަހެޅި އެސްޓިމޭޓް ތައް ބޮޑު ކަމަށް ފެންނާތީ އެ އިއުލާނާއި ގުޅިގެން ހުށަހެޅި އެސްޓިމޭޓް ތައް ބާތިލް ވީކަމަށް. ޢެކަމަކު ދޯ އަނިޔާވެރިކަން ވަކި ވަރަކަށް ވުރެން ބޮޑު ވެއްޖެއިޔާ ދެން ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭގޭނެތާދޯ.
ޙާސަރު
05 February 2017
ދެންދާންވީ ކޯޓަށް އެތަނުން ގެއްލުމުގެ ބަދަލަށް ފަންސާސް މިލިއަން ދޭން ހުކުމް ކުރާނެ ޕްރޮޖެކްޓް ނުހިންގާ އެލިބުނީ މާބޮޑުފައިދާ! ސަޅިދޯ
ނިންމާދީ
05 February 2017
ސަަރުކާރުގެ ހުރިހާ ކޮންސްޓްރަކްޝަން ޕްރޮހެކްޓްސް ތައް އޭގެ އަގު 2 މިލިއަން ރުފިޔާ އަށް ވުރެން މަތި ނަމަ އެމްޓީސީސީ އަށް ދޭ ގޮތަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމާ އެމްޓީސީސީ އަށް އެފަދަ ލައިސަންސް އެއް ދޭންވީއެވެ. އެއިރުން އެެނިމުނީ އެވެ. ސަރުކާރުގެ މަސައްކަތް ކުރާނީ ސަރުކާރުގެ ކުންފުނި ތަކެވެ. އަމިއްލަ ކުންފުނި ތަކުގެ މަސައްކަތް ކުރާނީ އަމިއްލަ ކުންފުނި ތަކެވެ. އެނިމުނީ އެވެ.
ހާސަރު ސަރުކާރު
05 February 2017
މިނިސްޓަރު ސައީދު ކައިރީ އަހާލަން ބޭނުންވަނީ މިފަދަ އަނިޔާވެރި ބަޔަކަށް ކޮން އިންވެސްޓަރަކަށްބާ ޓްރަސްޓް ކުރެވޭނީ...
ބޭބެ
06 February 2017
ޕްރޮޖެކްޓް ލިވެނީ ޑީލެއްގެ މަތިން އެއްބަސް ވެވިގެން. އެއްބަސް ވުމާ ހިލާފް ވީމަ ޕްރޮޖެކްޓް ނެގޭނެ. ރަނގަޅަށް ބިޑް ކުރެވޭނަމަ މެމްބަރުކަން ލިބޭ އިރަށް ކުއްލިޔަކަށް ކިހިނެއްތަ ޕްރޮޖެކްޓް ތަށް ލިބެނީ ؟؟