ޚަބަރު / ވިނަރެސް ފްލެޓްތައް

ނުވިކި ހުރި ވިނަރެސް ފްލެޓްތައް ވިއްކަން ހުޅުވާލަނީ

ވިނަރެސް ފްލެޓްތައް. ނުވިކި ހުރި ފްލެޓްތަކަށް ލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ނުވިކި ހުރި ތަންތަން ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން އެޗްޑީސީން ނިންމައިިފި އެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ގަތުމަށް ޝަރުތުހަމަވާ މީހުން ބެލުމަށް ފަހު ވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ.

އެހެންވެ، ފްލެޓާ ގުޅުންހުރި މަރުހަލާތައް މި މަހުގެ ނިޔަލަށް ނިމުމުން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހުތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް އެ އިއުލާންގައިވެ އެވެ.

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލުމުން 1،413 ފަރާތަކުން ފޯމު ހުށަހެޅި އެވެ. "ވިނަރެސް" މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.

● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު

● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ

● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ

● އާބަންކޯއަށް އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މި ހަފްތާގައި ވަނީ ކުޑަކޮށްފަ އެވެ. އެ ބަދަލާ އެކު، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެ އެވެ.

27 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 10%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަގުހެޔޮކުރޭ

26 October 2023

މިހާރު ހުރިހާ މެރީނާ ވިއު އޭ ކިޔާފަ ވިއްކާ ތަންތަނުގެ އަގު ޖެހޭނެ އެންމެ ކުޑަކުރަން. އެއީ މެރީނާ ވިއުގެ ބަދަލުގަ ދެން ފެންނާނީ މާލޭ މީހުންގެ ގޯތީގެ ގިފިލި

The name is already taken The name is available. Register?

ބޮއިހަލާކު

26 October 2023

ޢަތްފޯރާފަށަށް އަގު ތިރި ކޮށްބަލަ 6 އިންސައްތަ އިންޓުރެސްޓު ރޭޓުގަވެސް މަހަކު 20000 ދައްކަން ޖެހޭ

The name is already taken The name is available. Register?

އަލްހާ

26 October 2023

ވޯތެއް ނޫން އެއްގޮތަކަށްވެސް.. ސަރުކާރުން ހިންގާ ސްކޭމުތައް...

The name is already taken The name is available. Register?

ބބވޗ.

26 October 2023

އަޅެ މިސަރުކާރުން އެޅި ފްލެޓްތަކު ދާއިމީ ލިސްޓާ އެގްރީމެންޓް ދަެ އިރރން މިހާރު ނޫހުން ސާފުކޮށްދީބަލަ

The name is already taken The name is available. Register?

ސްކޭމާ

26 October 2023

މެރީނާ ވިއުއޭކިޔާފަ ބޮޑު އަގުގަ ވިއްކާފަ ދެން ކުރިމަތި އެ ވިއްކާލީ.. މި އީ ހަމަ ބޮޑު ސްކޭމެއް. ދެން އަނެއްކާވެސް ވިއު ވިއްކަންވީ... ސަރުކާރުގެ ބޮޑު ސްކޭމް

The name is already taken The name is available. Register?

އަހްމަދު ނައީމް

26 October 2023

ޑައުންޕޭމަންޓް ފުރަތަމަ ކުޑަކޮށްބަލަ.

The name is already taken The name is available. Register?

ޖުލައި2021

26 October 2023

އިންތިޚާބީ ރައީސް ވަނީ ވިނަރެސްފުލެޓްތަށް މެދުފަންތީގެ އާދައިގެ ރައްޔިތުންނަށް އަތްފޯރާއަގަކަށް ޑައުންޕޭމަންޓަކާއި މަހު ކުލި ކުޑަކުރާނެކަމަށް ވިދާލުވެ ޔަގީންކަންދެއްވާފަ. އެހެންކަމުން ރައީސް ދރ.މުއިއްޒު ހުވާކުރަން މިހާވަގުތު ކުޑަތަންވެފަ އޮއްވާ މިހާލަތުގަ އެޗް ޑީސީއިން މިބޮޑުއަގުގަ މިތަންތަން ވިއްކަން އުޅުމަކީ ބޮޑުގޯހެއް. މިހާރުންމިހާރަށް އިންތިޚާބީ ރައީސް ބޭނުންވާގޮތަށް އަގުތަކަށް ބަދަލުގެނެސްގެން ނޫނީ މިކަން ކޮއްގެން ނުވާނެ

The name is already taken The name is available. Register?

ފެންނަ ކުރިމަގު

26 October 2023

ގޯތިތަކެއް ބެހިގޮތުން މިގައުމުގެ ކުރިމަގު ބޮޑު އަނދަވަޅަކައް ވައްޓާލިމީހަކީ މިހާރުގެ ރައީސް. މިކުރިކަމަކުން ރައްޔިތުންނައް ލިބޭ ނިކަމެތިކަން މާބޮޑުވާނެ. މިކަން އަދި ފަހުމްވެސްވާނެ.

The name is already taken The name is available. Register?

ޖަމީލުބެ

26 October 2023

މާނައަކީ ނިކަމެތި ރައްޔިތުންނަށް ޖެހޭނީ ބޮޑު އަގުގަ ތަންތަން ގަންނާށޭ؟؟

The name is already taken The name is available. Register?

89898

26 October 2023

ވިނަރެސްއަކީ މީހަކު ބޮޑު އަގުދީފަ ގަންނަވަރުގެ ތަނެއްނޫން. އެތަނަކީ އެންމެ ދައްފަންތީގެ ތަންތަނުގެ ތެރޭގަ ހިމެނޭ ތަނެއް. ކުޑަދޮރުތައް ހުޅުވެނީ އެތެރެއަށް. އެތަން ބަދަލުކުރަންޖެހޭ. ކޮޓަރީގެ ބޮޑު މިނަކީ 7×8 ބޮޑު ސިޓިންގ ރޫމެއް އިންނަނީ ބޭކާރުކޮށް. ކިޗަން ހެދޭކަށްނެތް ޑިޒައިން އެހާ ކަޑަ. ޓާއިލްސް ހުރީ ގާގަނޑު ގަޑުގޮތަށް. އެތަނަށް ވަންނަ ކޮންމެ މީހަކު މަދުވެގެން 3 ލައްކަ ރުފިޔާ ޚަރަދުނުކޮށް ދިރިއުޅުން ނުފެށޭނެ. މަގޭ ބަހެއް އަހަންޏާ އެތަނާ ގާތް ނުވާތި

The name is already taken The name is available. Register?

ހުވާމިބުނީ

26 October 2023

ލޯކޮލިޓީ… މިތާ ދުވާލު އެރެތެ ފެންނަ ބިއްލޫރި މިޖެހީ ހިތުން އަގުހެޔޮކުރަން..؟؟ އުޅެންދާމީހާ މިޖެހެނީ ދުވާލު 4 ދަމުވެސް ކާޓަން ކަހާލެވޭޖޮތެއް ނެތިގެން، ބަރާބަރަށް އެތެރެ ފެންނާތީ.. ޖެހިގެން ހުރިގޭ މީހާ އުޅެނީ ގޭތެރެ ފެންނާތީ އޭފޯ ކަރުދާސް ތަށްކޮއްގެން.. ހުސް ބުރުގާ އަޅާމީހުން ތިބޭ ގައުމެއްގަ މީކަން ކުރަންވާ ގޮތެއްނޫން ދޯ.. ހުރިހާ ސޯޝަލް ހައުސިންއެއްގެ ހާލު ވިނަރެސްގަވެސް މިއޮތީ.. ނޮޓު ލަގުޒަރީ އޯ ކުލޯޒްޓު އިޓު…

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454