ހއ. އިހަވަންދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. ކަނޑުގެމަތީގެ އެކްސިޑެންޓެއްގައި މިރޭ ވަނީ އެ ރަށު މީހަކު ނިޔާވެފައި. -- ފޮޓޯ: މިހާރު
28 އޮކްޓޯބަރ 2023 - 21:25
ހއ. އިހަވަންދޫ ކައިރީގައި މިރޭ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ އެވެ.
އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ މި އެކްސިޑެންޓުގައި ނިޔާވީ އެ ރަށު ނަޔާޑޭޒީގޭ އަބްދުއްރަޝީދު މުހައްމަދު ކަމަށެވެ. އުމުރުން 68 އަހަރުގެ އެ މީހާ ނިޔާވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ބޮލަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ އިހަވަންދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ހުވަހަންދޫ ކައިރީގައި ކަމަށާއި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން އިހަވަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
ނިޔާވި މީހާ އަކީ އެކްސިޑެންޓުވި ދޯނީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކެވެ. އެކްސިޑެންޓުވި ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓުވި ދޯންޏަކީ އިންޖީނު އެޅި ކުޑަ ދޯންޏެކެވެ. ރޭގަނޑު އަނދިރީގައި ލޯންޗު ގޮސް ޖެހުނީ ދޯނީގެ ކޮޅުފަސްކޮޅުގައި، ދޯނި ދުއްވަން ހުރި އަބްދުއްރަޝީދާ ދިމާލުގަ އެވެ. އެ ދިމާލުން ދޯނީގެ ބައެއް އޮތީ ވަރަށް ބޮޑަށް ހަލާކު ވެސް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިކިލީކްސް
28 October 2023
انا لله وانا اليه راجعون اللهم اغفرله وارحمه وعافه وعف عنه މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި.އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. آمين
ކޮރަލް
28 October 2023
މިފަދަ ނުރައްކާ ތެރި ހާދިސާ ތައް ފުލުހުން ތަހުގީގު ކޮށް ރަނގަޅު ކުރަން ޖެހޭ ކަންކަން ކަމާ ބެހޭ އިދާރާ ތަކާ ހިއްސާ ކޮށް އެކަންކަން މަޑުމަޑުން ރަނގަޅު ކުރަން ވީ އެވެ.
ސސސށ
28 October 2023
މާދަން ނުކުންނާނއ ގަވައިދެއް. ރެެގިއުލޭޓު ކުރިމަކީ ދަންނަކަމެއްވެސްނޫން
އަހުމިއްޓޭ
28 October 2023
މިހާރުން މިހާރަށް ހުރިހާ ދުއްވާއެެއްޗެއްގައި ޑޭޝްކެމް ހަރުކޮށް ރިކޯޑިން ބެލޭނެގޮތް ހަދަން މަޖުބޫރުކުރޭ.
ޓެރޭސް
28 October 2023
ހިތާމަވެރި ހާދިސާތައް އާއްމުވެއްޖެ.
ޙޮންގް
28 October 2023
ޓުރާންސްޕޯޓް މިނިސްޓަރީ އޮތީ ކޯމާގައި.ކުދި އުޅަނދު ތައް ނެވިގޭޝަން ލައިޓް ނުޖައްސާ ދުއްވުން ހުއްޓުވަން ޖެހޭ. ގަވާއިދު ހަދަނީ ސަލާމަތާ ރަައްކާތެރިކަން ކަށަވަރު ކުރަަން.
އެދުރުބޭބެ
28 October 2023
ގަވައިދެއް ހަދާފަ އޮތަކަސް އޭގެން ލިބޭނެ ރައްކާތެރިކަމެއް ނޯންނާނެ....ރޭގަނޑު ދިއްލަންޖެހޭ ދިއްލުން ތަކަކީ ތިމާއަށާ އަނެކުންގެ ސަލާމަތްތެރިކަންމަށް ކުރަންމަޖުބޫރުކަމެއް...ފަރުދީ ޒިންމާއެއް....