ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ގްރޭޑް8 ގެ ދަރިވަރުން އަންނަ އަހަރު އޯލެވެލް ހަދާނެ

ހިރިޔާ ސްކޫލުގެ ދަރިވަރުން ޓެސްޓު ހަދަނީ: އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާ އެެކު އަންނަ އަހަރު ގްރޭޑް އަށެއް އަދި ގްރޭޑް ނުވައެއްގެ ދަަރިވަރުން އޯލެވެލް ހަދާނެ.-- ފޮޓޯ: މިހާރު

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު މި އަހަރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީ އަހަރުގެ ކިޔެވުން ކުރިން އޮންނަ ގޮތަށް ޖެނުއަރީން ފަށާ ގޮތަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފަ އެވެ. އަހަރުގެ މެދު ތެރެއިން ކިޔެވުން ފަށާ ގޮތަށް އޮތުން ބަދަލުކޮށް 2026 އިން ފެށިގެން ދިރާސީ އަހަރު ފަށާނީ ޖެނުއަރީގަ އެވެ.

މިގޮތަށް ބަދަލުކުރާތީ އެންމެ ބޮޑު ބަދަލެއް އައީ ގްރޭޑް 8 ގައި ކިޔަވާ ކުދިންނަށެވެ. އެ ކުދިން އަންނަ ހަފުތާ އިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވަން ފަށާއިރު، އަންނަ އަހަރު ފަހުކޮޅު އޯ ލެވެލް އިމްތިހާނު ވެސް ހަދާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ގެނެސްފައިވާ ބަދަލާ އެކު ގްރޭޑް 8 ގެ ދަރިވަރުން އަންނަ އަހަރު އޯ ލެވެލް ނިމޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ގްރޭޑް އަށެއްގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން އޯލެވެލްގެ މާއްދާތައް ކިޔަވަން ފަށަން މި ނިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބަދަލަކީ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށާއި ސަބަބަކީ ގްރޭޑްގެ ކުދިންނަށް އޯ ލެވެލްއަށް ތައްޔާރުވުމަށް ދެ އަހަރު ލިބޭނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު ގްރޭޑް އަށެއްގައި ތިބި ކުދިންނަށް އަޅުގަނޑުމެން ނިންމާފައި ވަނީ އެ ކުދިން މިހާރު ވެސް ހަމަ ގިނަ ސްކޫލުތަކުގައި ކިޔަވާ ގޮތަށް، ވަރަށް ގިނަ ސްކޫލުތަކުގައި ކެމްބްރިޖް [އޯލެވެލް މާއްދާތައް] ކިޔަވައިދެމުންދަނީ. ރަސްމީކޮށް ކެމްބްރިޖުގެ މާއްދާތައް ފައްޓަނީ ގްރޭޑް 9ގައި ކަމަށް ބުނެފައި އޮތް ކަމުގައި ވިޔަސް ވަރަށް ބޮޑަށް އިންޓަގްރޭޓް ކުރެވިގެން ހަމަ އެ ކަރިކިއުލަމްގައި ހިމެނޭ ވަރަށް ބޮޑު ކޮމްޕޮނެންޓްއެއް ކަވާ ކުރެމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަޑަމިކް ކަލަންޑަރަށް ގެނައި އެ ބަދަލާ އެކު އަންނަ އަހަރު ދެ ބެޗެއްގެ ދަރިވަރުން އޯލެވެލް ހަދާނެ އެވެ. އެއީ ގްރޭޑް އަށެއްގެ އިތުރުން ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ނުވައެއްގެ ކުދިން އޯ ލެވެލް ހަދާނީ މޭއި/ޖޫންގަ އެވެ.

މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލުން 2023/2024 ގެ ކިޔެވުން އޭޕްރިލް 30، 2024ގައި ނިމޭނެ އެވެ. އަދި 2024/2025ގެ ކިޔެވުން މޭ 26، 2024ގައި ފެށޭނެ އެވެ.

42 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 3%
icon angry icon angry 65%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައުޝަމް

12 January 2024

ވަރަށް އުއްމީދު ކޮށްގެން ހުރި ބަދަލެއް މިއީ. މީގެ ސަބަބުން ހަގީގީ މަންފާ ދަރިވަރުންނަށް ވެސް ލިބޭނެ.

The name is already taken The name is available. Register?

ރުވޭދާ

12 January 2024

ވަރަށް ރަނގަޅު ނިންމުމެއް.

The name is already taken The name is available. Register?

35671

12 January 2024

ދެން މިހާރު 8 އާއި 9 ގައި ކިޔަވާ ކުދިން ގްރޭޑް 11 ފަށާނީ އެއް ބެޗެއްގައިތޯ؟ ނޫނީ 11ގެ ދެ ބެޗް އޮންނާނީތޯ؟ އޭލެވެލް އަށް ވާނެގޮތެއް މިނިސްޓަރު އަދި ކިޔައެއްނުދޭ. އޭލެވެލް މަތިން ހަނދާން ނެތުނީ ތޯއްޗެ

The name is already taken The name is available. Register?

މަބަސް

11 January 2024

ތީބަޔަކު ދިރާސީ އަހަރު ބަދަލު ނުކުރެވިގެން ހޭރިގެން ސަރުކާރުން ކުރާކަމެއްނު. ހޭރުނު ބަޔަކަށް ވަރަށް މޮޅުވެއްޖެ. ގެއްލުން މިވަނީ ކިޔަވާ ކުދިންނަށް

The name is already taken The name is available. Register?

ފިލޮޅު

11 January 2024

ކުރީގަ ހުންނަ ގޮތަށް ރޫޖެއްސި ހުދުބޮޑު ޔުނީފޯމް ލާންވެސް ސްކޫލް ތަކަށް މަޖުބޫރު ނުކޮއްފިއްޔާ ރަނގަޅު.

The name is already taken The name is available. Register?

ފިނޮޅު

12 January 2024

ތިބުނާ ޔުނިފޯމަށް ބަދަލު ކޮށްފިއްޔާ ހަމަ 100. ޢަހަރެމެން 10 އަހަރު ދުވަހު ލީ ޔުނިފޯމު. ކޮންމެ އަހަރަކު ފެށޭ އިރަށް އާދައިގެ ހުދުފޮތީގައި ފަހާ އުނިފޯމު ހަޑި ނުވެ ލައް ނުޖެހި، ލައް ޖެހުނަސް ފަސޭހައިން ފިލުވައިގެން ބޭނުން ކުރެވޭ އަހަރު ނިމެންދެން. އެކަމަކު މިހާރު ދަރިންނަށް ޓާމަކު ދެފަހަރު އަހަރަކު 4 ފަހަރު ޔުނިފޯމު ނުގަނެ ނުވޭ. ފޮތީގެ ކޮލިިޓީ ދަށްވެފައި އެހާ ފެހުން ސަކަރާތް.

The name is already taken The name is available. Register?

ގައުމީ

11 January 2024

ދިރާސީ އަހަރު ޖަނަވަރީ އަށް ބަދަލުވާ ރާސްތާ .... 2024 މެއި އިން 2025 ފެބުރުއަރީ އަށް 2025 މާރިޗު އިން 2025 ނޮވެމްބަރު އަށް 2026 ޖަނަވަރީ އިން ފެށިގެން އިހުހުރި ގޮތަށް ރުޖޫޢަވުން

The name is already taken The name is available. Register?

ވާވް

11 January 2024

މިހެންވިޔާ ދެން އޭލެވެލްގަ 2026 ވަނަ އަހަރު އޮންނާނެ ދޯ 3 ބެޗު

The name is already taken The name is available. Register?

ވަރަށްވިސްނަވާ

11 January 2024

ތިބަދަލު ބަލައިނުގަންނަކަމުގެ ކުޑަ ސިގުނަލެއް މާދަމާގެ އިންތިހާބުން ލިބޭނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ގެނެވުނީ ކަމުދާ ސަރުކާރެއް ނޫން

11 January 2024

ވަރަށް ތާކުން ތާކުން ނުޖެހޭ ނިންމުމެއް ތީ، ސަރުކާރު ގެނައީ ކުދިންގެ ކިޔެވުން ހަލާކު ކުރާކަށް ނޫން، މި އަހަރު ގްރޭޑް 8 ކުދިން 1 ހަފްތާ ކިޔާވަ ގްރޭޑް 9 އަށް އެބަ ބަދަލުވޭ، މި ކަހަލަ ފީކަޅާ ކަންތައް ކުރާތީ މައްސަލައަކީ، އެމީހުން ދޮޅު އަހަރު ގްރޭޑް އަށެއް ކިޔަވަންޖެހުނު ނަމަވެސް މައްސަލައެއްނެތް، މިހެން ކުރު ކޮށްލީމަކުދިންނަށް ހުރިހާ ޕްރެޝަރ އެއް އަންނީ، ރައީސްކަމަށް އަންނަން ވޯޓު ދިނަސް މަޖިލީސް ހަނދާން ނައްތާލާ، ވަރަށް ސަލާން ސަރުކާރަށް

The name is already taken The name is available. Register?

ގެނެވުނީ އެންމެ ބެސްޓު ރައީސް

12 January 2024

މީހަމަ 6 މަސް ދުވަސް އިތުރު ކުރީމަ ފޯރި ނެގި ގުރޫޕު. ދިވެހި ރޯނުއެދުރުންނަށް ކަމުދާ އެއްގޮތެއްވެސް ނޯންނާނެ.

The name is already taken The name is available. Register?

އންބަރީ87256

11 January 2024

ތިއަށް ވުރެ ބޮޑު ކަމަކީ ގްރޭޑް 10 ގެ ޓެސްޓާ ދިމާކޮށް ސްކޫލް ބަންދުކޮށް ޓީޗަރުންތައް ފޮނުވާލާތީ. ގިނަ ރަށްރަށުގައި ކުދިންނަށް އެހީތެރިވެދޭން މި ތިބެނީ ކިޔަވައިދޭ ޓީޗަރު އެކަނި. ދެން ކިހިނެއް ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454