ޚަބަރު / އެމްޑީޕީ

މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޑީޕީން ގޮވާލައިފި

މަޖިލިސް އިދާރާގެ ބޭރުގައި މުޒާހަރާ ކުރަނީ: މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ވަނީ ގޮވާލާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ސަލާމަތީ ހިދުމަތްތަކަށް ގޮވާލައިފި އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުއްޓުވާފައި އޮތުމުން މެންބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެވެ. ބައެއް މެންބަރުންނަށް އަނިޔާވެ، ފަރުވާ އަށް ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނެވެ.

އަދި މަޖިލިސް އިދާރާގެ ބޭރުގައި ސަރުކާރަށް ނިސްބަތްވާ މީހުން އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމުގައި މި ޕާޓީން ދެކެން،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް, މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. އަދި, ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ބުންޏެވެ.

މިއަދު އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ. ޝަހީމް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.

7 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަންް

29 January 2024

ނުޖެހޭ. މަޖްލީހުން ނިންމަ ބަލަ ރައްކާތެރިކަން ލިބިފައޭ ކިޔާފަ.

The name is already taken The name is available. Register?

101ސ

28 January 2024

ރައްޔިތުން ހޮވިބައެއް. ރައްޔިތުން ބޭނުންވީމާ ބޭލެން ވާނެ.

The name is already taken The name is available. Register?

ގިނަދިވެހިން

28 January 2024

ރައްޔިތުން ހޮވިމީހެއް ރައީސަކަށް ހުރީވެސް، ބާލަންދާންވީތަ؟ ތިހިރީ ކުރަފީގެ ވިސްނުން.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

28 January 2024

ރާއްޖޭގެ ފުލުހުންނާ ސިފައިން ސިޔާސީބަޔަކަށްނުވެ ގާނޫނު ތަންފީޒުކުރާބްޔަކަށް ވާންވެއްޖެ...މިއަދު ޕޕމމީހުން މަޖުލިސްދޮށުގަ ހަމަނުޖެހުންހިންގަން ފުރުސަތުދީގެން ކުޅިބަލަން ފުލުހުންތިބުމުން ވަރަށްދެރަ..ގާނޫނާއެއްގޮތަށް އަމަލުކުރިނަމަ ގްރީންޒޯނަކަށް އެއްވެ މުޒާހަރާނުކުރެވޭނެ..އެއިރައްގަ ވެރިކަމުގަތިބޭބަޔަކު މޮޑޭފުށްގަޑަކަށް މިނިވަން މުއައްސަސާތަވީމަ ކޮބައިތަ ގާނޫނުގެބޭނުމެ..އެއްވެސް ސިޔާސީޕާޓީއަކަށް މަޖުލިސްކައިރިޔަށް ދެވިގެންނުވާނެ ..

The name is already taken The name is available. Register?

އަސްލު...

28 January 2024

ތިކަމެއްނުވާނެ ނުކުރައްވާނެ އެހެންނަމަ މުޒާހަރާ ނުކުރުވާނެ މަޖިލީހުގައި ނަގާވޮޓަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާނެ، ދެންވައްދާނީ ސިފައިން ޕީޕީއެމް ޕީއެންސީ ގެ މާޒީ ބައްލަވާ ހަދާންކޮށްލައްވާ.

The name is already taken The name is available. Register?

އ އަހްމަދު

28 January 2024

ޕާޓީން ގޮވާލިނަމަވެސް ޗެންބަރުތެރެއަށް ވަނުމަކީ ސަލާމަތީބާރުތަކަށް ކުރެވޭނެކަމެއްނޫން އެހެންނޫނަސް ރައީސް ގޮނޑިކޮޅުގަ މަންޒަރުބައްލަވަން އިންނެވީމަ އެތަނުގަގޯސްކަމެއް ނުވަތަ ހަމަނުޖެހުނެއް ހިނގިކަމަކަށް ގަބޫލެއްނުކުރެވޭ

The name is already taken The name is available. Register?

އިބްރ

28 January 2024

ސަރުކާރުގެ މެންބަރުން ރިޔާސަތައް އަރައިގަންނަން އުޅުމަކީ ވަރަށްވެސް ހިތާމަވެރިކަމެއް. އެފަދަ ކަންކަން ނުކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454