މަޖީދީމަގުގައި މަސްތުވާތަކެތި ވިއްކަމުން ދަނިކޮށް، ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ބަންދުކޮށްފައި އޮތް ޕެކޭޖެއް ހިފައިގެން ސައިކަލުގައި ދެ މީހަކު އަރަބިއްޔާ ފްލެޓުތައް ކައިރިއަށް މަޑުކޮށްލިތަނާ، ފުލުހުންގެ ބަޔަކު ފަހަތުން އައިސް އެ ދެ ފިރިހެނުން ހިފެހެއްޓި ކަމަށެވެ.

އެއަށްފަހު އެ ޕެކޭޖު ހުޅުވައި ބަލާލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުދި ޕެކެޓުތައް ހުރި ކަމަށް އޭނާ ބުންޏެވެ.

ބެލެވޭ ގޮތުގައި އެ ދެ މީހުން އުޅުނީ މަސްތުވާތަކެތީގެ އެ ޕެކެޓްތައް އެހެން ބަޔަކާ ހަވާލުކުރާށެވެ.

"ވަރަށް ޒުވާން ދެ މީހުން ގެންދިޔައީ ފުލުހުންގެ ވެހިކަލްގައި." އޭނާ ބުންޏެވެ.

މިކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.