މ. ދިއްގަރު: އެރަށުގައި 75 ހައުސިން ޔުނިޓް އަޅަން ވަނީ ހަވާލުކޮށްފައި.
18 އެޕްރީލް 2024 - 11:07
މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް 117.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިއިރު މިއީ ސަރުކާރުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މަޝްރޫއުއެއް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. އެޕާޓްމަންޓުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީ އާއި ސްޓޯ ރޫމެއް ހުންނާނެ އެވެ.
އެ މަޝްރޫއޫ ހަވާލުކުރީ 420 ދުވަހުން ނިންމާ ގޮތަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ހައުސިން ޔުނިޓްތަކުގައި އުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމަކަށް މަގު ފަހިވާ ފަދަ ވަސީލަތްތައް ގާއިމްކޮށްދޭނެ އެވެ. އޭގެ ތެރޭގައި އެތަނުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ހަދާނެ އެވެ. އަދި މުޅި ސަރަހައްދުގައި ލައިޓް ހަރުކޮށް، ވަށައިގެން އަލިކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީހްް
18 April 2024
ވަރަށް ހާލުގަ ދިއްގަރު ރައްޔިތުންތިބީ. އެއްވެސް ކަހަލަ ކުރިއެރުމެއް މިދިޔަ ފަސް އަހަރު ނުލިބޭ. އެޔާ ހިލާފަށް މި ފަސް އަހަރަށް އުންމީދު އާވެއްޖެ.
އަނދިރި
18 April 2024
އެއްވެސް ކަހަލަ ކުރިއެރުމެއް މިދިޔަ ފަސް އަހަރު ނުލިބޭތީތޯ ފުޓޯއިން ފެންނަންއެއޮތް ބޮޑު ބިން ފެންނަން އެއޮތީ. ނޫސްތަަކަށް ކޮމެންޓްކުރަން ވަޒީފާދީފައި ތިބި މީހުންނަށް މަންޒަރެއް ނުފެއްނާނެ
ދާއޫދްް
18 April 2024
މިއީ އަޅުގަނދުމެން ވަރަށް ބޭނުންޖެހިފަ ހުރި ކަމެއް. ޝުކުރިއްޔާ
ހާދިމްް
18 April 2024
ރައީސްގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަންއަށް ދައުރުގެ ކުރީބައިގައި މަސައްކަތް ކުރާތަން މި ފެންނަނީ.
އަޒީމާާ
18 April 2024
މި ސަރުކާރަކީ ދައުރުގެ ފަހުކޮޅަށް ބޯހިޔާވަހިކަން ރައްޔިތުންގެ ކުރިމަށްޗަށް ގެންނާނެ ސަރުކާރެއް ނޫން.
ހާސަރު
18 April 2024
ސުކުރިއްޔާ އިބޫ ، ދިއްގަރު ދެގުނަ އަށް ބޮޑުކޮށްދެއްވުމުގެ ފައިދާ މިކުރަނީ ، އަދި އިބޫ އޭރު ނިންންމާފަ އޮތް ޕިކްނިކް އައިލެއްޑްވެސް ހިއްކާދިނުމަށް މުއިއްޒު ކިބައިން އެދެން.
2024
18 April 2024
ވަރުގަދަ ބޮއިބައްތިއެއްތާ..... ބޮއިހަލަކި
އިބާދާތު
18 April 2024
ފެނޭތަ އެމްޑީޕީ މިޙުންނަށް؟ 5 އަހަރު ނުވި ކަންތައް އެއްމެ 5 މަހުން މި ސަރުކާރުން މިކޮށްލަނީ
ހާސަރު
18 April 2024
ތަންފުކެއް ބޮޑުވަރުތީ ބަލަ ގަ ތިޔަ ފްލެޓް އަޅާނީ އެމްޑީޕީން ހިއްކި ބިމުގައޭ
އިމްދާދް މުހައްމަދު
18 April 2024
މާލެޔެކޭ އެއްގޮތަށް އަތޮޅު ތަކުގެ ތަރައްގީގެ މަޝްރޫއުތައްވެސް ބާރު ސްޕީޑުގައި ކުރިޔަށް
ނިއުމަތުﷲ.
18 April 2024
މިޔާއެކު ދިއްދޫގެ ބޯހިޔާވެހިކަން ހަމަޖެހިގެން ދާނެ.
އަފްނާން މުހައްމަދު
18 April 2024
މުއިއްޒް ބުނި ގޮތަށް އަޅުގަނޑުމެން ރަށުގަ އެއްމެ ފަހުން މިއަޅަނީ ފްލެޓް. އަލްހަމްދުﷲ