ދަރުމަވަންތަ ހޮސްޕިޓަލް: އެ މަޝްރޫއުއަށް ދައުލަތުން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ނިންމި މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
02 މެއި 2024 - 15:04
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން މިދިޔަ މާޗް މަހު ނިންމީ އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި ޗަންގް ހުވާ ކުންފުނިން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެއްކި 227،000ރ. އަނބުރާ ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަޝްރޫއުގެ އެއްބަސްވުމުގެ މާއްދާތައް ހުރިގޮތުން މަޝްރޫއު އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ޖީއެސްޓީގެ ފައިސާ ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، ޖީއެސްޓީ ދެއްކުމުގެ ޒިންމާ އުފުލަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙ. ޙުސައިން
03 May 2024
ގާނޫނީ ވާހަކަ ދައްކަންވާނީ ގާނޫނީ ހަމަތަކަށް އަހުލުވެރި އަހުލުވެރީން، ގާނޫނެއް އެކަހެރިކޮށް ކިޔައިގެން އަންނަ ނަތީޖާއާއި ގުޅުންހުރި ގާނޫނުތަށް އެކުއެކީ ކިޔުމުން ނުކުންނަ ނަތީޖާ ތަފާތުވާނެ ކަމަށް ގަބޫލުކުރަންވާނެ. ކޯޓުތަކުގެ ވަގުތަށް ސަރުކާރުންވެސް އިހުތިރާމު ކުރަންވާނެ. ވެދުމާއި ސަލާމް.
އެއްބަސް ވުން
03 May 2024
ބަލަ، ޗަންގު ހުވާ އަކީ ސިންގަޕޫރުގެ ކުންފުންޏެއް ނޫންތަ؟ ކިހާ ދެރަ ކަމެއްތަ ދެން!
ސެލްފް ޕޭމަންޓް
02 May 2024
ސަރުކާރުން ޓެކްސް ދެއްކުމަކީ އަމިއްލަ ކަނާއަތުން ވާއަތަށް ލާރި ދިނުން ކަަހަލަ ތާކުންތާކު ނުޖެހޭ ކަމެއް.
ބަރުބާދު
02 May 2024
ތީވެސް ތިހާއަޑުގަދަކޮއްފަ ކޯޓައްދާންޖެހޭ ކަމެއްތަ؟. އެކެއްގެ ގަމީހުޖީބުން ނަގާފަ ފަޓުލޫނު ޖީބައްލުން ކަހަލަކަމެއްދޯތީދެން.
އަހްމަދު ނޫރާ
02 May 2024
ފެނޭތަ؟ ގައިމު ސަރުކާރު ކޯޓްތަކަށް އަތް ބާނާ ނަމަ މިހެން ނޫން ދޯ ވާނީ؟ ބޭނުން ގޮތެއް ދޯ ހަދާނީ؟
މިސްބާހް މުހައްމަދު
02 May 2024
މި ސަރުކާރުން ކޯޓްތަކަށް އަތެއް ނުބާނާނެ. އެކަން މި ފެންނަނީ
މަހްޒޫމް
02 May 2024
މީގެން އަހަންނަ ފާހަގަވީ މި ސަރުކާރުން ކޯޓްތަކަށް އަތް ނުބާނާކަން.
އަލް އުސްތާޒު
02 May 2024
ސަރުކާރުން ސަރުކާރަށް ޓެކްސް ދައްކަން ޖެހުނީ ދޯ
ކުރުސީގެ
02 May 2024
ތިސިވިލްކޯޓަކީ މާވަރުގަދަ ގާޒީން ތިބޭތަނެއް!
ޑައިޖިން
02 May 2024
ޔާމީނު ހަދާލާފަ އޮތް މޮޅު އެއްޗެއްދޯ؟ ކޮންޓްރެކްޓަރު ނުޖެހޭ ޓެކްސް ދައްކަން، އެވެސް މިޖެހެނީ ރައްޔިތުންގެ ފައިސާއިން ދޭން! ޑޮލަރު މާރުކުރާ ވިޔަފާރި ކޮށްގެން ދޫވެހި ހަދާލަނީ؟ ސޯ މައުސޫމް!