ދަރުމަވަންތަ ހޮސްޕިޓަލް.
10 ޖުލައި 2025 - 17:09
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހިނގައްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ނަމަވެސް އެ މަޝްރޫއުގެ ޖީއެސްޓީގެ ފައިސާއާ ގުޅިގެން އެ ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓުން މާޗް 2023 ގައި ނިންމާފައިވަނީ ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެ ކުންފުނިން އެހާތަނަށް ޖީއެސްޓީގެ ގޮތުގައި ދެއްކި 227،000ރ. އަނބުރާ ދޭން އޭރު ކޯޓުން އެންގި އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، މީރާއިން އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ޖީއެސްޓީ އާއި ޖޫރިމަނާއާ އެކު 200 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެހެންވެ، ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ވަނީ ސިވިލް ކޯޓުގެ ކުރީގެ ހުކުމާ ހަވާލާދީ، ޖީއެސްޓީގެ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ. އެގޮތުން 2023 ވަނަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލާގައި ޓެކްސް ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުން އަދާކުރަން ޖެހޭނެ ކަމަށް ނިިންމާފައިވާތީ އެ ފައިސާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ބުނެފައިވާ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
ނަމަވެސް މީރާ އިން ކޯޓުގައި ބުނީ، ކުރީގެ ހުކުމް އޮތްގޮތުން ޖީއެސްޓީގެ ފައިސާ މީރާ އަށް ދައްކަން ޖެހޭނީ ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ކަމަށާއި އެ ފައިސާ މީރާ އަށް ދެއްކުމަށް ފަހު ދިވެހި ސަރުކާރުގެ އަތުން ފައިސާ އަނބުރާ ހޯދުމުގެ ހައްގު ކުންފުންޏަށް އޮންނާނެ ކަމަށެވެ.
އެހެންވެ، ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ކުންފުންޏާ ދެކޮޅަށް މީރާއިން ދައުވާ ކުރިއިރު، ދައުލަތުން ވަނީ ޖީއެސްޓީގެ ފައިސާ އަށް ދިވެހި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެހާތަނަށް ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ޖީއެސްޓީގެ ގޮތުގައި މީރާ އަށް ދެއްކި 227،000ރ. އަނބުރާ އެ ކުންފުންޏަށް ދޭން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރާ
11 July 2025
ތި މީރާ އޭ ކިޔާތަނަކަށް ނުކެރޭ ރަންބިސް އަޅާ ކުކުޅު ތައް ގެންގުޅޭ އޯނަރުން ޓެކްސް ނުދެއްކީމާ އެއްކަމެއް ކުރަންވެސް. މުޅިންވެސް އާދައިގެ ދެރަ ނިކަމެތި މީހުންނަށް ބިރުދައްކަން ފޫގަޅަނީ
ކޮރަލް
11 July 2025
ޖޫރިމަނާ އަށް ނަގާ ވަރު ނެތެވެ. ކޮންމެ ވެސް މީހަކު ޖަހާ ލަ ބަލާށެވެ. އެއީ ބޮޑު ވަރެކެވެ . ކޯޓް އިން ނިންމާފަ އޮތް މައްސަލަ އެކެވެ . ތިހެން ހަދާނަމަ ބޭރުން ޕްރޮޖެކްޓް އަށް އަންނަ މީހުންގެ އިތުބާރު ގެއްލޭނެ އެވެ .
ޑރ ޖީއެސްޓީ ލޮލް
11 July 2025
ބުނަންތަ ރަނގަޅު ވާހަކައެއް! ދައުލަތުން ޚަރަދުކޮށްގެން ދައުލަތުން ނިންމި މެގަ އެސެޓަކަށް ޖީއެސްޓީ ހޯދުން ތީ ބޮޑު ޖޯކެއް. އަދި އެފައިސާ ދައުލަތުން އަނބުރާ އެކުންފުނިން ހޯދުމަށް މީރާ ބުނުން އެއީ އަނެއް ހަމަނުޖެހޭ ޖޯކު! ކަޓަށް ނަގަންޖެހޭ ބައެއް ސެޓްލްނުވެގެން އުޅޭ އުޅުމެއް ތިކަމަކީ. ރައްޔިތުން މިހާރަށްވުރެ ބޮޑަށް މިކަހަލަ ކަންކަމަށް ފާރަވެރިވާންޖެހޭ. ތިކަޓު ލިބެނީ ކާކަށްތޯވެސް ބަލަންޖެހޭ. އޮޑިޓަރ ޖެނެރަލް ބައެއްފަހަރު އުޅޭނެ ސުޕަރމޭން ހެދިގެން!
ކުރީސަރުކާރު
11 July 2025
ވައުދަށް ތެދުވެރި ވާން ޖެހޭނެ. އޭރުގެ ދިވެހި ސަރުކާރުން އެ ބޭރު ކުންފުނި ޓެކްސް ދޭން ނުޖެހޭނެ ކަމަށް ބުނެފައިވާނަމަ ފަހުން އަންނަ ސަރުކާރުތަކުން ވެސް އެއަށް އިހްތިރާމް ކުރަންވާނެ. ކުޑަކުދިން އުޅޭ ގޮތަށް ނޫޅެ ޕްރޮފެޝަނަލް ވާން ޖެހޭ އެބަ
ހަމަ ކުރީ ސަރުކާރު
11 July 2025
އޭރުގެ އެއްބަސްވުމުގައި އެހެން ނެތިއްޔާ އެހެން އެންމެންހެން ޓެކްސް ދައްކަން ޖެހޭނެ.
ބަބޫ
10 July 2025
ސަރުކާރުން މިކުރަނީ ހުސް މިކަހަލަ ތާކުން ތާކު ނުޖެހޭ ކޮސް ކަންތައް. ތަންކޮޅެއް ހަމަޖެހޭ ގާނޫނެއް ހަދައި ހަމަޖެހޭގޮތަކަށް ސަރުކާރު ހިންގާން ދުވަހެއް ދައްކަވާނދޭވެ. އާމީން
ނިލް
14 July 2025
އަކުރެއް ބަކުރެއް ނޭގޭ ގަމާރުން މަޖިލީހަށް ހޮވީމާ ވާނީ މިހެން.. ޤާނޫނުގައި ފަށާ ތަނާ ނިމޭތަން ދިމާ ނުވާނެ. މައްސަލައަކީ އަހަރެމެން ރައްޔިތުން ވެސް ކޮރަޕްޓީ.. ވޯޓް ވިއްކާލާފަ ކިޔާނެ އެއްޗެއް ނޯންނާނެތާ...
ދިއްދާ
10 July 2025
އަދިވެސް ޕޯޑިއަމެއް ލިބޭއިރަށް ކިޔާތި އިންވެސްޓުކުރަން އަންނާށޭ! އެއިރު ވެރިކަމުގާ ތިބި މީހުން މިހާރު ސިންގަޕޫރު ގޮވައިގެން ކޯޓަށް މިދަމަނީ. އެވެސް ކަލޭމެން ދިނީމާ އަހަރެމެން އަނެއްކާ އަނބުރާ ދޭނަމޯ! ބަތްކައްކާތަ މިކުޅެނީ. ލޮލް
×××
10 July 2025
ވެނުމަސް ވެނަށް. އެ ކުންފުނިން ފުރަތަމަ ޖީ އެސްޓީ ދައްކަންވީ ދައުލަތަށް. ދައްކާފަ ފަހުން އެފައިސާ ހޯދަން ދަޢުވާ ކުރަންވީ. ހެއްހް
ޚޯކެ
10 July 2025
ދައުލަތުން ދައުލަތަށް ޖީއެސްޓީ
އެހެނޭ
10 July 2025
ތިއީ ވާނެ ކަމެއްނޫން. ލައްކަ ވާހަކަ މިއީ.
ރުކުން ވެއްޓުނު އާދަނު
10 July 2025
މީރާގަތިބި ތަންދޮރު ނުދަންނަ މީހުން ކޯޓުގަތިބީ ލާރިލިބޭކޮޅަކައް ދާމީހުން ...ފުރަތަމަ ސިވިލްކޯޓުން ގޯސްކޮއް ހުކުން ކުރިގޮތް ބަލަންވީ...
ނިލް
14 July 2025
އަދި އެއްފަހަރު ރުކަކުން ވެއްޓުނީމާ އާދަނާ ކަލޭ ހުންނާނީ ތަންދޮރު އޮޅުން ފިލާފަ