ޚަބަރު / ލޭނު މަސްވެރިކަން

ކަންނެލި އެންމެ ގިނައިން ބާނާ އުތުރުގައި ލޭނު އަޅަން ހުއްދައެއް ނުދޭނެ: މިނިސްޓްރީ

މަސްވެރިއަކު ދޯންޏެއްގައި މަހެއް ހިފައިގެން: ބޮޑު ކަންނެލި އެންމެ ގިނައިން ބާނާ އުތުރުގައި ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީން ބުނި - ފޮޓޯ: މިހާރު

ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމައި، އެކަމަށް ހާއްސަ ގަވައިދެއް ވަނީ އެކުލަވާލައިފަ އެވެ.

ނަމަވެސް، ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭން ނިންމާފައިވުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ ލޭނު އެޅުމާ މެދު ކަންބޮޑުވެފަ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގަ އެވެ. ލޭނު އަޅަން ހުއްދަ ދެނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގަ އެވެ.

އަދި، ހާއްސަކޮށް އަތު ނަނުގައި ކަންނެލި އެންމެ ގިނައިން ބާނާ އުތުރުގެ އަތޮޅުތަކުގައި ލޭނު އެޅުން ވަނީ މަނާކޮށްފަ އެވެ. އެއީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ގެއްލުންވުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅެއް ކަން މިނިސްޓްރީން ފާހަގަކުރި އެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ލޭނު އަޅަން ހުއްދަ ދޭނީ އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށެވެ. އަލިފުށީ އުތުރުން އޮންނަ ސަރަހައްދަކީ ކަންނެލީގެ މަސްވެރިކަން އެންމެ ގިނައިން ކުރާ ސަރަހައްދު ކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ބުންޏެވެ.

އައްޑޫގެ ދެކުނަށް ލޭނު މަސްވެރިކަމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއީ 100 މޭލުން ބޭރުގެ ސަރަހައްދަކީ މިހާރު ޗާގޯސްގެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ.

މަސްވެރިކަން ކުރަން ލޭނު އަޅާފައި: ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނި

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭން ކަނޑުގެ 200 މޭލު ބޭރުން ހައިސީ އަށް ނުކުމެ ލޭނު އެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ސަރަހައްދަކީ އެކި ގައުމުތަކުގެ އުޅަނދުތައް ވެސް ލޭނު އެޅުމުގެ މަސްވެރިކަން ކުރާ ސަރަހައްދެކެވެ.

އިންޑިއާ ކަނޑުގައި ލޭނު އަދި ދާ އަޅައިގެން ލޯބޮޑު ކަންނެލި ބާނާ ބައެއް ގައުމުތަކުގެ ތެރޭގައި ފްރާންސް، ޕޯޗުގަލް އަދި ސްޕެއިން ވެސް ހިމެނެ އެވެ.

ކަންނެލި މަސްވެރިން މުޒާހަރާއަށް ނުކުންނަނީ

މިނިސްޓްރީން މިހެން ބުންޏަސް، ލޭނު އަޅަން ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާތީ ކަންނެލި މަސްވެރިން ވަނީ ކަންބޮޑުވެފަ އެވެ. ލޭނު އެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މާދަމާ މުޒާހަރާއަށް ނުކުންނަން ވެސް ވަނީ ތައްޔާރުވެފަ އެވެ. ކަންނެލި މަސްވެރިންގެ ކަންބޮޑުވުން:

- ގަވައިދުގެ ދަށުން ލޭނު މަސްވެރިކަން ކުރަން ހުއްދަ ލިބޭނެ އެއްވެސް މަސްވެރި އުޅަނދެއް ރާއްޖޭގައި ނެތުން.

- ގަވައިދުގެ ދަށުން ލޭނު އެޅުމުގެ ހުއްދަ ލިބެނީ ސަރުކާރުން ހުއްދަ ދޭ ވަކި ކަހަލަ ބޯޓުތަކަކަށްވުން.

- ލޭނު އަޅައިގެން ކަންނެލި ބޭނުމާއި މިޔަރު ބޭނުމުގެ ހުއްދަ ލިބެނީ ދިވެހި މަސްވެރި އުޅަނދު ފަހަރަށް ނުވުން.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ގަބޫލުކުރާ ގޮތުގައި، މިއީ ދިވެހި މަސްވެރިންނަށް އެތައް ގެއްލުމެއް ލިބޭނެ ބޮޑު ޖަރީމާއެކެވެ.

ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ ވަކި ޝަރުތަކެއް ފުރިހަމަވާ އުޅަނދުތަކަށެވެ. އަދި އެ އުޅަނދުތަކުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިންސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ހަރުކުރަން ޖެހެ އެވެ.

އަދި މަސް ދަތުރަށް ފުރުމުގެ ކުރިން ޑިޕާޗާ ކްލިއަރެންސް ހުއްދައެއް ހޯދަން ގަވައިދުގައި ލާޒިމްކޮށްފައިވެ އެވެ. ލޭނު މަސްވެރިކަމަށް އުޅަނދުތަކަށް ފުރޭނީ ހަމައެކަނި ހުޅުމާލޭ ބަނދަރުންނެވެ.

މި ފިޔަވަޅުތަކާ އެކު ލޭނު މަސްވެރިކަން ވަރަށް ރަނގަޅަށް މޮނީޓާ ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެ އެވެ. މިނިސްޓްރީން ބުނީ ޑިވައިސްތަކުން އުޅަނދުތައް ވަގުތުން ވަގުތަށް މޮނީޓާ ކުރެވެމުންދާނެ ކަމަށާއި އެ އުޅަނދުތައް އޮންނަ ސަރަހައްދާއި ދަތުރުކުރާ ތަންތަން ޓްރެކް ކުރެވެމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލޭނު އެޅުމާ ދެކޮޅަށް އޯޝަން އެލައިންސް އިން ހަދާފައިވާ ޕޯސްޓަރެއް

ރާއްޖޭން ލޭނު އެޅުމުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ: ޖަމިއްޔާތައް

ތިމާވެއްޓާ ބެހޭ 18 ޖަމިއްޔާއަކުން ނެރުނު ނޫސްބަޔާނުގައި ވެސް ބުނީ ލޭނު އަޅަން ހުއްދަ ދިނުމާ އެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ގެއްލުންވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަން ޖަމިއްޔާތަކުން ފާހަގަކުރި އެވެ.

އެ ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި:

- ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ސަބަބުން މިހާރުވެސް އިންޑިޔާ ކަނޑުގައި އެކަށީގެންވާ ހައްދަށްވުރެ އިތުރަށް ބޭނޭ ކަންނެލިމަހާއި ހިބަރު މަސްތަކަށް އިތުރަށް ބުރޫއަރާނެ.

- ލޯބޮޑު ކަންނެލި، ރީނދޫއުރަހަ ކަންނެލި، ނޫމަސް ހިބަރު އަދި ގަޅިޖެހި ހިބަރުގެ އާބާދީތަކަކީ އެކަށީގެންވާ ހައްދައްވުރެ އިތުރަށް ބޭނޭ ނުވަތަ އެކަށީގެންވާ ހައްދަށްވުރެ އިތުރަށް ބޭނުމުގެ ނުރައްކާ ކުރިމަތިވެފައިވާ ބާވަތްތައްކަން.

- މިޔަރާއި، ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށް ވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް. ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލު އައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ

- މިބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ.

- މިޔަރާއި، ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށް ވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް.

- ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލު އައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ

- މި ބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރީނދޫއުރަހަ ކަންނެލި ބޭނޭ މިންވަރު ނުވަތަ ކޯޓާގެ ގޮތުގައި ރާއްޖެއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ދީފައިވަނީ އަހަރަކަށް 47000 ޓަނެވެ. ނަމަވެސް މިދިޔަ 10 އަހަރު ވެސް ރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30000 ޓެނެވެ. ލޯބޮޑު ކަންނެއްޔަށް އަހަރަކަށް ދީފައިވަނީ 2000 ޓަނުގެ ކޯޓާއެކެވެ.

މިނިސްޓްރީން ބުނީ ރާއްޖެއަށް ދީފައިވާ ކޯޓާއާ އެއްވަރަށް ރީނދޫއުރަހަ ކަންނެލި ނުބާނާ ނަމަ، އެ ކޯޓާ ކުޑަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ވެސް ދެކެވޭ ކަމަށެވެ. އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ކޯޓާތައް ކަނޑައަޅާފައިވަނީ ކަނޑުގެ ދިރުންތަކަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ ގޮތަށް ކަމަށާއި އެހެންކަމުން ކޯޓާއާ އެއް މިންވަރަށް މަސްވެރިކަން ކުރުމުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ލޭނު އަޅައިގެން ރީނދޫއުރަހަ ކަންނެލި ބާނަން ކޯޓާ ދޫކުރާނީ ވެސް 17000 ޓަނަށް އެކަނި ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. އަދި އެ ކޯޓާތައް އުޅަނދުފަހަރުން ޖެހޭނީ ގަންނަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

25 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

21 August 2024

މޮޅު ވާހަކަ ދައްކާނެ ކަމެއްނެތެވެ. ދިވެހި މަސްވެރީން ބާކީ ކޮށް ބިދޭސީން ނަށް ލޭނު އަޅަން ދެނީ އެވެ. ދިވެހި މަސްވެރީންނަށް ލޭން އަޅަން ހުއްދަ ދިނީމަ ތިޔަ ކޯޓާ ފުލް ކުރާނެ އެވެ.

The name is already taken The name is available. Register?

މ ވިލާ

21 August 2024

މަ ބުނީ ވެލާމަސް ކެއުން ހުއްޓާލައިގެން އުޅޭތާ ދިހައަހަރު މިހާރު ފެނުނު ކޮއްމެތާކުންވެސް ހިފައިގެން ކާއްވީތާދޯ ؟.

The name is already taken The name is available. Register?

އަބްދުﷲ މަޝްއޫދު

21 August 2024

ލޭން މަސްވެރިކަން ކޮށްގެން ނުހާލިކު ފައިދާ ބޮޑު ވާނެ. އެތައް ފައިސާއެއް ލިބިގެން ދާނެ މިކަމުން. މިކަން ހަމަ ކުރަން ވީ

The name is already taken The name is available. Register?

މަފާޒް ސަލީމް

21 August 2024

ސަރުކާރުގެ މިކަމަށް ހަމަ ފުރިހަމަޔަށް ތާއިދު. މިކަން ކުރަން ހުއްދަވެސް ދޭންވީ ހަމަ.

The name is already taken The name is available. Register?

ރޯޒާޕާރކްސް

21 August 2024

ކޮބާ އުތުރު މަސްވެރިންގެ ހައްގު މިއީ ނަސްލީ ތަފާތު ކުރުން ބާ އަނެއްކާ ކޮބައޭ އުތުރު މަސްވެރިންނަށް ހުއްދަ ނުދޭ ސަބަބަކީ

The name is already taken The name is available. Register?

ސަލީމު އިދުރީސް

21 August 2024

ސަރޫކާރުން ކުރާހުރިހާ ކަމަކައް ސަނާކިއަ ކަންވާގޮތައް ބާލާ އެއްޗެބުނީމަ ހީވަނީ ސަރުކާރާ ޖައްސާލަނީއޭ! ޖެހިން ހުރިގޭގަ ގަވާއިދާ ހިލާފަ މުޑިދާރުކޮއް ކަންމަތީފިހާރަޔައްލާ ކާއެތި ނުބެލޭބަޔަކައް ރާއްޖެއާ 100 މޭލު ދުރުގަ ކުރާކަމެއް ބެލޭނެތޯ!ތިކަމުން މަހުގެ ވަގުވިއާފާރިއައް ދޮރެއް ހުޅުވުންނޫން އިތުރު ކަމެއްނުވާނެ! ތިކަމުން އާންމު ރައްޔިތުންނައް ލިބޭ މަންފާއައްވުރެ ޓުއަރިޒަމުގަ ރާއްޖެއައް ލިބިފައޮތް ރީތިނަން ކިލަބުވެ ބޮޑުއަސަރުރާނެ

The name is already taken The name is available. Register?

މޯޑް

21 August 2024

ކޮބާ އުތުރުގަ ފަށާ ބަންކަރިން ހިދުމަތް. މިމަސް ވެސް މިއޮށް ނިމެނީ އޭ .....

The name is already taken The name is available. Register?

އެޑްމުންޑޯ

21 August 2024

ވިއްސާރަ ވީމާ ލަސްވަނީ ، އިރުވާ މޫސުމުގައި ފަށާނަން ، ކެއްކޮއްލާ

The name is already taken The name is available. Register?

ޖުނެއިދު.

20 August 2024

އަހަރެން ފުލް ތާއިދު ލޭން އެޅުމަށް.

The name is already taken The name is available. Register?

ޝިމްނާހް

20 August 2024

ސަރުކާރުގެ ސިޔާސަތު މިހުރީ ދެމެހެއްޓެނެވި ގޮތަށް ފައިދާ ވާ ގޮތަށް.

The name is already taken The name is available. Register?

ނޫނާ މުހައްމަދު

20 August 2024

ހުރިހާ ގޮތަކުން ވެސް އެއްމެނަށް ފައިދާ ވާ ގޮތަށް މިހެދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454