ށ. ކޮމަންޑޫގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތުގ އެއްބަސްވުމުގައި ސޮއި ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް
15 އޮކްޓޯބަރ 2025 - 09:02
ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް އަޅަން އެތިއޮން ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގިނަ އަދަދެއްގެ ޒުވާނުން ވެސް މަސްވެރިކަމުގައި އުޅޭ ކޮމަންޑޫގައި ކަންނެލީގެ މަސްވެރިކަން ވެސް ކުރެ އެވެ. އެކަމަކު ދޯނިތަކަށް ބޭނުންވާ އައިސް، ކައިރި ހިސާބަކުން ލިބޭނެ ގޮތެއް ނޯވެ އެވެ.
ދުރު ހިސާބުތަކަށް ދުއްވައިގެން އައިސް ހޯދަން ދިގު ދަތުރުތައް ކުރަންޖެހޭ ޝަކުވާއަށް ނިމުމެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކޮމަންޑޫގައި އައިސް ޕްލާންޓް އެޅުން ހަވާލުކުރީ ރައީސް މުއިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ކޮމަންޑުއަށް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ.
އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު އަބްދުﷲ އެވެ.
އައިސް ހޯދުމުގައި މަސްވެރިންނަށް ދިމާވާ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ގާއިމްމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިނިސްޓަރު ޝިޔާމް މީގެ ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްޓަފުޅިސް
15 October 2025
މިއީ ކޮންބަޔެއް އަނެއްކަ؟
ޝަހުޒާން މުހައްމަދު
15 October 2025
ތަރައްގީ މެކުހަށް ޖަހާފަ މިއޮތީ. ދެން ފެންނަނީ މިތަންތަން ނިމި ރައްޔިތުންނަށް މީގެ ނަފާ ލިބިގެން ދާތަން
މާނިއުު
15 October 2025
އެންމެ ފަހުން! މިއީ އަޅުގަނޑުމެންގެ މަސްވެރިންނަށް ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް. ހަމައެކަނި އައިސް އަޅަން ދިގު ދަތުރު ނުކޮށް ވާނެއްނު