ދިވެހި މަސްވެރިންތަކެއް ދޯންޏެއްގައި ތިބެ މަސް ބާނަނީ. --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ
30 އެޕްރީލް 2025 - 11:34
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާއިން ފެށިގެން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ދޫކުރަން ފަށާއިރު ރަހުނަކާނުލައި 300،000ރ. އާ ހަމައަށް ފެސިލިޓީސްތައް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސްވެރިންގެ ގައުމީ ދަފްރަތުގައި ރަޖިސްޓްރީ ވެފައިވާ މަސްވެރިންނަށް ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު މިނިސްޓްރީން ބުނީ ފާސަނަލް ފައިނޭސިންގެ ގޮތުގައި ދޫކުރަނީ 10،000ރ. އާއި 300،000ރ.އާ ދެމެދު އަދަދެއް ކަމަށެވެ.
ބީއެމްއެލް އިން ކުރިން ބުނެފައި ވަނީ މަސްވެރިންގެ އާމްދަނީ އެ ބޭންކަށް އެނގެން ހުންނާނެ ކަމަށާއި ފައިނޭންސިން ފެސިލިޓީތަކަށް ޝަރުތު ހަމަވޭތޯ ބަލާނީ މަހެއްގެ މައްޗަށް އެވްރެޖުކޮށް ލިބޭ އާމްދަނީއަށް ބެލުމަށް ފަހު ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީސް ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވައިގެން.
ފަސް އަހަރަށް ބަހާލައިގެން ދެއްކޭ ފައިނޭންސިން ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓެވެ.
އިންޓަނެޓް އަދި މޮބައިލް ބޭންކިންގް އެޕްލިކޭޝަން މެދުވެރިކޮށް މި ފެސިލީޓީތަކަށް ހުށަހެޅޭނެ އެވެ. މިކަމަށް އިކުއިޓީ އަދި ސެކިއުރިޓީއެއް ވެސް ބޭނުމެއް ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ބީއެމްއެލްއިން ލޯނު ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ މިހާރު ދަފްތަރުގައި ގާތްގަނޑަކަށް 95 ޕަސެންޓު މަސްވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތައް އަވަހަށް ރަޖިސްޓްރީވުމަށް އޭނާ ގޮވާލެއްވި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
މިނިސްޓަރު ވިދާޅުވީ ދިވެހިން މަސްވެރިކަމުގައި ދެމިތިބުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެ ދާއިރާގައި މީހުން ދެމި ތިބުމަށް މިފަދަ އެކި ލުއިތަކުގެ ބޭނުން ބޮޑު ކަމަށެވެ.
އެ ފެސިލިޓީތައް ދޫކުރަން ފެށުމުން ބީއެމްއެލްގެ ޕާސަނަލް ފައިނޭންސިން ފެސިލިޓީ އާއި ގެދޮރުވެރިކަމަށް ދޫކުރާ ތިން ފައިނޭންސިން ފެސިލިޓީ އާއި އާއިލާގެ ފަރާތަކަށް ކިޔެވުމަށް ދޫކުރާ ލޯނު އަދި ކްރެޑިޓް ކާޑަށް ވެސް އެޕްލައި ކުރެވޭނެ އެވެ.
މި ފެސިލިޓީތަކުގެ ރީޕޭމަންޓަށް މަސްވެރިކަން ދަށް ސީޒަންތަކުގައި މަދުން ދައްކަން ޖެހުނު ނަމަވެސް އަހަރެއްގެ މައްޗަށް ދައްކަން ޖެހޭ އަދަދަކީ އެފަދަ ފެސިލިޓީތައް ނަގާ އެހެން ފަރާތްތަކުން ވެސް ދައްކަން ޖެހޭނެ އަދަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމްބެ ގެ ކޮއްކޮ
30 April 2025
މަސްވެރިން އެކަނިތަ މި ގައުމުގަ ހަލާލު މަސައްކަތް ކުރަނީ؟؟؟؟؟؟
ހަނބޯސ
30 April 2025
15 މާ ބޮޑު 9 ވަރ
ގޮނުއަނގަ
30 April 2025
"ފަސް އަހަރަށް ބަހާލައިގެން ދެއްކޭ ފައިނޭންސިން ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓެވެ." ޕާސަނަލް ވީމާތޯ އެހެން ހުރިހާ ލޯނަކަށްވުރެ މަސްވެރިންނަށް އިންޓަރެސްޓް ބޮޑުކޮށްލީ.
ޔޫހާން
30 April 2025
މަ މަހަށް ނުދާތާ ވަރަށް ޒަމާން ވެއްޖެ. މި ސަރުކާރު އައިފަހުން މަހަށް ނުދާ އެންމެ ދުވަހެއްވެސް ނުދާނެ. ހުރިހާ މަހެއް ކިރާލެވޭ. ލާރި ލިބޭ މިހާރު
ޒިލާލް
30 April 2025
މީން ޒަމާނެއްގަ ވެސް ނުލިބޭ ފަދަ މޮޅުތަކެއް މިހާރު މަސްވެރިންނަށް މި ލިބެނީ ސަރުކާރުން މަސްވއެރިންނަށް ވެފަވާ ވައުދުތައް ފުއްދަވަމުން ދާތީ
ރިއްޕޭޭ
30 April 2025
ޝިޔާމް މީ މޭން އެކޭ. ރައީސް މުއިއްޒު ބުނާ ގޮތަށް ކަންކަން ކުރިޔަތް ގެންދަން އިނގޭ މިނިސްޓަރެއް ސިޔާމް މީ
އިލްހާމްް
30 April 2025
ފުރަތަމަ ފަހަރަށް ސަރުކާރަކުން މަސްވެރިން ބަލައިގަންނަން ޖެހޭ ވަރަށް މި ބަލައިގަތީ
ކުޑަސޮރު01
30 April 2025
ބަލަ ތިން ލައްކަ ރުފިޔާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށް ކަަށަވަރު ވެފައިވާކަން ޔަޤީންވުމުން ބޭންކްގައި އެކައުން އޮންނަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބޭ އެއްޗެއްނޫންބާ - އިންޓަރެސްޓް ގެ މިންވަރު ވެސް ބުނެލިނަމަ ރަނގަޅުވީސް
އިރުޝާމްް
30 April 2025
އޮޑިވެރިއަކަށްނު ވާންވީ. މި ސަރުކާރުން އެންމެ ބަލާ އެއް ސިނާއަތަކީ މަސްވެރިކަން. ހާދަހާ މޮޅެތި ގޮތްގޮތޭ މި ވަނީ މަސްވެރިއަކަށްވީމަ
މައްކޫ
30 April 2025
ރަނގަޅު ފެށުމެއް، ރާއްޖޢގއ ހަޤީޤީ ލޭ ނާރަކީ ޔަޤީގުންވެސް މަސްވެރިކަން، އެކަމަކު ބޭންކް ތަކުން ދޭ ޓޯޓަލް ލެންޑިންގް ގެ 5% ވެސް މަސްވެރިކަމަކަށް ނުދޭ، ދެރަ ދޯ؟ ކޮބާ އެބުނާ އމޑޕ މީހުން.