ޚަބަރު / ރައްޔިތުންގެ މަޖިލިސް

ޝަމީމް ހާޒިރުކުރި ކޮމިޓީ ސިއްރު ކުރި މައްސަލާގައި ދެ ފަރާތުން ހޫނު ރައްދެއް!

މެންބަރު ނާޒިލް: ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީއިން ނިންމީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވި

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި މައްސަލާގައި އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެއްބަޔަކު އަނެއް ބަަޔަކަށް މަޖިލިހުގެ މިރޭގެ ޖަލްސާގައި ރައްދު ދީފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ޝަމީމް މަގާމުން ވަކިކުރުމުގެ ކަންކަން ހިނގައި ދިޔައީ މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ނިންމީ އުސޫލާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްގެން ޝަމީމަށް ޖަވާބުދާރީވާން ފުރުސަތު ދިނީ، އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންފައިވަނިކޮށެވެ. ނާޒިލް ވިދާޅުވީ ބައްދަލުވުން ސިއްރު ކުރަން ނިންމީ އެ ކަން ކުރެވޭނެ ކަމަށް ގަވާއިދުގައި ކަމަށް ބަޔާންކުރާ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންކަމުން ކޮމިޓީގެ ރިޕޯޓްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"ވަރަށް ސަރީހަ އިބާރާތުން މި ގަވާއިދުގައި ލިޔެފައި މި އޮތީ ކޮމިޓީތައް ސިއްރު ކުރެވޭނެ ގޮތް. މިފަދަ ހާލަތަކަށް ބަންދު ކުރެވޭނެ ކޮޓަރިއެއްގައި މިނިވަންކޮށް މަސައްކަތް ކުރަން ހުންނަ މީހަކު ގެނެސް ސުވާލުތައް ކުރުވާ، މި ފްލޯއަށް ގެނެސް މިދަނީ ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލްގެ އެ ވާހަކަތަކަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީމުބާރަކު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ޝަމީމް މަގާމުން ވަކިކުރަން ނިންމި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ގަވައިދާ އެއްގޮތަށް ކަމަށެވެ. ކޮމިޓީ ސިއްރު ކުރީ އެކަމަށް ހުށަހެޅި، އެކަން އަޣުލަބިއްޔަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވި ގޮތުގައި ކޮމިޓީ ސިއްރު ކުރަން ނިންމީ ޝަމީމް ފަލީހަތް ވެދާނެތީ އެވެ. މީހަކު ފަލީހަތް ވެދާނެ ހާލަތެއްގައި ބައްދަލުވުން ސިއްރު ކުރެވިދާނެ ކަމަށް ގަވައިދުގައި ބަޔާންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީމަށް ތުހުމަތު ކުރެވޭ މައްސަލާގައި ވަރަށް ގިނަ ބައެއްގެ ޒާތީ މައުލޫމާތު ވެސް ހިމެނޭ ކަން ހުސްނީ ފާހަގަކުރެއްވި އެވެ. ޝަމީމް މީގެ ކުރިން ކޮމިޓީ އަށް ހާޒިރުކުރި ބައްދަލުވުމުގައި ވެސް އޭނާ ބައެއް މައުލޫމާތުތައް ހާމަކުރެއްވީ ބައްދަލުވުން ސިއްރު ކުރުމުން ކަމަށް ހުސްނީ ވިދާޅުވި އެވެ.

މަޖިލިހުގެ މިރޭގެ ޖަލްސާ ފަށައި ވޯޓާ ހަމައަށް ދިޔައިރު ވެސް ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، އެ ޖަލްސާގައި ވަނީ ޝަމީމް މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ. މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވިދާޅުވީ، ޝަމީމްގެ އިސްތިއުފާގެ ސިޓީ ވޯޓާ ހަމައަށް ދިޔައިރު ވެސް ރައީސް އޮފީހަށް ނުލިބޭ ކަމަށެވެ.

އެކަމަކު، ޝަމީމް މީޑިއާގައި ވިދާޅުވަނީ މިރޭގެ ޖަލްސާ ފެށި ފަހުން އީމެއިލް މެދުވެރިކޮށް އެ ސިޓީ ފޮނުވި ކަމަށެވެ.

މިރޭގެ ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޝަމީމް ވަނީ ޕީޖީ އޮފީހުން ނުކުމެވަޑައިގެންފަ އެވެ. އޮފީހުން ނުކުމެވަޑައިގެންނެވިއިރު، ޕީޖީ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރަތް ދޫލައިގެ އަލްވަދާއު އެއް ޝަމީމަށް ކިޔާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.

މިރޭގެ ޖަލްސާ ފެށުމުގެ ކުރިން މީޑިއާ އަށް ދޫކޮށްލެއްވި ބަޔާނެއްގައި ޝަމީމް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމްގެ ބަޔާނުގައި ވެ އެވެ.

ޝަމީމް މަގާމުން ވަކި ކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ މައްސަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން ޝަމީމަށް ވަނީ ތުހުމަތުތަކެއްކޮށްފަ އެވެ.

ޝަމީމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރާއި އަށް މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔައީ ގާނޫނުއަސާސީ އާއި، ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއްވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.

"އަޅުގަނޑަށް ނުފޫޒު ފޯރުވުމަށް އެކި ބޭފުޅުން ސީދާގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރެއްވި ނަމަވެސް، އަޅުގަނޑުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެ،" ޝަމީމް ވިދާޅުވި އެވެ.

9 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުދައްކާވާހަކަ

23 August 2024

މިސަރުކާރު އަދި ކުރީސަރުކާރުން ވެސް ނުދައްކާވާހަކަ އަކީ އަދީބު ގޭގައިބާވާފަ ފުރުވާލިގޮތް. ސަމީމު އަދީބުގެ ލޯޔަރަކަށް ހުރެފަ ކުއްލިއަކަ ޕީޖީއަކަށް ވީގޮތް. އަދީބު ސިޔާސީވެރިންނާ ކޮންޑީލެއްބާ ހަދައިން މިއުޅެނީ؟ މިކަން ސާފުކޮށްލެވޭނެ ގޮތެއް ވާނެބާ؟

The name is already taken The name is available. Register?

ޛަހާންގިރު

23 August 2024

މީނާ ނަހަދާނެ ތެދެއް. ރިސޯޓް ކުދިން ނައިޓައް ފޮނުވުމުގަ 5 އަހަރު ދުއްވާލި. ހަމަ ބުހުތާން ދޮގު ހެދުން ނޫން ދެވަނަ ކަމެއް މި 5 އަހަރުވެސް ހިޔެއްނުވެ އޮންނާނެ ހެނެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 August 2024

މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމަކަށް ހިންގާންޖެހޭ ދައުލަތެއްގެ 3 ބާރުންކުރެ ވެރިކަން ހިންގާ ބާރުގެ ވެރިޔާ "ރައްޔިތުންގެ ވޯޓުން" އިންތިޙާބު ކުރުމަކީ އަދި މިދެންނެވި ވެރިޔާ ބައިވެރިވެވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ އެއްވެސް ޙާލެއްގައި "ހިތަކަށް" ވެރިމީހާއަށް ދައުލަތް މިލްކު ކޮށްދިނުން ކަމަށް ހީކޮށް ޤާނޫނުއަސާސީއާއި ދައުލަތުގެ ޙާއްސަ ބާރުތަކުގެ މައްޗަށް އެބޭޅާގެ ނުފޫޒު މަތިކުރާން ރައްޔިތުން ޖާގަދިނީކަމަށް ހީކޮށްގެން ނުވާނެ އިގޭތޯ.

The name is already taken The name is available. Register?

ކުޑައަލީ

24 August 2024

އަލިދީދީއަށް ވަރަށް ސަލާމް......... ސަތޭކައިގެ ވާހަކައެއް

The name is already taken The name is available. Register?

އެހެނަސް

23 August 2024

ނިމިދިޔަ ސަރުކާރުން ކިތައް ކަންތައްތޯ ތިބޭފުޅާއައް ނުފޫޒު ފޯރުވައިގެން ނިންމީ އޭގެ ކުޑަ މިސާލެއް ޔާމީނުގެ ޝަރީއަތް އަދި އޭނަ ރަޔާސީ އިންތިހާބުން މަހުރޫމްވާ ގޮތައް ހުރިހާ ކަމެއް މަގުފަހި ކުރުވީ ވެސް

The name is already taken The name is available. Register?

ދޮންހުސޭނު

22 August 2024

2028 އަށް ދޮންކުރާ ކެކުރިއެއް. މީނާ މިއީ ނައިބު ރައީސަށް ނޫނި ރައިސަކަށް ލާނެ މީހެއްހެނ ްއެބަހީވޭ

The name is already taken The name is available. Register?

ހައްގުތެދެއް

22 August 2024

ޝަމީމަށް ރަތްދޫލަ ގެނައި މީހުންނަކީބދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ބައެއް ފިޔަވަޅު އަޅަންޖެހޭ. ނުކުމެ ވަޑައިގަތީ އިސްތިއުފާއަށްފަހު ރަތްދޫލަ ބޭނުންހިފީ އުސޫލާ ޚިލާފަށް

The name is already taken The name is available. Register?

Hurihaa ކަމެއް ރަނގަޅެއް ނުވާނެ

23 August 2024

ޜަތްދޫލައިގެ އަލްވިދާއު އަކާ މަރުބާ އަކުން ނޫން މީހާގެ ފެންވަރު އެނގިގެން ދަނީ . ޢެމީހަކު ކޮށްފައިވާ ކަންތައް ތަކުގެ ފެންވަރުން..ޝަމީމަކީވެސް މެދުތެރޭގަ ނުފޫޒުން ފިތިފަ ހުރެގެންވެސް އެތަން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރެއްވި ބޭފުޅެއް...

The name is already taken The name is available. Register?

ޑޯޑީ

23 August 2024

ރަތްދޫލަ ގެނައީ ކެފޭ އޯނަރު އަމިއްލަ ހަރަދުގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454