އަލިފާން
09 ސެޕްޓެމްބަރ 2024 - 15:08
އެ ސަރަހައްދުގެ މަގުމަތީގައި އުޅުނު ބިދޭސީ އަންހެނަކާއި ފިރިހެނަކަށް ދުމުގެ އަސަރު ކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނި.
އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައި. އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވޭ. އަލިފާން ރޯވި ކެފޭ ހަދާފައި ވަނީ މުޅިން ވެސް ޓިނު ބޭނުންކޮށްގެން.
އަލިފާންްގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ.
އަލިފާންްގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ.
ދޫހިމެރިގޭގައި ހިންގާ ކެފޭގެ މަތީބައިގައި ރޯވެ އަނދާފައި.
ދޫހިމެރިގޭގައި ބިދޭސީން ހިންގާ އެ ކެފޭގެ މަތީބައި ބޭނުންކުރަނީ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި. ކެފޭ ހިންގަނީ އެ ތަނުގައި ގްރައުންޑް ފްލޯގައި.
ކެފޭގެ މަތިން އަދިވެސް ކޮންމެވެސް ވަރަކަށް ހުޅުގަނޑު ފެނޭ. ކެފޭގެ ފަހަތުގައި ހުރި ގޭގައި ވެސް ކުޑަކޮށް ހުޅު ހިފާފައިވާ ތަން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފެނޭ.
އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންނާއި ފަޔާމަނުން އަދި އާންމުން ހަރަކާތްތެރިވަނީ.
އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އެ ސަރަހައްދުގެ ގިނަ ގެތަކުން މިހާރު ވަނީ މީހުން ނެރެފައި. މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވާތީ ބޮޑަށް ހުރީ ދުމުގެ އަސަރު.
ރޯވެފައި ވަނީ ގާމަގު ކެފޭގެ މަތީ ބައިގައި. ތިން ބުރިއަށް ހުރި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައި.
މާލޭގެ ސޯސަން މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ރޯވެ އަނދަމުން އެބަދެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ހ. ދޫހިމެރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މެންދުރު 2:40 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެކަމަކު އަލިފާން ރޯވެ އަނދަމުންދާ ތަނުގައި މީހުން ތިބި ކަމެއް ސާފެއް ނޫނެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހަައްދަށް ވަރަށް ބޮޑަށް ދުންގަނޑު ފެތުރެމުން އެބަދެ އެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އެބަދޭ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވެސް މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފާ
09 September 2024
ބިދޭސީންނަށް ކެފޭ ހިންގަން ހުއްދަ ލިބުނީ ކިހިނެއް؟ އެމީހުން ހާލުގައި ޖެހުމުން ޑިޒާސްޓަރ މެނޭޖްމަންޓުން އެމީހުންނަށް ޚަރަދު ކުރަންވީ؟ ޤައުމު އޮތް ހާލަތު މީ
ބަރާންޗް
09 September 2024
ދެން އަވަހަށް ހުރިހާ ކެފޭތަކެއް ބަންދު ކޮއްލާ….ނޫނީ މާލޭގައި އަލިފާން ގެންގުޅުން މަނާކުރޭ….
އަސްއަސް
09 September 2024
ކަލޭ ހަމައިގަތަ؟
އާދަނު33
09 September 2024
ޓިނުކެފޭ.. ހާދަދެރައޭ.. މިފަދަ ތަންތާ ކެފޭ ހިންގަން ހުއްދަދޭތީ ދެރައީ.
މިހާލު
09 September 2024
ޥ ދެރަ .