ޚަބަރު / ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ

ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ފްލެޓް މައްސަލާގައި ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވާހަކަދައްކަވަނީ: އެ ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައި..-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ހައުސިން މިނިސްޓްރީން މިއަދު ފަސްކޮށްފި އެވެ.

މުއްދަތެއް ނެތް ގޮތަށް އެ ލިސްޓު ނެރުން ފަސްކުރިއިރު، މީގެ ކުރިން ފްލެޓް ލިސްޓު ނެރުމަށް އެތައް މުއްދަތެއް ދިނެވެ. އެންމެ ފަހުން މިނިސްޓްރީން ބުނި ގޮތުގައި މި ހަފުތާ ނިމުމުގެ ކުރިން އެ ލިސްޓު އާންމުކޮށް، ޝަކުވާ އަށް ހުޅުވައިލާނެ އެެވެ.

ހައުސިން މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ކަމަށް މިދިޔަ އަހަރު އިއުލާންކުރި ދާއިމީ ލިސްޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިނިސްޓްރީ އަށް އަންގާފައިވާ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން އެކުލަވާލާފައިވާ ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމުން އެ މަސައްކަތްތައް ނިންމާލުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.

އެކަމަށް އިތުރު ވަގުތު ހޭދަވިޔަސް ސަރުކާރުގެ މަގްސަދަކީ އެ ފްލެޓްތައް ހައްގުވެރިންނަށް ލިބޭތޯ ކަށަވަރު ކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މި މަސައްކަތަށް އިތުރު މުއްދަތު ދިޔަ ކަމުގައި ވިޔަސް ސަރުކާރުގެ މަގްސަދަކީ މި ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމާ އެކު މި ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ކަށަވަރު ކުރުމެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ވަނީ ސްކީމުގެ ވަގުތީ ލިސްޓު ރި-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް އެ މަސައްކަތްތައް ނިމުމުން ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ.

ގާތްގަނޑަކަށް މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ އެ ފްލެޓުތަކަށް ހުޅުވައިލި މުއްދަތުގައި ކުރިމަތިލި 20،697 މީހުންގެ ތެރެއިން 18،167 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީގެ ސަރުކާރުން އޮތީ ބުނެފަ އެވެ.

އެކަމަކު، ފްލެޓުތަކާ ގުޅިގެން އޭސީސީ އަށް ހުށަހެޅި ޝަކުވާތަކާ ހެދި ކުރި ދެ މަސް ދުވަހުގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. އެއީ ހައްގުވެރިންނެއް ނޫން ކަމަށް އޭސީސީން ބުނެފައި ވެ އެވެ.

އެހެންވެ، އޭރު އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ފްލެޓް ލިސްޓު އަލުން މުރާޖައާ ކުރާށެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، އެ ކަމަށް ހައްލެއް ހޯދުމަށް ހުޅުވާލި މި ފްލެޓްތަކަށް ދޭނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް އެކަންޏެވެ.

މި ތަނުގައި ހިމެނެނީ ތިން ކޮޓަރީގެ 2،712 ފްލެޓާއި ދެ ކޮޓަރީގެ 1،188 ފްލެޓްގެ އިތުރުން އޭރު ކަސްޓަމްސް އަށް ހާއްސަކުރި 100 ފްލެޓެވެ.

174 ކޮމެންޓް, 122 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 1%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަން

18 November 2024

ތިވަރު ރަނގަޅޭ

The name is already taken The name is available. Register?

ފަރީދު 9871

17 November 2024

މި މިނިސްޓާރ ޖެހޭނެ ލަދު ގަންނަން ރައްޔިތުން ކުރި މައްޗަށް ނިކުމެ ވާހަކަ ދައްކަން

The name is already taken The name is available. Register?

ޤާދިރު.

17 November 2024

އެއްވެސް އެއްޗެއް ބަލާނެ ކަމެއްނެތް. ކ.މާލޭގައި މިހާރުވެސް ގެދޮރު ހުރި މީސްމީހުން ބަލާަފައި އެމީސްމީހުނަށް ތިތަންތަން ދޫކޮށްލާ. އޭރުންދޯ މާލޭގެ ގެދޮރުގެ ކުލި ނުވެއްޓި އޮންނާނީ.

The name is already taken The name is available. Register?

ނަން..

17 November 2024

އެވެސް ހިލޭ ބިން ދިން ކުދިން ބަލާފަ އެ ކުދިން ލައިގެން ދޭންވީ

The name is already taken The name is available. Register?

ރޭސިސްޓުދެކުނޭ

17 November 2024

މާލޭގައި މިހާރު އެންމެ ގިނައީ ދެކުނުގެ ރަށްތަކުގެ ރިއަލްސްޓޭޓް ވިޔަފާރި ކުރާ މީހުން.. ނަން މިވަނީ މާލެ މީހުން..

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

17 November 2024

ކަލޭމެން ރަށްރަށުގެ ގޮލައިން ރަށުގަ އޮތް ގޯތި ފަޅުކޮއްފަ މާލެއައީމާ އަހަރުމެން ހަމަ ކުއްޔަށްދޭނީ! ނުހިފާނުކެރޭނެ! ނޫނީ ރަށައްކަނޑާލާ!

The name is already taken The name is available. Register?

ހަސަން

17 November 2024

ދެން އެހެންވީމަ 5 އަހަރު އެފޯމް ޗެކުރަން ބޭނުންތޯ, ކަލޭހަމަތަ,

The name is already taken The name is available. Register?

ޜއްތ

17 November 2024

ރައްޔަތުމީހާ ކުރިމަތީ އަގުތިވެއްޓުނީ ދެންބަލައެއް ނުގަންނާނެ

The name is already taken The name is available. Register?

ވޯލް

17 November 2024

ހައިދަރުގެ ނަމުގެ ފަހަތައްވެސް ޕީއެޗްޑީ ލާންވީ.365 ދުވަސް ވިއިރު، ލިސްޓުގަޑެއް ފައިނަލް ނުކުރެވުން.

The name is already taken The name is available. Register?

ފެންނަގޮތް

17 November 2024

ސައްހަ ކަމަށް ބުނާ އެއްޗެހެި ދޭން ވީނުން. އަލުން ސަރުތު ހަމަވޭތޯ ބަލާހާ ދުވަސް ވެސް ވެއްޖެ ނުން.

The name is already taken The name is available. Register?

ޖާބެ

17 November 2024

ތިބޭފުޅާ ހަމަތޯ

The name is already taken The name is available. Register?

އިފްހާމްް

17 November 2024

އެއްވެސްކަހަލަ އިންސާފެއްނެތި އެމްޑީޕީއިން ހިތުހުރިހާ ބަޔަކަށް ފްލެޓް ބަހާ ހީކޮށްގެން ނުވާނެ މި ސަރުކާރުން އެކަންކަން ނުބަލާ ނިންމާލާނޭ. ބަލަ އެތަށް ރައްޔިތުންގެ ހައްޤަށޭ އެމްޑީޕީއިން އަރާފަ އެއޮތީ.

The name is already taken The name is available. Register?

ލަމާންް

17 November 2024

ސަރުކާރުން މިކަން ލަސްކުރަނީ ވީހާވެސް އިންސާފްވެރިކޮށް މިކަން ނިންމުމަށް. މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ. ކުޑަކުއްޖަކަށްވެސް އެނގޭ މި ލިސްޓަކީ ވަގު ލިސްޓެއްކަން.

The name is already taken The name is available. Register?

7000

17 November 2024

ކަލޭމެން ތިޔަބުނާ އިންސާފު އެއްއަހަރުވީއިރު ފެނިއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454