ގދ. ތިނަދޫ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައާ ގުޅިގެން އެ އިދާރާއަށް ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ތިނަދޫ ކައުންސިލް
27 ޖެނުއަރީ 2025 - 13:12
ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ނަމަވެސް އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ނަމުގައި ބަޔަކު ތިނަދޫ ސިޓީ ކައުންސިލަށް ވަދެ، ގިނަ އަދަދެއްގެ ތަކެތި "ވަގަށް ނަގާފައިވާ" ކަމަށް ބުނެ އެ ކައުންސިލުން ކުރާ ތުހުމަތާ ގުޅިގެން، އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.
ނަމަވެސް، އެކަމުގައި ތިނަދޫ ސިޓީ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭސީސީން ބުންޏެވެ.
އެކަމަކު، ގާނޫނުއަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް،" އެ ބަޔާނުގައިވެ އެވެ.
އޭސީސީން ލިޔުންތައް ގެންގޮސްފައި ވަނިކޮށް، ތިނަދޫ ކައުންސިލުން ވަނީ އޭސީސީގެ ނަމުގައި ބަޔަކު އެތަނުން ވައްކަންކުރި ކަމަށް ބުނެ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
އޭސީސީގެ ބަޔާނުގައިވަނީ އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރާ ދޮގު ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށާއި އަދި އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ތިނަދޫ ކައުންސިލާ ގުޅޭގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލެއް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ. އަދި ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެފައިވަނީ ހެކި ނައްތާލުމުގެ ބިރު އޮތުމުންކަން ވެސް އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޤްލީ
28 January 2025
އޭސީސީއަކީ އެވަގުތަކު ތިބޭ މެންބަރުންގެ ވަޒީފާގެ މަސްލަޙަތު ހިމާޔަތްކުރަން ސިޔާސީ ޑްރާމާ ކުޅޭކަމަށް މަޝްހޫރު ބަޔަކެވެ.
މޭޔަރު ސައުދު
27 January 2025
ތިނަދޫ ސިޓީ ކައުންސިލް. ނޮޓް ތިނަދޫ ކައުންސިލް. ރަނގަޅު ކޮށްލާ.
އޮޅިވާލި ސިޓީ ސްޓޭޓަސް
28 January 2025
މާ ދެން ސިޓީ ހެދޭނެ ކަމެއްނެތް. އެވެސް އޮޅުވާގެން މަރުވެފަ ތިވި މީހުންވެސް ލައިގެން އަދަދު ހަމަކުރީ
ތިނަދޫ1
27 January 2025
ކޮންމެސް ބޮޑު ޖަރީމާއެއް ފޮރުވަނީ ޔަގީން
އައުޓް
27 January 2025
އަސްތާ މިކަމުން ފޯކަސް×ދުއްވާލަން ދޯ ރޯދަމަހު މުނިފޫހި ފިލުބުން މަނަލޭ ކިޔާފަ ފާޑެއްގެ ބަޔާނެއް ނެރުނީ. ކޮރަޕްސަންގެ މުޑުދާރުު ވަސް އެބަދުވާ. ކައުންސިލަރުން އިސްތިއުފާ!!!
ގޮހެލެކަލޯ
27 January 2025
ހަވަރު ތިނަދޫ ތަ، ތިހިން ވެދާނެ،
ބޭކާރު
27 January 2025
އައްޑޫ ކައުންސިލަކީވެސް އެއްވެސްކަމެއް ކުރާތަނެއްނޫން
ތިނަދޫ ކައިންސިލް އައުޓް
27 January 2025
މިވަރުގެ ބަޔަކު ރައްޔިތުންނަށް މި އަންގަނީ ރޯދަ މަހު މުނިފީހި ނުފިލުވާން. ދީނުގައި ވައްކަމާ ކޮރަޕްސަން ހުއްދަތަ؟؟؟ ލަދުން ބޯހަލާކު
ލަދުވެތި
27 January 2025
އަސްލު އެއީ މި ވައްކަމުގެ ހަބަރުގެ ފޯކަސް ދުއްވާލަން ރާވައުގެން ހިންގި ކަމެއް. ނުބައި ގޮތުގައި ދީން ވެސް ހަތިޔާރަކަށް ނެގީ. ކޮރަޕްޝަން ފޮރުވޭނެ ކަމަށް!
މަ ބުނީ
27 January 2025
އަހުރެން ތެދަށްބުނަމެ އޭސީސީގެ މިހާރުގެ ރަޢީސްއަށް އިހުލާސްތެރި ހެޔޮނިޔަތެއްގައި އެއްވެސްކަމެއް ކުރެވިދާނެކަމަކަށް އަހުރެން ގަބޫލެއްނުކުރަމެ އެއީ އެތައްހާސްރައްޔިތުން ހަންގު ބޯހިޔާވެހިކަމުން މަހުރޫމްކޮއްލި އަނިޔާވެރިއެކެވެ !
ދުއްރާ
27 January 2025
އެކަމަކު ފިސާރި ދީންވެރި ބައެއް ތިިއީ. ރޯދަ މަހު މުނިފޫހިފިލުވުން ވެސް މަނާކޮށްފި. ވައްކަން ކުރުން ބަރާބަރު
ހުރުކު
27 January 2025
ތި ކައުންސިލުގައި ގިނަވާނީ ވަގން،ތިޖޫރީގެ ތަޅުދަނޑި އޮތީ ކާކުގެ އަތުގަ ތޯ ކައުންސިލު މެމްބަރުންނާ ސުވާލު ކޮށްލާ،ވ ފުރިހަމަ އަށް ތަހުގީގަށް ކަށަވަރު ވާނެ ހުރިހާކަމެއް