ތިނަދޫ ހައުސިން ޔުނިޓްތައް
01 ފެބުރުއަރީ 2025 - 14:30
ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ހުޅުވާލި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
އެ އިއުލާން ބާތިލުކުރަން އަންގައި، ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީއެއް "މިހާރު"އަށް ވަނީ ލިބިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި ތިނަދޫގެ މޭޔަރު ސައުދު އަލީ އަށް ފޮނުއްވި އެ ސިޓީގައި ވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އިމާރާތްކުރުމާއި ދޫކުރުމުގެ މަސައްކަތްކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިފައިވާ ކަމެއް ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ހަވާލުކުރަނީ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ދޭ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
އެ ސިޓީގައި ބުނި ގޮތުގައި، ތިނަދޫގައި މިހާރު އިމާރާތްކުރަމުން އަންނަ 200 ހައުސިން ޔުނިޓަކީ ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ތަނަކަށް ވާތީ، އެ ތަންތަން ދޫކުރުމަށް އިއުލާންކުރުމުގެ ކުރިން، އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިއަށް ގެންދަން ވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން އާންމުންނަށް ހުޅުވާލީ މިނިސްޓްރީއަށް އެންގުމެއް ނެތި އަދި ހުއްދަ ހޯދުމެއް ވެސް ނެތި ކަމަށް އެ ސިޓީގައި ބުންޏެވެ.
އެހެންވެ، މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލްކުރަން ތިނަދޫ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވފނކލ
02 February 2025
ދިވެހި ދައުލަތް ރާއްޖެތެރެ މީހުންދެކެވާ ލޯބި މިފެންނަނީ! ސާބަހޭ! އަޅުވެތިކަންމަތީ އަބަދށް. ޝުކުރިއަޔާ ރައީސް މުއިއްޒު. އިސްވެދިޔަ ރައީސުންނެކޭ އެއގޮތައް ރައީސް މުއިއްޒުވެސް ހަބޭސް! ރާއްޖެތެރެ މީހުން އަޅުވެތިކޮއްފަ ބަހަޓާ! ސާބަހޭ!
އިންބާ
02 February 2025
ކައުންސިލަކީ ރައްޔިތުންގެ ވޯޓުން ހޮވާފަ ތިބި ބައެއް. ރައްޔިތުންގެ ކަންކަން ނިންމަން ކުރަން ޖެހޭ އިއުލާނާއި ކުރަން ޖެހޭ އެންމެހާ ކަންކަމަކީ ސީދާ ކައުންސިލްގެ އިޚުތިޔާރުން ކުރަން ޖެހޭ ކަމެއް. ގޯސްކޮށް ފުލެޓެއް ނުވަތަ އެނިންމި ނިނުމުމެއް ގޯސްވެއްޖެނަމަ ބަލަން އެންމެ ރަނގަޅު، އިހުޒަމާނުގެ އެޓޯލް މިނިސްޓްރީގެ އުސޫލު މިކަމަށް ވަނީމާ ލާމަރުކަޒު ކަން އެބަ ގެއްލިގެންދޭ.
ސަސއއް
02 February 2025
ސަރުކާރުން ބައެއްގެ ޓެކްސް ލާރިން އަޅާދީފައިވާ ތަނެއް ދެވޭނީ ދައުލަތުން ހަދާ އުސޫލުތަކެއްގެ ދަށުން އިންސާފުވެރިކޮށް. އެހެން ނޫނީ ކައުންސިލުން އަމިއްލައަށް ހައުސިންގ މަޝްރޫޢުތައް ހިންގާނީ.
ކުދުބެއްޔާ
01 February 2025
ތިނަދޫގައި ތިނަދޫ ކައުންސިލްގެ އިހުތިސާސް ތެރޭގައި ނުހިމެނޭ ގެދޮރު އިމާރާތްކުރުމަކީ ލާމަރުކަޒީގެ ލާމަސީލު މިސާލެކެވެ.
ކޮމަންޓާ
01 February 2025
ލާމަރުކަޒީ ވާނީ މިވަރަކަށް. ކައުންސިލުން ކުރާ އަދި ކުރެވިދާނެ ކަންކަމަށްވެސް އަތް ބާނަނީ. މައްސަލައަކީ ކައުންސިލަށް ސަރުކާރުގެ މިނިސްޓްރީ އާއި ދާއިރާގެ މެންބަރުގެ ބާރު ނެތުން. އޮތްނަމަ، އޯކޭ ވީސް.
މުލޭ
01 February 2025
ކައުންސިލަކީ ވަކި ސަރުކާރެއްނޫން. ކައުންސިލުން ވެސް ކަންކަންކުރަންވާނީ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް. މިނިސްޓްރީގެ ނިންމުން ރަނގަޅު.
ފާޅުގަދެކޮޅު
01 February 2025
ސަރުކާރުން ތަރައްގީއަށް ހުރަސް އަޅާތަން އެފެންނަނީ. ދެން ތިކަން އޮންނާނެ ކައްުންސިލް އިންތިހާބާހަމަޔަށް
އައްޑޫ އަފީފުގެ ކޮއްކޮ
01 February 2025
އާނ! ތިނަދޫގަ އެޅިއަސް ހޯރަފުށީގަ އެޅިޔަސް ހުއްދަ ހޯދަންވާނީ މާލޭފުޅު ބޭފުޅެއްގެ އަރިހުން. އަވަހަށް ކައުންސިލުން މާލެ ގޮސް އެބޭފުޅުންނަށް ކުރުނީސްކޮށް ދަންނަވައިގެން ތިތަންތަނަށް މީހުންވައްދަން ހުއްދަހޯދާ. މާލެ ދާއިރު ހަދިޔާބަދިޔާވެސް ގެންދާތި ބޭފުޅުންނަށް އަރިސްކުރަން
ހަވަރު
01 February 2025
މި ތިނަދޫ ކައުންސިލު މިއީ ދެން ހާދަ މޮޅު ވެގެން އުޅޭ ބައެކޭ ދޯ
މަ ބުނީ
01 February 2025
ތިނަދޫ މަދްކަނޑާ އަށި ބޭނުންކުރިމުގެ އުސޫލެއް ހައުސިންގ މިނިސްޓްރީން ކަނޑައެޅުމުގެ ވިސްނުއްފުޅެއް ނުގެންގުޅުއްބަންތޯ ؟
ހާސަރު
01 February 2025
އިތުރު އެތައް ސަތޭކަ މިލިއަން ޚަރަދު ކޮށްގެން މަރާމާތު ކުރަން އަނެއްކާވެސް ޖެހޭނީދޯ. ރަސްރަށުގާ އަޅާ ހައުސިން ނިމިގެން ހަލާކުނުވަނީސް ދެވޭނެގޮތެއް ނުހޯދާ އިތުރަށް ހައުސިން ނާޅަންވީނުން.