އަލީ ހުސެއިން: އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކީ މުއައްސަސާތަކަށް ވަޒީފާގެ ބިރު އޮތުން - ފޮޓޯ: މިހާރު
13 ފެބުރުއަރީ 2025 - 16:22
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް އެއްވެސް ނުފޫޒެއް ފޯރުވުމުގެ އަމަލެއް ނުހިންގުމުގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިއްޖެ އެވެ.
މި އަމުރު ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވީ އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އަލީ ހުސައިން ފޮނުއްވި ސިޓީގައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމުގެ މައްސަލާގެ ޝަރީއަތް ހޯމަ ދުވަހަށް ތާވަލް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކަމަށާއި އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމުގެ މައުލޫމާތު އާންމުވަމުންދާ ކަމަށެވެ.
އެފަދަ މަސައްކަތް ކުރެވެމުންދާ ނަމަ އޭގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ ސިޓީގައިވެ އެވެ.
އަލީ ހުސައިން އެދިވަޑައިގަތީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރުން މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އަޅާނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވެ އެވެ.
އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
މިއީ ރާއްޖޭގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރަން ކޯޓަކަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ. އެ މައްސަލާގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވެސް ވަނީ ތަދައްހުލްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތޫ
14 February 2025
އުއްތަމަ ފަޑިޔާރަށް ވެދުން ސަޅާމް އަޅުގމަޑުމެންގެ ރައްޔިތުންގެ މަޖިލީހަކީ ގައުމު ފަސާދަ ކުރާ ބަޔަކަށް ވާތީ އެ މަޖިލީސް ޑިލީޓް ކޮށްދެއްވުމަށް ފަހު އޮންލައިން ކޮށް ރަށު ކައުންސިލަށް މެންބަރުންގެ ރޯލް ހަވާލުކޮށްދެއްވުން އެދެން.
ކިހިނެއް
14 February 2025
ނިމިދިޔަ ސަރުކާރުންވަނީ އެމީހުން ބޭނުންވާ ގޮތައް ހުކުމް ކުރާ މީހުން ފަޑޮޔާރުންނައް ލާ ނިންމާލާފަ. އޭގެ އެއް މިސާލަކީ އަދީބު އޭނާ ވަނީ ވެރިކަން ނިމެން 3 ދުވަހައް ވީމަ ދޫކޮއްލާފަ
އެހެނަސް
14 February 2025
ފުރަތަމަ ކަމަކީ ސިޔާސީ ގޮތުންނާއި އަދި ލިބޭ މަންފާ އަކައް ނޫނީ އިސްލާމްދީނާ ދެކޮޅު އަމަލު އެއްވެސް ވަރަކައް ހިންގާފާވާ ބަޔަކު އެއްވެސް ކޯޓެއްގެ ފަޑިޔާރަކައް ހުރެގެން ނުވާނެ ހުކުމެއް ކުރާއިރު އެހެންނޫނީ ނުވާނެ އިންސާފައް ހުކުމް ކުރީ ކަމަކައް. މިރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް ފަޑިޔާރުން ހުކުމްކުރާ ގޮތުން ވަނީ ކުއްކުރާ މީހުނާ އެހެން މީހުން ސަލާމަތް ވެފަ.
އަލީ ހުސައިން
14 February 2025
ސްޕްރީމް ކޯރޓްގެ ފަނޑިޔާރުން ބަދަލުކުރާ ގާނޫނީ ހަމައަކީ ރައްޔިތުންގެ މަޖްލީހުން އެކަންކުރުން މަޖްލީހިގެ އެއޮންނަ އަގުލަބިއްޔަތުން އެކަންކުރުމީ ގާނޫނީ ހަމަ ނެގެހެއްޓުން ސްޕްރީމް ކޯރޓްގެ ފަނޑިޔާރުން ނިމުނު 4 ވެރިކަމުގައި ބަދަލުކުރި އަލި ހުސައިން ބިރުހީވެގެން މިއުޅެނީ އޭނައަށް ވާގިވެރިވާ ބަޔަކު ބޭރުކޮށފާނެތީބާ؟
ޑރ ވާންޗޯ
14 February 2025
ސިޔާސީމީހުންގެ ގޮނޑި ތިޔައީ މިގައުމުގަ އެންމެފުރިހަމައަށް ސެކުއުރިޓީއާއެކު ހިމާޔަތްކުރެވިފައިވާއެތި. ފޭރުނަސް، ވައްކަންކުރިޔަސް، މިގައުމުގަ ސާބިތެއްނުވާނެ. އެކަމަކު ގޮނޑިއަކަށް ވައްކަޅިއަކުން ބަލާލިޔަސް އެނގޭނެ، ސާބިތުވެސްވާނެ، އަނދަގޮނޑީގައޮންނަންޖެހޭނީ..
ވަގުންގެ ޖަގަޑާ
14 February 2025
ޜިހާކުރު ފުޅި ކުދި ވައްކަމުގެ ވާހަކަ ދެއްކިޔަސް ބޮޑުން ރައީސުލް ޖުމްހުރިއްޔާ އާއި ވަޒީރުން އަދި ސަރުކާރުތެރޭން ހިންގާ ކޮރަޕްޝަނާއި ވައްކަމަށް ފާޑު ކިޔާ މަޖިސް މެމްބަރު ޕާޓީން ކަޑާލުމުން ވަކިވާ ގޮތަށް އޮތުމަކީ ގައުމީ ސަލާމަތަށް ރައްކާތެރި ކަމެއް.
ޖެއްސު
14 February 2025
އެ މީހުނައް ނުކިޔާނެ. އަސްލު މައްސަލައަކީ ބޮޑު އަދަދުން ރިޝްވަތުދީފަ ގަތުން. އެއީ މީގެ ބޭނުމަކީ ރިޝްވަތު މާކޭޓް ހުއްޓުނީމަ ބަޔަކު ބޭނުންވާ ގޮތައް ސިޔާސީ ކަންތައް ކުރުން ހުއްޓުވުން.
ކޮސް
14 February 2025
މަށަށް އެނގޭކަމަކީ ސްޕްރިމް ކޯޓުގެ ބެންޗުން ރައްޔިތުންގެ ޙައްޤުތައް ގެއްލޭ ގޮތަކަށް ޚުކުމެއް ނުކުރާނެކަން.
ހަމަދު
14 February 2025
ވަކި ޕާޓީއެއްގެ ފިކުރައް ގޮސް ހުސްވެއްޖެއްޔާ ކޮއްފާނެ ނޫނީ އަމިއްލަ އެދުމެއް އޮވެގެން ކޮއްފިއްޔާ ގޯސްވީ.
އަހުމަދުބޭ
13 February 2025
މިކަހަލަ ދެއުޅިއެއް ނުވާމީޙުން ގައުމުގައި ގިނަވެގެން ކަމެއް އިސްލާހްވެސް މިނުކުރެވެނީ؟ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިއީ ބަރާބަރު އިސްލާހެއް، މިކަން އޮންނަން ޖެހޭނީ ހަމަ މިހެން އެހެން ނޫނީ މި އަލީމެން އުޅެނީ ޑީލް ހަދަން
ރިޝްވަތު
14 February 2025
އަސްލުވެސް އަދި ބޮޑައް ރިޝްވަތައް މަގު ފަހި ވާނީ އެއީ އެންމެ ނުރައްކާ އެއްކަން
ކަހެރުވައް
13 February 2025
މިސާލަކަށް އަލީ ހުސެން ތި އެދުނު ފަދަ އަމުރެއް ނުނެރުނީޔޯ. އެހެން އޮއްވަ ގޮނޑި ގެއްލޭ މައްސަލައިގަ ސުޕްރިމް ކޯޓުން އަލީ ހުސޭނާ އެއްކޮޅަށް މައްސަލަ ނިންމީޔޯ. އޭރުން ބުނާނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ނިންމި މައްސަލައެކޭ؟؟!! މީގެ އިދިކޮޅަށް ނިންމައިފިއްޔާ ނުފޫޒު ފޯރުވީއޭ ބުނާނީ؟!؟! އަލީ ހުސެން ތަންކޮަޅެއް ބުއްދިއަށް ގަބޫލުކުރެވޭ ކަހަލަ ވާހަކަ ދައްކަބަލަ..
މުލޭ
13 February 2025
އެފަދަ އަމުރެއް ނުނެރެފިއްޔާ ނުފޫޒުފޯރުވޭތަ!. ތިބުނާފަދަ މައްސަލައެއް ބެލުމަކީ ނުފޫޒުފޯރުވުންކަމަަށް ނިންމާނީ ކިހިނެއް.