ފަނޑިޔާރު ސުއޫދު: އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ވަނީ ފޮނުވާފައި
04 މާޗް 2025 - 15:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުލިބޭ ކަމަށް ބުނެ އޭނާގެ މައްސަލަތައް ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް، އެ ކޮމިޝަނަށް އެޑްރެސްކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާގެ ސިޓީ ފޮނުއްވައިފި އެވެ.
ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސް ކުރައްވައި، ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަަމަށް ކަނޑައެޅުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެގޮތުން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި އެކަމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެކެވެ.
އެހެންވެ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މިވަގުތުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށް މީގެ އިރުކޮޅެއް ކުރިން ޖޭއެސްސީއަށް ސުއޫދު ފޮނުއްވި ސިޓީގައިވެ އެވެ. ސުއޫދު ވަނީ މިއަދު ހެނދުނު މި ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފޮނުއްވައިފަ އެވެ.
ނަމަވެސް، ގާނޫނުގައި ބުނާ ގޮތުން ފަނޑިޔާރަކު އިސްތިއުފާ ދެއްވާ ނަމަ، އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީއަށެވެ.
އެހެންވެ، ގާނޫނު ބުނާގޮތަށް ޖޭއެސްސީއަށް ސިޓީ ލިބިފައިނުވާތީ ސުއޫދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.
ސުއޫދާ ގުޅޭގޮތުން ތިން މައްސަލައެއް ބެލުމަށް ޖޭއެސްސީން މިއަދު އެޖެންޑާކޮށްފައި އޮތެވެ. އަދި އޭނާ މިވަގުތު ސަސްޕެންޝަންގައި ހުންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށް އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކް ނޯރިސް
05 March 2025
އިދާރީ އޮޅުމަކަށްވެސް ވެދާނެ. ރައީސް އޮފީހަށް ފޮނުވި ސިޓީ އޮންނާނެތާ ދޯ އެ އޮފީހުގެ ރެކޯޑުގައި މިހާރު. ގައިމު މީހަކަށް މިހާރު ނުބުނެވޭނެތާ ނޯޓުކޮޅު ނުލިބޭތިއްޔޭ މިވަރު ކަމެއް ވީއިރު ތިމަންނަޔަށް ނޭނގުނީ. ކޮންމެޔަކަސް ދެރަ ކަންކަން މި ހުންނަނީ އެންމެން ޤަބޫލުކުރާ ރަނގަޅު ފެންވަރުގެ ތަޢުލީމީ ޙިކުމަތްތެރި މީހުން އެކަށީގެންވާ މަޤާމުތަކުން ދުރުވާން ޖެހުމަކީ.
ދެރަވަރު
05 March 2025
މައްސަލައެއް ބަލަން ފެށީމާ، އެ މައްސަލައާ ކުރިމަތި ނުލައި އިސްތިއުފާ ދިނުމަކީ އެ މީހެއްގެ ކިބައިގައި ފަނޑިޔާރުކަމުގެ ގާބިލުކަން ނެތުމާއި ފިނޑިކަން. ކަންކަމާ ކެރިގެން ކުރިމަތިލައި ޖަވާބުދާރީވާން ނުކެރޭކަން.
ސުއޫދް އެމްޑީޕީ
05 March 2025
ސުއޫދަކީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ފްރަންޓްލައިންގަ އުޅުނު މީހެއް. އަދިވެސް ހިތް އޮތީ އެމީހުންނަށް. އެހެންވެ ޖަޒުބާތުގަ ޖެހިގެން ރައީސްއަށް ސިޓީ ފޮނުވުނީ.
ލީވާންް
05 March 2025
މިވަރަށް މީހުން އެއްޗެހިކިޔަންޏާ ފޮނުވާނެތާދެން. ހަހަހަ....... މިއީ މީހުން މާ މޮޅުކޮށްގެން އުޅޭ އެމްޑީޕީ ޖަޖް
ޒިޔާންް
05 March 2025
މިގެންވެސް އެނގެނީ ތިމާގެ ޕްރޮފެޝަނަލްކަމެއް ނެތްކަން. ކަންކަން ބަލާ ނުހޯދާކަން. މިއަދު ތިމަންނައަށް އޮޅުމަކުން ފޮނުވުނީއޭ ކިޔާ ވާހަކަ އޮޅުވާލަން މަސައްކަތް ކުރިޔަސް ރައްޔިތުން މިތިބީ ހޭލާ.
އަލްސަންް
05 March 2025
އަހަރެން މިބުނީނުން 100% ޔަގީންކަމާއެކު ސުއޫދް ކަންއެކުރަނީ ސީދާ އެމްޑީޕީއިން އިރުޝާދްދޭގޮތަށް. މިއީ ހަމަ ވަރަށް ރާވައިގެން މިމީހުން ކުޅެން ބޭނުންވި ގޭމެއް.
ފައިރޫޒްް
05 March 2025
މިއީ . ފެންވަރަކީ. ހަމަ ހިނިއަންނަނީ. ކުޅެން އުޅުނު ޑްރާމާ ފްލޮޕް ވެއްޖެ.
ސުންނުއްއުސޫދު
05 March 2025
ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފަނޑިޔާރުން ސިޓީ ފޮނުވަންޖެހޭ ތަނެއް ނޭނގޭ ހިސާބަށް ދިޔައިމާ ލަދު ހުތުރު
ރާވެރިބެ
05 March 2025
ހަލޯ ރައީސްއަށް ސިޓީ ފޮނުވީ ނޭގިގެން ނޫނޭ! މިހުރިހާ ކަމެއް ހިންގާ މަޖިލިސް އާ ސުޕްރީމް ކޯޓުވެސް އަތުތެރެއަށް ލާން އުޅޭ ފަރާތަށް ސިޓީ ފޮނުވީ ތާރީޖަށްޓަކައި. އޭގެ ރެކޯޑު ދެމެހެއްޓުމަށް. އަންނަ ޖީލުތަށް ތާރީޙު ދިރާސާކުރާ އިރު މިކަން ހިގައިދިޔަ ގޮތް ސާފުކޮށް ފެންނަން ބޭއްވުމަށް.
ބޯގޯސްބެ
05 March 2025
ރާވެރިބޭގެ މަހާނައޭ ކިޔާބަލަ.
ހަަކަ
04 March 2025
ގަދަވެލަން އުޅެގެން އިސްތިއުފާވެސް އަތަަށްގޮވީ. މާބޮޑަށް ސިޔާސަވީމަ ވާނީ އެހެން
ހަމްދާ
04 March 2025
މީވާ ޤައުމެއް. އަނގައިފުރާލާފަ ބުނާނެ ތިންބާރުއޮތީ ވަކިވެފައޭ