ޑރ. އަލީ ލަތީފް: އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ.-- ފޮޓޯ: އެޗްޕީއޭ
09 މާޗް 2025 - 13:36
ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީ ބޭނުންކޮށްގެން އެ ތަނުގެ އޭރުގެ އިސްވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ހިންގަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަންގައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި އެ ކޮމިޝަނާއި ފުލުހުން ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަން" އެއް ހިންގުމަށް ޕީޖީ އަންގާފައިވާ ކަމަށެވެ.
ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަަބަންދޭ) އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފާއި ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
އެތެރެހަށީގެ ޑރ. އަލީ ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.
ކުޑަބަންދޭ އާއި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ޑރ. އަލީ ލަތީފު އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ފޮނުވި އެވެ.
ޑރ. އަލީ ލަތީފު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ވާތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ އިދާރާގައި ވެސް އެދިފައިވާނެ ކަމަށް އޭސީސީން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިޒް
10 March 2025
ވައްކަންތައް ބަލަން ފެށުމާއެކު އެމްޑީޕީ މަގުމައްޗައް މި ނިކުތީ، 2 ތިން ކެނަޔަކު ގޮވާއިގެން ނިކުތަސް ބަލަންޖެހޭ މައްސަލަތައް ބަލާނެ.
ސުފްޔާން
10 March 2025
މިފަދަ މައްސަލަތައް ބެލީމަ ބުނާނެ ސިޔާސީ ގޮތުން ވަކިބަޔަކާ ޖައްސާލަނީ އޭ. ދެން ހަމަ ކޮންމެ ބަޔަކުވެސް އައިސް ބޭނުންވަރަކަށް މުށްޖަހައިގެން ކާންވީ، މައްސަލަ ބަލާނެކަމެއްނެތް
ފާއިޒާާ
10 March 2025
ބަލަންވީ. ބަލަންވީ. ކުޑަކޮށްވެސް މިފަދަ ހިތެއް ނެތް މީހުންނަށް ދުލެއް ދޭނެކަމެއްނެތް. މިފަދަ މީހުންނަށް ދޭންވާ ހައްޤު އަދަބުދީ ނަމޫނާ ދައްކަންވީ.
ފިޔާޒްް
10 March 2025
ތީ އަދި ކުޑަވަރެއް ކަންނޭގެ. ރަނގަޅަށް ކޮވިޑްގެ އޮޑިޓްއެއް ހަދައިފިނަމަ މިހާރުގެ އެމްޑީޕީ ލީޑާޝިޕް އޮތް ގޮތަށް ލާނެ ޖަލެއް ފުރަތަަމަ އުފައްދަން ޖެހޭނީ.
ސަންޑޭ
09 March 2025
ޑރ. އަލީ ލަޠީފުގެ ވިޔަފާރި ޕާޓްނަރަކީ ޑރ.ޢިކްލީލް. ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައި ހުރީ ޑރ. އިކްލީލްގެ ނަމުގައި. ވަރަށް ރަނގަޅަށް އޮގްނައިޒްޑް ވެގެން މިކަމެއް މިމީހުން މިކުރަނީ.
މުސްތަފާބެ
09 March 2025
އަދިވެސް ނުވޭތަ މެޑިކަލް ލައިސެންސް ބާތިލް ކުރާކަށް ؟
އަލިހޮއްކޮއަލީ
09 March 2025
ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ވައްކަން ކުރަން. ރައްޔިތުންނޭ ރައްޔިތުންނޭ ކިޔައިގެން ހަމަ ވައްކަން ކުރަން. (އޭސީސީ، ކޯޓުތައް، ޕޮލިސް، މަޖިލިސް މިއީ ފެއިލްވެފައިވާ ބައެއް).
ނަނާ241
09 March 2025
އަހަރެމެން އެންމެން ގޭ ބަންދުކޮށް ނުކުމެއްޖެނަމަ 1000 ރުފިޔާއިން ޖޫރިމައިނާކުރިކަންތަށް ފަޅާއަރަނީތާދޯ. ޑރ. ތިޔަބާމީހުން ގަދަ އިނގޭ
ނަނާ241
09 March 2025
ތި ޑރ. އަލީ ގެ ކޮވިޑް ޓެސްޓް ހަދަން ގދ. ތިނަދޫ ގައިވެސް ކުލިނިކެއް ހުޅުވި. ފައިދާގަޑެއްވީމާތާދޯ .
މާފަންނު
09 March 2025
ޑރ ލަތީފުގެ ގެ ވެސް ހަދާ އެބަ ނިންމާލާ މިހާރު