ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ނޫސްބަޔާން ނެރުއްވާތީ ސުލޫކީ މައްސަލައެއް ބަލަން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
18 މާޗް 2025 - 22:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން އިސްވެ މި މައްސަލަ ބަލަން ނިންމާފައިވަނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި މި މައްސަލަ ބަލަން ނިންމާފައި ވިޔަސް، ބަހުސް ހޫނުވެ ޖޭއެސްސީގެ ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރުން ހިމެނެ އެވެ.
ނަމަވެސް، ޖޭއެސްސީގެ ގިނަ މެންބަރުންގެ ވޯޓާ އެކު މައްސަލަ ބަލަން ނިންމީ ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
ހިލާފުވި ކަމަށް ބުނާ ސުލޫކީ މިންގަނޑަކީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާ ގުޅޭ ގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާނެ ކަމަށް ބުނާތީ އެވެ.
ނަމަވެސް، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައި އޮވެ އެވެ.
ފަނޑިޔާރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލާ ކަމަށް އެންގުމުން އަޒްމިރަލްދާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަނަށް ފަހު އަޒްމިރަލްދާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އޭނާގެ ވަކީލް އިބްރާހިމް ޝަމީލް މެދުވެރިކޮށް ބަޔާނެއް ނެރުއްވައިފަ އެވެ.
އަދި އޭގެ ފަހުން ވެސް ވަކީލް ޝަމީލް ޑރ. އަޒްމިރަލްދާގެ މައްސަލަތަކާ ގުޅޭ ގޮތުން އެކި ނޫސްބަޔާންތައް ނެރުއްވާފައިވެ އެވެ. އެ ހުރިހާ ބަޔާންތަކެއް ވެސް ނެރުއްވާފައިވަނީ އަޒްމިރަލްދާގެ ބަދަލުގައި ވަކީލް ޝަމީލެވެ. މިގޮތުން ނެރުނު ބަޔާނެއްގައި އަޒްމިރަލްދާއަށް ނުފޫޒު ފޯރުވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެޖެންޓެއް ފޮނުވި ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.
އަޒްމިރަލްދާ ދަށުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީން ވަނީ ތަހުގީގު ހިންގައި ރިޕޯޓް އެކުލަވާލައިފަ އެވެ. އެ ތަހުގީގަށް ބަޔާން ދެއްވި ކްރިމިނަލް ކޯޓުގެ ތިން ގާޒީން ވެސް އަޒްމިރަލްދާ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވަކީލް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެެވެ. އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މާދަމާ އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ޑރ. އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން އިޖުރާއަތްތައް ހިންގަމުންދާ ކަމަށް ބުނެ ޔޫއެން ސްޕެޝަލް ރެޕްޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މީގެއިތުރުން އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މައްސަލަތައް ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ސަސްޕެންޑް ކުރި ފަހުން، މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއުސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
21 March 2025
އަޒްމިރަލްދާ ނޭވާލާ މައްސަލަ ބަލަންފަށަނީ ކޮން އިރަކުން؟
ވަހީދުސ
19 March 2025
މަސާޖުޕާލާތަކަށް ނުދާށޭ ބުނަނީ އެހެންވެ.
ކުޑަކަތީބު1
19 March 2025
ޖަސްޓިސް ފޮރ އަޒްމިރަލްޑާ! އެމީހަކަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅުވައި އެމީހަކުގެ ބަސް އާންމުންނަށް ފޯރުކޮށްދެވެންޖެހޭނެ. ޙާއްސަކޮށް އަޒްމުރަލްޑާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރި މީހެއް، އެހެންވީމާ ރައްޔިތުންނަށް އޭނާގެ ބަސް ވެސް އިއްވެންޖެހޭނެ. އޭނާގެ އަބުރު ކަތިލާއިރު ބަލަން ނުހުރެ އޭނައަށް ވެސް ބަސްބުނެ ބަސް އިއްވެންޖެހޭނެ.
އަބްޑޫޅް +
19 March 2025
"ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި". މި އުސޫލަށް ދިވެހި ބަހުން ޔިޔަނީ، "ދިނަސް ނުދިނަސް ހެޔޮ؛ ކަނޑާކަނޑާ ބަންގަޅީސް". "ގޮށްމުށު ބާރު"، މިހެންވެސް ކިޔާ.
ތަކުރު..
19 March 2025
ކޮންމެގޮތެއް ހަދާފަވެސް އަޒްމިރަލްދާ ފަޑިޔާރު ކަމުން ދުރުކުރަން ސަރުކާރުން ހިފާތަން މިފެންނަނީ. ޖޭއެސްސީގައި ސަރުކާރު ފަޅިން އައިސްތިބި މެމްބަރުންގެ ނަޒާހަތްތެެރިކަން ނެތްވަރު މިފެނިގެންދަނީ. އަޒްމިރަލްދާ މިބައިގަޑު ކުރިމަތީގައި ހިތްވަރުކުރަން ގޮވާލަން. ގާނޫނު އޮތީ އަޒްމިރަލްދާ ފަޅީގައި. ދިވެހި ރައްޔިތުން ތެރެއިން ސަރުކާރުގެ އަވާގައި ނުޖެހޭ އެންމެން (ލަފާ ކުރެވޭ ގޮތުގައި ރައްޔިތުންގެ މެޖޯރިޓީ) ތިބީ އަޒްމިރަލްދާ ފަޅީގައި.
މޯޑިސް
19 March 2025
މި ނޫން ދުވަހެއް އަންނާނެބާ؟؟ މަތީގަ ތިބޭ ވެރިން (މީހުން) ދަށުގައި ތިބޭ މުވައްޒަފުން ބުލީކުރުން، ބާރެއް އޮތް މީހެއް ވިއްޔާ ދެރަ ނިކަމެތި މީހާ ބުލީކުރުން
ޙައިރާ
19 March 2025
އަޒްމިރަލްޑާ ފަނޑިޔާރެއްގެ ގޮތުން ބަލާ މައްސަލައަކާ ގުޅިގެން ބަޔާން ނެރުނީކީ ނޫން. އޭނާ މަސައްކަތްކުރާ ކޯޓަކާ ބެހޭގޮތުން ދެއްކި ވާހަކައަކަށް ރައްދު ދިނީކީ ނޫން. އޭނާއަށް ތުހުމަތުކޮށް ބަލާ މައްސަލައެއްގެ އަޑުއެހުން ކުރިއަށް ދިޔަ ގޮތް އޭނާގެ ވަކީލް ނޫސްބަޔާނަކުން ހާމަކުރީ. އޭނާއަށްވެސް ދިފާއު ވުމުގެ ހައްގު އެބޮތް. އަޑުއެހުން އާންމުކޮށް ހުޅުވާލަންވެސް އޭނާ އެދުނު. ސަރުކާރުން ބޭނުމިއްޔާ މީހަކު ނޭވާލާތީ އެމައްސަލަވެސް ބެލިދާނެ.
ަދދަސ
19 March 2025
އަޒްމިރިލްދާ ނޭވާލާތީވެސް މައްސަލަ ބަލަން ފެނޭ. އަޖައިބު ވެދާނެ. ތިހާވަރަށް ޖޭއެސްސީ މިނިވަން ވެވޭނީ
ވޯލް
19 March 2025
ވެރިޔެއްގެ އޯޑަރަށް ކަންކުރިއަސް އޭގަވެސް އޮންނާނެ ހައްދެއް. ވަކި ހިސާބަކުން ތިމާ ލަދުވެތިވެ، އަންގާ އެންގުންތަކަށް ނޫނެކޭ ބުނަންކެރެންވާނެ.
ވިދާހާ އެއްޗަކީ ރަނެއްވެސް ނޫން
19 March 2025
ބަލަ އެކަހަލަ ކޮމިޝަންތަކަށް ކުފޫ ހަމަވަނީ ލަދުހަޔާތް ނެތިވެ ދިޔުމުން، އޭގެ ކުރިއަކުން އެކަހަލަ ކޮމިޝަނަކަށް ޝަރުތު ހަމައެއްނުވާނެ،
ވޯލް
19 March 2025
އަޒްމިރަލްދާ ރީތިވެގެން ހުންނާތީވެސް މައްސަލަ ބަލަންވީ އެންނު. ބަލަ ތިމާއާ އިދިކޮޅަށް ތާކުންތާކު ނުޖެހޭ ސިޔާސީ މައްސަލައެއް ބަލަންޔާ އެ މީހެއްގެ ހައްޤެއް އެއި އެކަން ހިންގާގޮތް ރައްޔުތުންނަށް ބުނެދިނުން. އަދި މިހާލަތުގައި ރައްޔިތުންގެ މަސްލަހަތު އޮތްކަމެއް އަދި ހައްޤެއް އެއީ ދެފާރަތުން ކަންކުރާގޮތް އެނގުން.